Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

ފުރަތަމަ މޮޅާއެކު އިންޑިއާއަށް އުއްމީދެއް

ތާވަލުގެ ހަތަރުވަނައަށް އިންޑިއާ ޖެހިލީ ދެ ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 00:04
އިންޑިއާ އާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އަފްޣާނިސްތާން އަތުން އިންޑިއާ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ ވަނީ ވާދަވެރި ޕާކިސްތާން އަތުން 10 ވިކެޓުން ބަލިވެފައެވެ. މިއީ ވޯލްޑް ކަޕެއްގައި ޕާކިސްތާން އަތުން އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި ދެވަނަ މެޗުން އިންޑިއާ ބަލިވީ ނިއު ޒީލެންޑާ ވާދަކޮށް އަށް ވިކެޓުންނެވެ.

އެއާއެކު ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އިންޑިއާއަށް މޮޅުވުން މަޖުބޫރިވެފައި އޮއްވައި، އެ މެޗުން އެ ގައުމު މޮޅުވީ އަފްޣާނިސްތާން އަތުން ފަސޭހަކަމާއެކު 66 ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ނިންމީ ހޮވުމަށެވެ. އެއާއެކު އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 210 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅައިން 74 ލަނޑު ހެދި ރޯހިތު ޝަރްމާ އާއި އާއި 48 ބޯޅައިން 69 ލަނޑު ހަމަކުރި ރާހުލްއެވެ.

ޖަވާބުގައި އަފްޣާނިސްތާން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 22 ބޯޅައިން 42 ލަނޑު ހެދި  ކަރީމް ޖަނަތާއި 32 ބޯޅައިން 35 ލަނޑު ހަމަކުރި މުޙައްމަދު ނާބީއެވެ.

މި މޮޅާއެކު ގްރޫޕް ދޭއްގެ ހަތަރުވަނައަށް އިންޑިއާ ޖެހިލިއިރު، އެ ޓީމާއި ފަސްވަނައިގައި އިތް ނެމިބިއާއަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓާއެކު ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޕާކިސްތާނެވެ. އަދި ދެވަނައިގައި އޮތް އަފްޣާނިސްތާނާއި ތިންވަނައިގައި އޮތް ނިއު ޒީލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ބުދަ ދުވަހު ކުޅުނު މެޗުން ނިއު ޒީލެންޑް މޮޅުވީ ސްކޮޓްލެންޑް އަތުން 16 ލަނޑުންނެވެ. އެއާއެކު ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތް ސްކޮޓްލެންޑް ވަނީ މުބާރާތުން ކަޓާފައެވެ.

ޓީ20 ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

14 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

09 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު