Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓް މުވައްޒަފުން ވެކްސިން ޖެހުން

ރިސޯޓުތަކުގެ 99 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފި

95 އިންސައްތަ މުވައްޒަފުން ވަނީ ދެޑޯޒު ފުރިހަމަ ކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ނޮވެމްބަރު 2021 | އާދީއްތަ 04:09
ފައިޒަރ އަދި މޮޑާނާގެ ކޮވިޑް-19 ވެކްސިން

ފައިޒަރ އަދި މޮޑާނާގެ ކޮވިޑް-19 ވެކްސިން

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޗު ފުރިހަމަކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 95 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށްފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ނުކޮށް އޮތީ އެންމެ އިންސައްތައެއްގެ މުވައްޒަފުންނެވެ.

ކޮންމެ ހަފްތާއަކު އެއްފަހަރު ނެރޭ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ވެކްސިނޭޝަން އަޕްޑޭޓު މީގެ ކުރިން ނެރުނުއިރު ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފައި ވަނީ 93 އިންސައްތަ މުވައްޒަފުންނެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓުކުރާ 152 ރިސޯޓެއް އޮތްއިރު، މިރިސޯޓުތަކުގައި ޖުމްލަ 41،431 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެކްސިންގެ ދެޑޯޒު ފުރިހަމަކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބި ބަޔަކަށް ހެދުމެވެ. އެއީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރާނެ ބަޔަކަށް ރިސޯޓު މުވައްޒަފުން ވާނެތީއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެކްސިން ޖަހައި، ދުނިޔޭގެ އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް" އަކަށް ރާއްޖެ ވުމަކީ ޓޫރިޒަމް މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެކެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު