Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

ޕާކިސްތާން ސެމީއަށް، ދެކުނު އެފްރިކާއިން އުއްމީދު އާކޮށްފި

ދެކުނު އެފްރިކާ މޮޅުވީ ބަންގްލަދޭޝް އަތުން ހަ ވިކެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ނޮވެމްބަރު 2021 | ބުދަ 01:02
ޕާކިސްތާނާއި ނެމިބިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޕާކިސްތާނާއި ނެމިބިއާ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ނެމިބިއާ ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕާކިސްތާނުން ޔަގީންކުރިއިރު، ބަންގްލަދޭޝް ބަލިކޮށް ދެކުނު އެފްރިކާއިން ސެމީގެ އުއްމީދު އާކޮށްފިއެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޕާކިސްތާނުން މި މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗުން މޮޅުވީ ނެމިބިއާ އަތުން 45 ލަނޑުންނެވެ. މި މެޗުން ޕާކިސްތާން މޮޅިވިއިރު، ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ގައުމު ވަނީ މޮޅުވެފައެވެ.

އަންގާރަ ދުވަހުގެރޭ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 189 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ބޯޅައިން 79 ލަނޑު ހެދި މުޙައްމަދު ރިޒްވާނާއި 49 ބޯޅައިން 70 ލަނޑު ހަމަކުރި ބާބަރު އާޒަމެވެ.

ޖަވާބުގައި ނެމިބިއާ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ބޯޅައިން 43 ލަނޑު ހެދި ޑޭވިޑް ވެއިސްއެވެ.

މި މޮޅާއެކު ސެމީގެ ޖާގައެއް ޕާކިސްތާނުން ޔަގީންކުރިއިރު، އެ ގައުމު އޮތީ ގްރޫޕް ދޭއްގެ އެއްވަނައިގައި އަށް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނިއު ޒީލެންޑާއި ހަތަރުވަނައިގައި އޮތް ނެމިބިއާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ ދެކުނު އެފްރިކާއިން ސެމީގެ އުއްމީދު އާކުރީ އަންގާރަ ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ.

މި މެޗުގެ މެޗުގައި ޓޮސް ދިމާވުމުން ދެކުނު އެފްރިކާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ބަންގްލަދޭޝް އެންމެ ފުރަތަމަ ކުޅެން އަރައި، 18.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 27 ލަނޑު ހެދި މުހެދި ހަސަން އާއި 36 ބޯޅައިން 24 ލަނޑު ހަމަކުރި ލިޓޮން ދާސްއެވެ.

ޖަވާބުގައި ދެކުނު އެފްރިކާ ކުޅެން އަރައި 13.3 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 86 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 28 ބޯޅައިން 31 ލަނޑު ހެދި ޓެމްބާ ބަވޫމާ އާއި 27 ބޯޅައިން 22 ލަނޑު ހަމަކުރި ރަސީ ވެން ޑާ ޑަސަންއެވެ.

މި މޮޅާއެކު ދެކުނު އެފްރިކާ ވަނީ ހަ ޕޮއިންޓް ހަމަކޮށް ގްރޫޕް އެކެއްގެ ދެވަނައަށް ޖެހިލާފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ އަށް ޕޮއިންޓް ހޯދާފައިވާ އިންގްލެންޑެވެ. އިންގްލެންޑުން މިހާރު ވަނީ ސެމީގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކޮށްފައެވެ.

ޓީ20 ވޯލްޑް ކަޕް

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2021

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

14 ނޮވެމްބަރު 2021
ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް
11 ނޮވެމްބަރު 2021

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
10 ނޮވެމްބަރު 2021

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް
09 ނޮވެމްބަރު 2021

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

09 ނޮވެމްބަރު 2021
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް
07 ނޮވެމްބަރު 2021

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު