Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު މައްސަލައާއި މަހުލޫފު މައްސަލަ

ވެންޓިލޭޓަރު މައްސަލައާއި މަހުލޫފުގެ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަނީ

14 ނޮވެމްބަރު 2021 | އާދީއްތަ 10:06

މަޝްވަރާކޮށްލުމަކީ އޭސީސީގެ މުސްތަގިއްލުކަމަށް އަސަރު ކުރާނެ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ނޮވެމްބަރު 2021 | އާދީއްތަ 10:06
ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އޭސީސީން މިފަހުން ބައެއް މައްސަލަތައް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އޭސީސީން މައްސަލަތަކުގައި މަޝްވަރާ ކުރުމެއް ނޯންނާތީ އިތުރަށް ބަލަންޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. ވުމާއެކު ޕީޖީ އޮފީހުންވެސް އަލުން ބަލުން މައްސަލައިގައި ބަލަންޖެހޭ ގިނަ ކަންކަން ހުންނަކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލަވެސް އަލުން އޭސީސީން ފޮނުވީ ޕީޖީ އޮފީހާއެކު އެއްވެސް މަޝްވަރާއެއް ނުކޮށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި މަޝްވަރާ ކޮށްލުމަކީ އޭސީސީގެ މުސްތަގިއްލުކަމަށް އަސަރު ކުރާނެ ކަމެއް ނޫންކަމަށާއި، އެކަމާމެދު އޭސީސީއާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަންވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި 14 އޮކްޓޫބަރު 2020 ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަން އޭސީސީން ފާހަގަކުރެއެވެ.

އޭސީސީން ވަނީ މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައެވެ.

އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ވަނީ ފޮނުވާފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް އަދިވެސް އެ މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ހުސައިން ޝަމީމްއޭސީސީއެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް