Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯވަރޑްރޯ ކުރުން

އޯވަރޑްރޯ ކުރެވޭ މިންވަރު 3.5 ބިލިއަން ކަމަށް ކަނޑައަޅައި، މުއްދަތު އިތުރު ކޮށްދެއްވުމަށް އަމީރު އެދިވަޑައިގެންފި

17 ނޮވެމްބަރު 2021 | ބުދަ 11:21

ސެކިއުރިޓައިޒްކޮށް 50 އަހަރުގެ އިމޮޓައިޒިން ބޮންޑަކަށް ބަދަލުކުރުމަށް އެދިވަޑައިގެންނެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ނޮވެމްބަރު 2021 | ބުދަ 11:21
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު

އޯވަރޑްރޯ ކުރެވޭ މިންވަރު 3.5 ބިލިއަން ކަމަށް ކަނޑައަޅައި، މުއްދަތު އިތުރު ކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެދި ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، އޯޑީގެ މުއްދަތު އިތުރު ކުރުން މި ދަނޑިވަޅަށް ވަރަށް މުހިއްމު ކަމަށެވެ. އޯޑި ކުރަން ހުށަހެޅިއިރު ތިން ކަމެއް މިނިސްޓަރ ވަނީ ހުށަހަޅުއްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ، 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް އެކައުންޓް އޯވަރޑްރޯ ވެފައި ހުރި މިންވަރު ސެކިއުރިޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫ ކޮށްފައިވާ 50 އަހަރުގެ އިމޮޓައިޒިން ބޮންޑަކަށް ބަދަލުކުރުމެވެ.

Advertisement - newsAdvertisement

ދެވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ، 2022 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 2023 އެޕްރީލް 26ވަނަ ދުވަހާ ހަމައަށް އޯވަރޑްރޯ ކުރެވޭ އެންމެ މަތީ މިންވަރަކީ 3.5 ބިލިއަން ރުފިޔާ ކަމަށް ކަނޑައެޅުމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ހުށަހެޅެއްވީ، މި ތާރީޚުގައި އޯވަރޑްރޯ ވެފައި ހުންނަ ކޮންމެ ދުވަހަކު އޯވަރޑްރޯ ވެފައިވާ ބެލެންސް އަހަރަކަށް 0.1 އިންސައްތަ ރޭޓުން އެމްއެމްއޭއިން އިންޓަރެސްޓް ޗާޖް ކުރުމަށް ހަމަޖެއްސުމެވެ.

މިނިސްޓަރ ވިދާޅުވީ، ރިސްކުތަކެއް ހުރި ނަމަވެސް ފާއިތުވި ދުވަސްތަކުގައި އޯޑީ ކޮށްގެން އިގްތިސާދު ބެލެންސް ކުރުމަށް މުހިއްމު ކަމެއް ކަމަށެވެ. އަމީރު ވިދާޅުވީ، އަންނަ އަހަރު ފަތުރުވެރިކަން ރަނގަޅުވެ، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވުމުން ރިސްކު ކުޑަކުރެވިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އިސްތިސްނާގެ މުއްދަތު އިތުރު ނުކުރާނަމަ 26 ބިލިއަނަށް ބަޖެޓް ކުޑަކުރަން ޖެހޭނެ ކަމަށެވެ. ބަޖެޓް ކުޑަކުރާއިރު މިހާރު ސަރުކާރުން ކުރުމަށް ރާވާފައިވާ މަޝްރޫއުތައް މަދުކޮށް، ސަރުކާރުން އަލަށް ރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެ ކަަމަށެވެ. އިގްތިސާދު ހަމައަކަށް އެޅުވުމަށް މިހާރު ކުރަމުން އަންނަ ކަންކަން ކުރިއަށް ގެންދެވޭނީ މުއްދަތު އިތުރު ކޮށްދީގެން ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން އެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއެމްއެމްއޭފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް