Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީއެސްއޭ ފުޓްސަލް ޗެލެންޖް

ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖަށް ބޮޑު ތަރުހީބެއް

16 ނޮވެމްބަރު 2021 | އަންގާރަ 10:50

މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 16 ޓީމަށް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 16 ނޮވެމްބަރު 2021 | އަންގާރަ 10:50
ބަޝީރު އެކަޑަމީ ކުދިންތަކެއް ބަޝީރާއެކު

ބަޝީރު އެކަޑަމީ ކުދިންތަކެއް ބަޝީރާއެކު

ބަޝީރު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން މިމަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބީއެސްއޭ ވޭވް އެލްމިނިއަމް ފުޓްސަލް ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އެކަޑަމީން ބުނެފިއެވެ.

ބީއެސްއޭއިން މައުލޫމާތު ދިންގޮތުގައި މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 16 ޓީމަށް ފުރުސަތުދޭގޮތަށެވެ. އެގޮތުން ފޯމް ހުށަހެޅުމަށް ހުޅުވާލިތާ ދެ ދުވަހުގެ ތެރޭގައި ވަނީ 16 ޓީމު ހަމަވެފައެވެ. ބަޝީރު އެކަޑަމީން މައުލޫމާތުދިން ގޮތުގައި މިމުބާރާތުގައި ޖުމްލަ މިހާތަނަށް 25 ޓީމަކުން ފޯމް ހުށަހަޅާފައިވީނަމަވެސް ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯމް ހުށަހެޅި 16 ޓީމަށެވެ.

އެފަރާތުން ހާމަކުރާ ގޮތުގައި މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާ ކުރުމެވެ. އަދި ކުޅުދުއްފުށީގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ގިނަ ޒުވާނުންނަށް އެފުރުސަތު ހޯދާ ދިނުމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޓީމް އެންޓްރީ ފޯމާއެކު 1000 ރުފިޔާގެ ޗަންދާއެއް ވެސް ދައްކަން ޖެހެ އެވެ. މިމުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ޓީމް ލިސްޓަށް އުނިއިތުރު ގެނެވޭނެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 22ވަނަ ދުވަހެވެ. އުނިއިތުރު ގެންނަން ބޭނުންނަމަ އިދާރީ ފީގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހެއެވެ.

މިމުބާރާތުގެ މެޗުތައް ކުޅެވޭނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި 2019 ވަނަ އަހަރު ސެމީއަށް ދިޔަ ޓީމުތައް އެ އޮންނަ އުސޫލުގެ ތެރެއިން ސީޑް ކުރެވޭނެ އެވެ. އަދި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފީފާގެ އެންމެ ފަހުގެ ފުޓްސަލް ގަވާއިދުގެ ދަށުންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ އިނާމުގެ އިތުރުން މިލްކުވާ ތައްޓާއި ރަން މެޑަލް ލިބޭނެ އެވެ. ރަނަރަޕް ޓީމަށް ރިހި މެޑަލްގެ އިތުރުން 3000 ރުފިޔާ ލިބޭނެ އެވެ. މުބާރާތުގައި ދެން ހޮވާ މަގާމުތަކަކީ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި ،މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

މިއީ އެ އެކަޑަމީން މިގޮތަށް ބާއްވާ ދެވަނަ މުބާރާތެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް