Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހުޅުމާލޭގައި ބާއްވާ ވޮލީބޯޅަ ކޭމްޕް

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ބާއްވާ ވޮލީބޯޅަ ކޭމްޕް ފަށައިފި

ބައިވެރިވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2021 | އާދީއްތަ 14:20
މައި ހުޅުމާލެ ވޮލީބޯޅަ ކޭމްޕުގެ ތެރެއިން

މައި ހުޅުމާލެ ވޮލީބޯޅަ ކޭމްޕުގެ ތެރެއިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގައި "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ވޮލީބޯޅަ ކޭމްޕް ފަށައިފިއެވެ.

މިއީ އެޗްޑީސީ އާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ވޮލީބޯލް ވެޓެރަންސް އަދި ޕޮލިސް ކުލަބު ގުޅިގެން ހިންގާ ކޭމްޕެކެވެ. ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ މި ކޭމްޕް ފެށުމަށް ހޮނިހިރު ދުވަހުގެ ހަވީރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުން މި ކޭމްޕުގެ މަގުސަދަކީ ކުޑަކުދިން ވޮލީބޯޅައަށް ޝައުގުވެރިކުރުމާއި، އެ ކުދިންނަށް ވޮލީބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި މި ކޭމްޕުގައި ބައިވެރިވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާގެ ކުދިން ކަމަށާއި، އެގޮތުން މި ކޭމްޕުގައި ފިރިހެން 33 ކުދިންނާއި އަންހެން 19 ކުދިން ބައިވެރިވާ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

މި ކޭމްޕުގެ ތެރެއިން "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ ކޯޗު މުޙައްމަދު ނަދީމް ވިދާޅުވީ ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޭމްޕުގައި އެކި އުމުރުފުރާގެ ކުދިން ހަރަކާތްތެރިވާ ކަމަށާއި، އެހެންކަމުން އެކި ކެޓެގަރީތަކަށް ބަހާލައިގެން އެ ކުދިންނަށް އެންމެ އެކަށީގެންވާ ކަހަލަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ އެސިސްޓަންޓް ސީއެސްއާރް އޮފިސަރު އަޙްމަދު ޝާމިލް ވިދާޅުވީ މި ކޭމްޕް ކުރިއަށްދަނީ އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގެ ސުކޫލުތަކާއި މާލޭގެ ސުކޫލުތަކަށް ހުޅުވާލައިގެން، އެ ކުދިންނަށް ކުޅިވަރު ކުޅުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އަދި ކޭމްޕް ކުރިއަށްގެންދިޔުމުގައި ސްކޫލުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުން ކުރިއަށް އޮތްތަނުގައިވެސް މެދު ކެނޑުމެއްނެތި މި ކޭމްޕް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ އަހަރު ބާއްވާ ކޭމްޕުގައި 200 ކުދިން ބައިވެރިކުރުމަށް ވަނީ އަމާޒުހިފާފައެވެ. އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި ވޮލީބޯޅަ ނޫން އެހެން ކުޅިވަރުތަކުގެ ކޭމްޕުތައްވެސް ބޭއްވިގެންދާނެ ކަމަށެވެ.

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ވޮލީބޯޅަ ކޭމްޕެއް ބާއްވާއިރު، އެޗްޑީސީން އިންތިޒާމުކޮށްގެން މި އަހަރުގެ ކުރީކޮޅު ވަނީ ހުޅުމާލޭގައި ޕާކް ވޮލީ ޗެމްޕިއަންޝިޕް ބާއްވާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު