Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ އަސްކަރީ ބަޣާވަތް

އެމެރިކާގެ ނޫސްވެރިއަކު 11 އަހަރަށް ޖަލަށް ލުމަށް މިޔަންމާގެ ކޯޓަކުން ހުކުމްކޮށްފި

ޓެރަރިޒަމްގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ނޮވެމްބަރު 2021 | ހުކުރު 15:04
އެމެރިކާގެ ނޫސްވެރިޔާ ޑެނީ ފެންސްޓާ

އެމެރިކާގެ ނޫސްވެރިޔާ ޑެނީ ފެންސްޓާ

އެމެރިކާ ނޫސްވެރިއަކު 11 އަހަރަށް ޖަލަށް ލުމަށް މިޔަންމާ ކޯޓަކުން ހުކުމްކޮށްފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެމެރިކާގެ ނޫސްވެރިޔާ ޑެނީ ފެންސްޓާ 11 އަހަރަށް ޖަލަށް ލުމަށް މިޔަންމާ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ޚިލާފުވިކަމުގެ ކުށުގައެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާއާމެދު ނަފްތަރު އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓެރަރިޒަމްގެ ދައުވާވެސް އޭނާގެ މައްޗަށް އުފުލާފައިވާއިރު، އަލަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖަނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ދައުވާތަކުގެ އަޑުއެހުން 16 ނޮވެމްބަރުގައި ފެށުމަށް ވަނީ ތާވަލު ކޮށްފައެވެ.

މިޔަންމާގެ އޮންލައިން ނޫހެއް ކަމަށްވާ "ފްރޮންޓިޔަރ މިޔަންމާ" ގެ މެނޭޖިންގ އެޑިޓަރުކަން ކުރައްވަމުން ގެންދެވި ޑެނީ ހައްޔަރުކުރީ ޔަންގޮން އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާއާއެކު އިތުރު ނޫސްވެރިންވެސް ހައްޔަރު ކޮށްފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

އަސްކަރީ ބަޣާވާތަކުން މިޔަންމާގެ ވެރިކަން ފުރޮޅާލާފައިވާއިރު، މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ މިން އައުންގ ހެއިންގް އަމިއްލަފުޅަށް ގައުމުގެ ބޮޑުވަޒީރުކަމަށްވެސް ވަނީ ވަޑައިގެންފައެވެ.

އައު ބޮޑުވަޒީރުކަމާއެކު އައު ސަރުކާރެއްވެސް އުފައްދާފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އައު ސަރުކާރަކާއެކު އަސްކަރިއްޔާގެ އިސްވެރިޔާ ބޮޑުވަޒީރުކަމަށް އަމިއްލަފުޅަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ ވެރިކަން ވައްޓާލައި ބާރުތައް ހިފެހެއްޓިތާ 6 މަސް ދުވަސް ފަހުންނެވެ.

ދި މިޔަންމާ ޓައިމްސްމިޔަންމާ މުޒާހަރާ

އިތުރަށް ކިޔާލަން

27 އެޕްރީލު 2022

ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް

27 އެޕްރީލު 2022
ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ، ސޫކީއަށް 5 އަހަރުގެ ޖަލު ޙުކުމެއް
02 ފެބުރުއަރީ 2022

ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

02 ފެބުރުއަރީ 2022
ފާއިތުވި އެއް އަހަރުގެ ތެރޭ މިޔަންމާގައި 1500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
10 ޖެނުއަރީ 2022

ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުއްވި މައްސަލަވެސް ސޫކީގެ މައްޗަށް ސާބިތުވެ، އިތުރު ހުކުމެއް

10 ޖެނުއަރީ 2022
ޤަވާއިދާ ޚިލާފަށް ވޯކީޓޯކީތަކެއް ގެންގުޅުއްވި މައްސަލަވެސް ސޫކީގެ މައްޗަށް ސާބިތުވެ، އިތުރު ހުކުމެއް
17 ނޮވެމްބަރު 2021

އަންގްސަން ސޫކީގެ މައްޗަށް އިންތިޚާބުގައި އޮޅުވާލިކަމުގެ ދައުވާވެސް އުފުލައިފި

17 ނޮވެމްބަރު 2021
އަންގްސަން ސޫކީގެ މައްޗަށް އިންތިޚާބުގައި އޮޅުވާލިކަމުގެ ދައުވާވެސް އުފުލައިފި
26 މާރިޗު 2021

މިޔަންމާ ބަޣާވާތް: މަރުވި މީހުންގެ އަދަދު 300ން މައްޗަށް އަރާނެކަމަށް ލަފާކޮށްފި

26 މާރިޗު 2021
މިޔަންމާ ބަޣާވާތް: މަރުވި މީހުންގެ އަދަދު 300ން މައްޗަށް އަރާނެކަމަށް ލަފާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު