Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހީ ޚިދުމަތްތެރިންގެ އިހުމާލު

ދެވަނަ ސަދާއެއް މިދުނިޔެ ދޫކޮށް ދަންދެން ބަލަން ތިބެންވީތަ؟

ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައެއްނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ނޮވެމްބަރު 2021 | ބުރާސްފަތި 08:39
ނިޔާވި ސަދާ ސައުދުﷲ އަހުމަދު

ނިޔާވި ސަދާ ސައުދުﷲ އަހުމަދު

ފުވައްމުލަކުގެ ފުނާޑު އަވަށަށް އުފަން ނޫރީފެހިގޭ އުމުރު 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދަކީ ވަރަށް ސަކަ މިޖާޒެއް ހުންނަ އެންމެންނާއި ވެސް ގުޅޭ ކުއްޖެކެވެ. މީހުންނާއި ގުޅިގެން އުޅުނު ކުއްޖެކެވެ. ސަދާގެ މަރާއި ގުޅިގެން އޭރު ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖެ ވެސް އޮތީ "ބޮޑު ޝޮކެއްގެ" ތެރޭގައެވެ.  

އޭރު ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ތަކުރާރުކޮށް ބުނަމުން ދިޔައީ އެއް ވާހަކައެކެވެ. "އަހަރެންގެ ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ އިހުމާލުން، އެމީހުން ޒިންމާ ނަގަން ޖެހޭނެ" މިހެނެވެ. އެންމެ ފަހުން ސަދާގެ މަރުގެ މައްސަލާގައި ހެލްތް މިނިސްޓްރީން އާންމު ކުރި ރިވިއު ރިޕޯޓުން ސަދާގެ ބައްޕަ އޭރު ދެއްކީ ތެދު ވާހަކަތަކެއްކަން ހާމަވާން އެބައޮތެވެ.

ސަދާ ސައުދުﷲ އަހުމަދު މަރުވި މައްސަލާގައި ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭތީ މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް "ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު" ގެ ދަށުން ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ސަދާގެ ބައްޕައަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ހެލްތް މިނިސްޓްރީން މި މައްސަލައިގައި ސަދާގެ ބައްޕައާ ހިއްސާކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވެއެވެ. އަދި ރަނގަޅަށް އެގްޒަމިން ކޮށްފައިނުވުމުގެ ސަބަބުން އެ ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކުއްޖާ އިމަރޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުމާއި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ނުބަލާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި، ކުއްޖާ އެގްޒަމިން ކުރި ކަމަށް އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކޭސް ބަލަން ޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވުމާއި ހަރުދަނާ ގޮތެއްގައި ލިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ހިތި އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި އަންހެން ދަރިފުޅު މި ދުނިޔެ ދޫކޮށް ދާން މި ޖެހުނީ ބައެއްގެ އިހުމާލުންކަމެވެ. ވަރަށް ބޮޑު އިހުމާލަކުން ކަމެވެ. މިކަންތައްތައް ބަލާ ފިޔަވަޅު އެޅި ނަމަވެސް އެ ސަދާ އަނބުރާ ދުނިޔެއަށް ނާންނާނެކަމެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މިހެން ދިމާވެފައިވާއިރު އެތާނގެ ހިންގުން ހަރުދަނާ ކުރަން ޖެހޭކަން މިހާދިސާއިން އެކަނިވެސް ފާހަގަވެގެން ހިނގައްޖެއެވެ. ސިއްހީ ޚިދުމަތްތެރިންނަކީ އިތުބާރު ހިފޭ މަގާމެއްގައި ތިބޭ ބަޔަކަށް ވެފައި އެމީހުންގެ އިހުމާލުން މިފަދަ ކަމެއް ހިނގާ ދިޔުމުން އެ ހޮސްޕިޓަލާއި ދެތެރޭގައި ދެން ރައްޔިތުން ކުރާނީ ކޮން އިތުބާރެއްތޯއެވެ؟ ތަނެއްގެ ނުވަތަ މީހެއްގެ އިހުމާލުން ފުރާނެއް ދިޔުމަކީ މުޅި ދުނިޔެ އުމުރަށް ވެސް ފޫނުބެއްދޭނެ ފަދަ ބޮޑު ގެއްލުމެކެވެ.

ކޮންމެ ދުވަސްވަރަކު ނަމަވެސް ސޯޝަލް މީޑިއާއަށް ބަލާލުމުން މިފަދަ އިހުމާލުތަކުގެ ވާހަކަތައް އިންތިހާއެވެ. ޑޮކްޓަރެއްގެ ނޫނީ ނަރުހެއްގެ ނޫނީ އެ ހޮސްޕިޓަލެއްގެ އިހުމާލުން މީހެއްގެ ފުރާނަ ދިޔުމުން އެކަމުގެ ތުހުމަތުތައްކޮށް އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަބަދުވެސް ފާޅުކުރެއެވެ. ކަމާއި ގުޅޭ ވުޒާރާތަކުން ތަންކޮޅެއް ފުންކޮށް މިކަމާއި މެދު ވިސްނާ، ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ނަގާ، މިފަދަ މައްސަލަތައް ބަލާ، މިކަންތައްތައް ތަކުރާރު ނުވާނެ ގޮތަކަށް ނިޒާމު ނޫނީ މީހުން ބައްޓަން ކުރަން އެބަޖެހެއެވެ.

ސިއްހީ ޚިދުމަތްތެރިންގެ މަގާމުގައި ތިބި މިފަދަ މީހުން ހޯދާ އެމީހުން މަގާމުން ދުރުކުރަން އެބަޖެހެއެވެ. އެ މަގާމުތަކަށް އިތުބާރު ހިފޭ މީހުން އެބަ ނަގަން ޖެހެއެވެ. އެހެން ނޫނީ މިފަދަ ހާދިސާތައް މުޖުތަމައުގައި ހިނގާ މިންވަރު އިތުރުވެ، ސިއްހީ ނިޒާމަށާއި ސިއްހީ ޚިދުމަތްތެރިންނަށް ރައްޔިތުން ކުރާ އިތުބާރު އެއްކޮށް ގެއްލިގެން ހިނގައިދާނެއެވެ. ދެވަނަ ސަދާއެއް މި ދުނިޔެ ދޫކޮށް ދަންދެން ބަލަން ތިބެންވީތޯ؟

ފުވައްމުލައް ސިޓީހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު