Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޯނިއަރ އެއަރކްރާފްޓް

އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފި

9 ނޮވެމްބަރު 2021 | އަންގާރަ 07:36

ބެޖް ޙަވާލުކޮށްފައިވަނީ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފްއާއި، ލެފްޓިނެންޓް އަހުމަދު އަލީއަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2021 | އަންގާރަ 07:36
 އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފްއާއި، ލެފްޓިނެންޓް އަހުމަދު އަލީ

އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފްއާއި، ލެފްޓިނެންޓް އަހުމަދު އަލީ

އެމްއެންޑީއެފްގެ އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިވެހި ޕައިލެޓުންނަށް އެއަރކްރާފްޓް ދުއްވޭ ގޮތަށް ހަމަޖައްސައި، އެއްބަސްވުމަކަށް އައިސްފައިވަނީ 2019 ވަނަ އަހަރު ބަދަލުކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުންނެވެ. އެގޮތުން 5 ޕައިލެޓުން ތަމްރީނުކޮށް، އޭގެ ތެރެއިން 4 ޕައިލެޓުން މިހާރު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި ދެ ޕައިލެޓަކު ޑޯނިއަރ ދުއްވުމުގެ ޚިދުމަތަށް ގުޅިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ބެޖް ޙަވާލުކޮށްފައިވާ ދެ ޕައިލެޓުންނަކީ އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފްއާއި، ލެފްޓިނެންޓް އަހުމަދު އަލީއަށެވެ. މި ދެބޭފުޅުންނަށް ބެޖް ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފް ވިދާޅުވީ، މި މަސައްކަތް ކުރައްވަނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކެވަޑައިގެން، ޤައުމު ދެކެ ލޯބިވާތީ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ޕައިލެޓަކަށް ވުމަކީ ލިބޭ ފަޚުރެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެމްއެންޑީއެފް އޭވިއޭޝަންގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އުޅަނދު ދުއްވުމާއި، އެއަރކްރާފްޓް އިންޖިނިޔަރިންގ އަދި އޭވިއޭޝަން ސަޕޯޓު ދާއިރާއިން ވެސް ފުރުސަތުތައް ފަހިވެފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ދެޖިންސުގެ ޒުވާނުން ވެސް ކުރިއަށް ދިއުމަށް ރަނގަޅު ދާއިރާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ލެފްޓިނެންޓް އަހުމަދު އަލީ ވިދާޅުވީ، އެމްއެންޑީއެފްގެ ޑޯނިއަރ ބޭނުންކޮށްގެން ކުރިއަށްގެންދާ ކޮންމެ އޮޕަރޭޝަނެއް ވެސް ހިންގޭނީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑުގެ ދަށުން އެކުލަވާލެވިފައިވާ ނިޒާމެއްގެ ތެރެއިން، އެ އިދާރާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންކަމަށެވެ.

މީގެ އިތުރުން ވެސް އެއަރޮނޮޓިކަލް އިންޖިނިޔަރިންގ ދާއިރާއިން 10 ސިފައިން ތަމްރީނުކޮށްފައިވާއިރު، އެމްއެންޑީއެފްގެ ޕައިލެޓުންނާއި އިންޖިނިޔަރުން ތަމްރީނު ކުރުމަށް ވެސް އައިލެންޑް އޭވިއޭޝަނާއެކު 2019 ވަނަ އަހަރު ވަނީ އެމްއޯޔޫއެއް ގާއިމުކޮށްފައެވެ. އަދި މި އެމްއޯޔޫގެ ދަށުން 7 ސިފައިން މިހާރު ވެސް އެއަރކްރާފްޓް މެއިންޓެނަންސް ދާއިރާއިން އަމަލީ ތަޖުރިބާ ހޯދަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ވެސް 3 ޕައިލެޓެއްގެ ތަމްރީނު ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ އެއަރ ވިންގ އުފައްދާފައިވަނީ 22 އޯގަސްޓު 2009 ގައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ހެލިކޮޕްޓަރެއް ގެންނަވައި، އެމްއެންޑީއެފް ސަދަރން އޭރިއާ ކޮމާންޑް، ގަމުގައި، އަދި ދެވަނަ ހެލިކޮޕްޓަރ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ލ. ކައްދޫގައި ޤާއިމުކުރިއެވެ.

އަދި 2020 ވަނަ އަހަރު އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑް ހދ. ހަނިމާދޫގައި ވެސް ޑޯނިއަރ އެއަރކްރާފްޓެއް ވަނީ ޤާއިމުކޮށްފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި އެއަރކްރާފްޓަކީ ކަނޑުގެ ސަރަޙައްދުގެ ސަރވައިލެންސްއާއި މީހުން ސަލާމަތް ކުރުމުގެ އޮޕަަރޭޝަންތަކާއި، ސިއްޙީ ކަންކަމުގައި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުން ފަދަ ކަންކަމަށް ބޭނުންކުރާ އުޅަނދެކެވެ. އެގޮތުން މި އުޅަނދުގައި އެންމެ ޒަމާނީ ރާޑަރާއި، ސެންސަރ ފަދަ ޒަމާނީ އާލާތްތައް ހިމެނިފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ފުރަތަމަ މަޝްވަރާ ކުރެވުނު އުޅަނދުތަކެއް ނަމަވެސް، މި އުޅަނދުތައް އޮޕަރޭޓް ކުރުމާއި މެއިންޓެނަންސްއަށް ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު ހޭދައެއް ކުރަންޖެހޭކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ. އެއާއެކު އުޅަނދުތައް ބޭނުން ކުރަމުންދަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރުގެ ނަން މައްޗަށް ބަދަލުކޮށް، ޤައުމީ ދިފާއީ ބާރުގެ ލޯގޯ ޖަހައި، އެމްއެންޑީއެފްގެ ކޮމާންޑާއި ކޮންޓްރޯލްގެ ދަށުން އޮޕަރޭޓް ކުރާ އުޅަނދުތަކެއްގެ ގޮތުގައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، މިހާރު އުޅަނދުގެ މެއިންޓެނަންސް މަސައްކަތްތަކާއި، ސްޕެއަރ، އަދި ތެޔޮ އެޅުން ފަދަ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ގެންދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި މި އުޅަނދުތައް ބަލައްޓަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ރާއްޖޭގެ މަސްކަނޑުތަކުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓަރކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރާ ޑްރަގް ވިޔަފާރިއާއި އެނޫންވެސް މަނާ ވިޔަފާރިތަކާއި، އިންސާނީ ވަގުފާރި ފަދަ ކަންކަން ހުއްޓުވުމުގެ އިތުރުން، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އޮޕަރޭޝަންތަކަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް 363 ބަލިމީހުން އުފުލުމަށް ޑޯނިއަރ އެއަރކްރާފްޓް ބޭނުންކޮށްފައިވެއެވެ. އަދި ކަނޑުމަތީގައި ހާލުގައި ޖެހުނު މީހުންގެ ފުރާނަޔާއި މުދާ ރައްކާތެރި ކުރުމަށް ޚާއްސަކޮށްގެން 77 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އަދި 121 ސަރވައިލެންސް އޮޕަރޭޝަންސް ހިންގައި، ގިނަ އަދަދެެއްގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް