Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ ޕްރޮމޯޝަން

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފަށައިފި

17 ނޮވެމްބަރު 2021 | ބުދަ 11:40

ގުރުއަތުން ހޮވޭ ފަރާތަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ އިންޖީނެއް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 17 ނޮވެމްބަރު 2021 | ބުދަ 11:40
އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކަކާއެކު، އެމްޓިސީސީން "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.

ކަށަވަރު ޕްރޮމޯއަކީ އެމްޓީސީސީން އެކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ އަހަރެއް ފަހުކޮޅު ބާއްވަމުން އަންނަ ސިލްސިލާ ޕްރޮމޯޝަނެކެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މިޕްރޮމޯޝަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީން ވިއްކާ ޔަންމާރ އަދި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާޓްސް، ޕީޕީޖީ ކޯޓިންގސް، ކާސްޓްރޯލް އަޑީތެޔޮ، ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީގެ ސީއޯއޯ ޝާހިދު ޙުސައިން ވިދާޅުވީ، އޮޑިވެރިންނާއި، އިންޖިނިއަރުންނާއި، ޓޫރިޒަމް، އަދި މަސްވެރިކަމުގެ އިތުރުން، ޓްރާންސްޕޯޓު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން ބާއްވާ މިޕްރޮމޯޝަންގެ މައިގަނޑު އަމާޒަކީ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ހެޔޮ އަގުތަކެއްގައި މިތަކެތި ލިބޭނެގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އަދި މިޕްރޮމޯޝަންގެ ދަށުން މާލޭ ބަނދަރާއި، ތިލަފުށި، ގުޅި، ހިންމަފުށި އަދި ދިއްފުށީގެ ބޯޓު ޔާޑުގައި މަސައްކަތް ކުރާ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެމްޓީސީސީގެ ޓީމެއް އެތަންތަނަށް ދަތުރުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރ 1650 މެދުވެރިކޮށްވެސް މިޕްރޮމޯޝަންގެ މައުލޫމާތު ހޯދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރ 17ން ފެށިގެން ޑިސެންބަރ 30ގެ ނިޔަލަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ އިންޖީނެއް ދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް