Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން އިސްކުރާނީ ރައްޔިތުންގެ ލާބަ

ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ، އޮންނާނީ އެންމެންގެ ލާބަ – ރައީސް

ވަކި ފަރުދެއް، ވަކި ރަށެއް ފަރަގުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2021 | ބުދަ 17:00
ރައީސް، ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް، ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ބަޔަކު ބޭނުންވާ ގޮތުގެ މައްޗަށް ސަރުކާރުން އިތުރަށް އިސްކުރަން އޮތިއްޔާ އޮންނާނެ އެއްޗަކީ އެންމެންގެ ލާބަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 54 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބާގައި ބޭއްވި ހަފުލާގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވަކި ފަރުދެއް، ވަކި ރަށެއް ފަރަގުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އިޖްތިމާއީ އިންސާފު ކަމަށެވެ. އަދި ވޭތުވެދިޔަ 3 އަހަރު ސަރުކާރުން މަސައްކަތްކޮށްފައިވާނީ އެ ހަމަ ހިފެހެއްޓުމަށް ކަމަށާއި، ސަބަބަކީ ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވީމާ ކިޔާނަމަކަށްވާތީ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާއިތުވި 3 އަހަރަކީ މުޅިގައުމުގެ މަސްލަހަތާއި އެންމެންގެ ލާބައާއި ގައުމިއްޔަތުގެ ރުކުންތަކުގައި، ބަދަލުނުވާނެ އަދި ގުޑުވާ ނުލެވޭނެ ކަންކަމުގައި ސަރުކާރު ހިންގުމުގައި ވަރަށް ބޮޑު އިސްކަމެއް ދިން 3 އަހަރު ކަމަށެވެ. ދާދި ފަހުން އެމަނިކުފާނު އަރިއަތޮޅުގައިވެސް ވިދާޅުވިފަދައިން، ރަނގަޅަށް ކުރަން ޖެހޭ ކަމެއް އޮތިއްޔާ ސަރުކާރަށް އެކަން ފާހަގަކޮށް ދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ އެކަކު ދެކޭ ރަނގަޅު އެއީ އަނެކާއަށް ގޯހަކަށް ވެދާނެ ކަމަށެވެ. އެހެން ނަމަވެސް، ޖުމްހޫރިއްޔަތޭ ކިޔަނީ އެހުރިހާ ބައިތަކެއް އެކުވެ އެމުނުމުން ކަމަށާއި، ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭކަމަށާއި، އަދި އަހައި އެކަމަށް ރިއާޔަތްކުރާނެ ކަމަށެވެ. ސަރުކާރުގެ ނިންމުމުގެ ތިލަފަތް އަބަދުވެސް ބުރަވާނީ ރައްޔިތުން އެދޭގޮތަށް ކަމަށާއި، އެންމެނަށް ލާބައާއި މަންފާ ހުރިގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް ވިދާޅުވީ ކައުންސިލް ތަކަށް ގާނޫނީ ބޮޑެތި ބާރާއި، އިޚްތިޔާރާއި، އިމްތިޔާޒުތައް މިއަދު ދެވިފައިވާ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތަކާއި، ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން، ރައްޔިތުންގެ ބަސް، ކަންކަމުގައި އެބަ ހޯދޭ ކަމަށާއި، ނިންމުންތަކުގެ މަރުހަލާގައި އެބައްދަލުވުންތަކަށް ރިއާޔަތްކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ޖުމްހޫރިއްޔަތުގެ ހަގީގީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއް ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމަކީ، ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ ކަމަށެވެ. އަދި ލާމަރުކަޒީ މިފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަވަމުން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޖުމްހޫރީ ދުވަސްކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް

ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު