Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންދުން ދޫކުރާ މީހުން

ގާނޫނުގެ ދަށުން ބަންދުން ދޫކޮށްފައިވާ މީހުންގެ ޕާސްޕޯޓް ހިފައްޓާފައިވާނީ، ތަންފީޒުކުރަން ޖެހޭ ހުކުމެއް އޮތުމުން - ޢިމްރާން

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަންފީޒުކުރަންޖެހޭ ހުކުމްތައް ހުރުމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 05:49
ގައިއިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައި

ގައިއިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައި

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭ ބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްފައިވާ މީހުންގެ ތެރެއިން، އެ މީހުންގެ މައްޗަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަ ކޮށްފައިވާ މީހުންގެ ޕާސް ޕޯޓް ހިފެހެއްޓިފައި ނުވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ޑީ.ޕީ.އާރު.އެސްއިން ގޭބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ މީހުންގެ ތެރޭގައި، ޕާސްޕޯޓު ހިފަހައްޓާފައިވާ، ނުވަތަ ރަށު ބަންދަށް ދޫކުރުމަށްފަހު އިތުރު މުއާމަލާތެއް ނުހިންގާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތައް ހިމެނޭ ކަން ފާހަގަކޮށް، މިކަމަށް ހައްލެއް ނުލިބި ލަސްވެގެންދަނީ ކީއްވެގެންތޯ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އެ ގާނޫނުގެ ދަށުން ހަދާފައި ގަވައިދުގެ ތެރެއިން ދޫކޮށްފައިވާ މީހުންގެތެރެއިން، އެ މީހުންނަށް ކޮށްފައިވާ ޝަރުތުތަކާ ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަކުރަންޖެހޭ މީހުން ހިމެނޭ ގޮތަށް، ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ ތެރެއިން، އެކި ސަބަބުތަކާހެދި މުޖުތަމަށް ދޫވެފައިވާ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާނެ ކަމަށެވެ. އެފަދަ ކަމެއް ނެތް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެކަމަށެވެ. ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަ ނުކުރުމާއި، ދަރަނި އަދާ ނުކޮށްގެން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުން ހިމެނޭ ކަމަށެވެ. މި އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަންފީޒުކުރަންޖެހޭ ހުކުމްތައް ހުރުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މީހުންގެ ތެރޭގައި އިތުރު ކުށަކަށް އަރައި ނުގަނެ، ގިނަ ދުވަސްވެފައިވާ މީހުން ހިމެނޭ ކަމަށާއި، އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުމަކީ އެންމެ މަސްލަހަތު ހިމެނޭ ގޮތްކަމަށް ނުުފެންނަ ކަމަށެވެ. އެހެންކަމުން އެ މީހުންނަށް އަދުލުވެރި ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަޝްވަރާތަކުގެ ތެރެއިން އެކަށީގެންވާ ދާއިމީ ހައްލެއް ލިބިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރުވެސް ހައްލުކުރެވޭނެ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ހޯމް އެފެއަރޒްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު