Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލްވޭސް ބާސާއާ ގުޅުން

ޒަވީގެ އެދުމަކަށް އަލްވޭސް އެނބުރި ބާސާއަށް

އަލްވޭސް ވަނީ 2008 އިން 2016 އަށް ބާސާއަށް ކުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 01:49
ބާސާއަށް މީގެ ކުރިން ކުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް

ބާސާއަށް މީގެ ކުރިން ކުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް

ބާސެލޯނާގެ އައު ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވާތީ އެ ޓީމަށް މީގެ ކުރިން ކުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް އަލުން އެނބުރި އެ ޓީމާ ގުޅިއްޖެއެވެ.

ދާދި ފަހުން ބާސާއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކޮށް، އައު ކޯޗުގެ މަގާމަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހަމަޖައްސާފައެވެ. އުމުރުން މިހާރު 41 އަހަރުގެ ޒަވީ އާއި އުމުރުން 38 އަހަރުގެ އަލްވޭސް އަކީ މީގެ ކުރިން އެކުގައި ބާސާއަށް ކުޅުނު ދެ ކުޅުންތެރިންނެވެ. އެގޮތުން އަލްވޭސް ވަނީ 2008 އިން 2016 އަށް ބާސާއަށް ކުޅެފައެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން އަލްވޭސް ބާސާއާ ގުޅުނުއިރު، ބްރެޒިލުގެ ސައޮ ޕައޮލޯގެ އެއްބަސްވުން ފުރިހަމަކުރުމަށްފަހު އަލްވޭސް މީގެ ކުރިން ހުރީ އެއްވެސް ކުލަބަކާ ނުގުޅިއެވެ. ހުކުރު ދުވަހުގެރޭ ބާސާއިން އަލްވޭސް އެ ޓީމާ އަލުން ގުޅުނުކަން އިއުލާންކުރިއިރު، އެ ކުލަބުން ނެރިފައިވާ ބަޔާނުގައިވާ ގޮތުން އަލްވޭސްއަށް ބާސާއަށް ރަސްމީ މެޗެއް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެކަމަކު އަންނަ ހަފުތާއިން ފެށިގެން އޭނާ ބާސާގެ ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން އަލަވޭސްގެ ސޮއި ހޯދީ އައު ކޯޗުގެ ޒަވީގެ އެދުމުގެ މަތިންނެވެ. އެގޮތުން އަލްވޭސް ގެންނަން ޒަވީ ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެ ކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ޓީމަށް ކުޅުނު ކުޅުންތެރިއަކު އަލުން ގެނެސް، މިހާރު އޮތް ޒުވާން ސްކޮޑަށް ނަމޫނާ ދައްކާނެ ލީޑަރެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލްވޭސް އަލުން ބާސާއާ ގުޅުނުއިރު، މި އަހަރުގެ އޯގަސްޓް މަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯގައޮ ބޭއްވި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ މުބާރާތުގައި އަލްވޭސް ވަނީ ބްރެޒިލުގެ ޒުވާން ޓީމު ގޮވައިގެން ނުކުމެ، އޮލިމްޕިކްސްގެ ރަން މެޑަލް ދިފާއުކޮށްފައެވެ.

އަލްވޭސް އެންމެ ފުރަތަމަ ބާސާއާ ގުޅުނީ ސެވިއްޔާ ދޫކޮށް 2008 ވަނަ އަހަރުގެ ޖުލައި މަހު 23 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެއަށްފަހު 2016 ވަނަ އަހަރު އަލްވޭސް ބާސާ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަލްވޭސް ބާސާއާއެކު 23 ތަށި ހޯދާފައިވާއިރު އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. އަދި އަލްވޭސް ވަނީ މީގެ ކުރިން ބާސާއަށް ކުޅެދިން 391 މެޗުގައި 21 ލަނޑު ޖަހާފައެވެ.

ޑެނީ އަލްވޭސްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު