Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ މަސައްކަތްތައް

އެންމެ ބޮޑު ދަތިކަމެއް އޮތީ ހުނަރުވެރި މުވައްޒަފުން ހޯދުމުގައި: އެމްޓީސީސީ

14 ނޮވެމްބަރު 2021 | އާދީއްތަ 01:31

ކުންފުނީގެ އުފެއްދުންތެރިކަމަށް ބޭނުންވާ އާލާތްތައް 100 އިންސައްތަ އިތުރުކުރެވިފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ނޮވެމްބަރު 2021 | އާދީއްތަ 01:31
އެމްޓިސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު

އެމްޓިސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު

އެމްޓީސީސީއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ހުނަރުވެރި މުވައްޒަފުން ހޯދުން ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ، އެކުންފުންޏަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ނުލިބުމަކީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ހުރަސް ކަމުގައެވެ. އަދި ވަކިން ޚާއްސަކޮށް މަސައްކަތްތައް ކުރިއަށް ދާއިރު އެކަންތައް ބެލެހެއްޓުމަށް އެކަށީގެންވާ ސުޕަވައިޒަރުން ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަމަށް ރަމްޒީ ފާހަގަ ކުރެއްވިއެވެ.

ރަމްޒީ ވިދާޅުވީ ކުންފުންޏަށް ބޭނުންވާ މެޝިނަރީޒްއާ އެހެނިހެން އާލާތްތައް ހީނުކުރާހާ ގިނައިން ހޯދިފައިވާ ކަމަށެވެ. އަދި މިބަދަލުތަކާއެކު ކުންފުނީގެ އުފެއްދުންތެރިކަމަށް ބޭނުންވާ އާލާތްތައް 100 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ މަސައްކަތްތައް ހިންގުމުގައި އިސްކޮށް ހަރަކާތްތރިވާނެ ރަނގަޅު މުވައްޒަފުން ނެތުން ކަމަށް ރަމްޒީ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޓީސީސީގެ މަސައްކަތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. ނަމަވެސް މިހާލަތާއެކު މަސައްކަތްތައް ކުރިއަށް ގެންދަން ދަސްކޮށް އެކަމަށް ބޭނުންވާ ބަދަލުތައް މިހާރު ގެންނަމުން އަންނަ ކަމަށް ރަމްޒީ ވިދާޅުވިއެވެ. އެކަމަކު ބޭރުން ގެންނަ މުދާތައް ގެނައުމުގައި އަދިވެސް ދަތިތަކެއް ހުރިކަމަށް ރަމްޒީ ފާހަގަކުރެއްވިއެވެ.

މިސަރުކާރު އައުމުގެ ކުރިން އެމްޓީސީސީއަށް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ލިބެއެވެ. ނަމަވެސް މިސަރުކާރު ހަވާލުވުމާއެކު އެމްޓީސީސީގެ މަސައްކަތްތައް ވަނީ ދެގުނައަށް ގިނަވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް ދެބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް އެމްޓިސީސީން ވަނީ ހޯދާފައެވެ.

އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުދިބޮޑު 63 ޕްރޮޖެކްޓް ކުރިއަށް ގެންދަމުންނެވެ. އޭގެތެރެއިން މިއަހަރު ނިމުމުގެ ކުރިން ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ބ.ފެހެންދޫއާ ހދ.ނެއްލައިދޫ ބަނދަރު ހެދުމުގެ މަސައްކަތާއި، ލ.ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އިތުރުން، ސެންޓާރާ ތްރީ އައިލެންޑް ރިސޯޓް ޑިކްލެމޭޝަން އެންޑް ޝޯރް ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރަމްޒީ ވިދާޅުވިއެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް