Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިޔަފާރިތަކަށް އެހީވުން

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

30 ޖޫންގެ ނިޔަލަށް އެހީއަށް އެދި ހުށަހެޅޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 11:58
ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގްރާމުގެ ތެރެއިން މި އެހީއަށް އެދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ފަށާފައިވާ މި ޕްރޮގްރާމަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ.

މި އެހީއަށް އެދުމަށް ހުޅުވާލިއިރު ސުންގަޑިއެއްގެ ގޮތުގައި ދީފައިވަނީ މެއި 31 ވަނަ ދުވަހެވެ. އެހެންނަމަވެސް އަންގާރަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ބުނީ މި މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. މިގޮތުން މިހާރު 30 ޖޫންގެ ނިޔަލަށް އެހީއަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން އަމިއްލަ ވިޔަފާރިކުރާ 500 ފަރާތަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 40 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން 60،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. މައިގަނޑު 2 ކަމަކަށް އެހީދިނުމަށް ނިންމާފައިވާއިރު އެއީ ހަރުމުދާ ގަތުމަށާއި، ވިޔަފާރިއަށް ބޭނުންވާ ސްޓޮކް ގަތުުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މައިގަނޑު 7 ދާއިރާއަކަށް އެހީ ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ. އެއީ:

އިކޮނޮމިކް މިނިސްޓްރީން ވަނީ މި ޕްރޮގްރާމުގެ ދަށުން އެހީދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހާމަކޮށްފައެވެ. މިގޮތުން އުމުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތަކަށް ވުމާއި، އަމިއްލަ ނަމުގައި ދިވެހި ރުފިޔާ އެކައުންޓެއް އޮތުމާއި، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން، ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ސެޕްޓެމްބަރު 2022 އާ ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުންދާ ފަރާތެއް ކަމުގައި ވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

ކޮވިޑާއެކު ވަޒީފާއަށް އަސަރުކުރި މީހުންނަށް ޓޫރިޒަމް ދާއިރާއިން ތަމްރީނު ދޭނެ ބަޔަކު ހޯދަނީ

26 މެއި 2023
އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

އަތޮޅުތެރެ ތަރައްގީކުރުމުގެ ސިޔާސަތެއް ކުރީ ސަރުކާރުތަކުން ނުގެންގުޅޭ: އިއާދު

21 މެއި 2023
އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމެއް ފަށައިފި

09 މެއި 2023
ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ، އޮޕަރޭޝަންސް ކުރިއަށްދާނެ

05 ޑިސެމްބަރު 2022
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު