Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިމަމް ވޭޖް ކަނޑައެޅުން

މިނިމަމް ވޭޖް: ކުދިކިޔަސް، އަތްޖެހިއަސް، ހިތްވަރުގަދަ، ބޮޑު ނިންމުމެއް

މީގެ ކުރިން އެއްވެސް ސަރުކާރަކަށް މިނިމަމް ވޭޖް ކަނޑައަޅާކަށް ނުކެރުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 09:56
މިނިމަމް ވޭޖް ކަނޑައެޅުން -  ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ނުކުރެނު ކަމެއް މި ސަރުކާރުން ވަނީ ކޮށްފައި

މިނިމަމް ވޭޖް ކަނޑައެޅުން - ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ނުކުރެނު ކަމެއް މި ސަރުކާރުން ވަނީ ކޮށްފައި

"މިނިމަމް ވޭޖޭ"، " އެންމެ ދަށް މުސާރައޭ"، "ރައްޔިތުންގެ ޙައްޤޭ"، "މަސައްކަތްތެރިންގެ ޙާލަތޭ" ކިޔާލަ ކިޔާލާ ތިބޭތާ ލައްކަ އަހަރު ފައިބައިގެން ދިޔައީއެވެ. ގަންނާ ކުރެއްވި ބިރުން ގޮތްނިންމާލަން ކެރުނު ހަމަ އެކަކުވެސް މިޤައުމަކުން މީގެ ކުރިއަކުން ފާޅެއް ނުވިއެވެ. ކުރި ދިރާސާތަކާއި ހެދި ސަރވޭތައް ދިޔައީ ފަނުފުލުންނެވެ. ދެއްކި ވާހަކަތަކާއި ކެނޑިހާ ބައިސާތައް ވެގެން ދިޔައީ ކަނޑުގައި އަޅާލި ރޮނގެއްފަދަ އެއްޗަކަށެވެ. މޯހިރުން ފެނުނު ފާހަގަ ބަލައިގެން ދުރަށްގޮސް އަނބުރާލަން ބެލިއިރު އެއިން އެއްޗެއް ފެންނާކަށް ނޯވެއެވެ. ވޯޓު ދުވަސްވަރާ ކައިރިވާތީ މާލިމީގެ ގައިން ނަގާ ހީބިހިގަނޑާއެކު އަނބުރާ ހޭރިޔާކުރާކަށް ކުޅަދާނަކަމަކަށް ނުވެއެވެ.

އެހެންނަމަވެސް ކޮވިޑް ބަލިމަޑުކަމާހުރެ މުޅިދުނިޔޭގެ ހާލަތާއެކު ލާމެހިފައިވާ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ނިކަމެތިކަމަށް ފަސްޖެހުމެއްނެތި ރައްޔިތުންގެ ޙައްޤުގައި އާސަރުކާރުން އެވަނީ ގޮތް ކަނޑައަޅާފައެވެ. ހެވަސް ރަނގަޅަސް ކަން ކޮށްފައެވެ. މިނިމަމް ވޭޖް ކަނޑައަޅާފައެވެ. ވަޒީފާގައި ގެންގުޅޭ މީހުންނަށް މަދުވެގެން ދޭން ޖެހޭނެ އުޖޫރައެއް ކަނޑައަޅާފައެވެ.

އެންމެނަށް ކަމުދާނެ ހަމަ އެއްކަމެއް ވެސް ނޯންނާނެއެވެ. ޝަރީއަތަކުން ކުރާ ހުކުމެއްގައި ވެސް އޮންނަ ބީދައިންނެވެ. އެއްބަޔަކަށް ރަނގަޅުވާއިރު އަނެއްބަޔަކު ހިތްހަމައެއް ނުޖެހޭނެއެވެ. މިއީ ވިސްނައިގަންނަން އުނދަގޫ ރޮކެޓް ސައިންސެއް ނޫނެވެ. ޤަބޫލުކުރިއަސް ނުކުރިއަސް މިއީ ކަމުގެ ޙަޤީގަތެވެ.

ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖުން ބުނެދިން ވާހަކައަކީ އެންމެ އާދައިގެ ކަންމަތީ ފިހާރައިގައި ގެންގުޅޭ ހުސޭނަށާއި މުހައްމަދަށް ވެސް މަދުވެގެން 4500 ރުފިޔާ މަހަކު ދޭންޖެހޭނެ ކަމެވެ. އޮފް ދުވަހެއް ނެތި ބައެއް މީހުން ގެންގުޅޭއިރު 3000 ރުފިޔާ ދިނަސް އެމީހުން ޗުއްޕު ވެސް ބުނަން ނުކެރި ހުންނަން ނުޖެހޭނެ ކަމުގެ ބާރެއް ލިބިދިންކަމެވެ. ސިވިލް ސަރވިސް ވަޒީފާއިގައި އުޅޭ އެންމެ އާދައިގެ މަސައްކަތު މީހާއަށް ވެސް 7000 ރުފިޔާ މަހަކު ލިބޭނެކަން ކަށަވަރުކޮށްދިނީއެވެ. ކުރިން މަހަކު ލިބޭ 5300 އެއްހާ ރުފިޔާއަށް އިތުރު ކުރިއެރުމެއް ލިބުނުކަމެވެ. ބޮޑެތި ކުންފުނިތަކާއި މާސިންގާ ވިޔަފާރިތަކާއި ރިސޯޓްތަކުގެ މުވައްޒަފުންނަށް ހެޔޮ ކުރިއެރުމެއް ލިބި ޤާނޫނަކުން އެމީހުންނަށް ހަށިފޮޅާލެވުނީއެވެ.

ދެން އޮތީ މިއީ އެންމެ ރަނގަޅު މިންވަރު ހެއްޔޭ ކުރެވޭ ސުވާލެވެ. މިކަމުން ލިބުނީ ގެއްލުންހޭ ނުވަތަ ފައިދާހޭ އަހާ މީހުން ބޭނުންވާ ޖަވާބެވެ. މިސުވާލުތައް ހިތަށްވެރިވާ މީހުންނަށް އެމީހުން ބޭނުންވާހާ ޖަވާބެއް ނުލިބުނަސް އިޤްތިޞާދީ މާހިރުން މުތުލަގަށް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ ކަން ނިންމުމެވެ. މިނިމަމަމް ވޭޖެއް ކަނޑައެޅުމެވެ.

އެކައުންޓިންގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވީ މިކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނިންމެވި ނިންމެވުމަކީ ވަރަށްބޮޑު ހެޔޮ ފާލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިނިމަމް ވޭޖަކީ މުސާރަ ބޮޑުކުރުން ނޫން ކަމަށާއި ދެވޭނެ އެންމެ ދަށް މުސާރައެއް ކަނޑައެޅުން ކަމަށެވެ.

"މިހާރު ސިއްކަ ޖެހިގެން އެދިޔައީ. މަދުވެގެން މިވަރު ދޭން ޖެހޭނެޔޭ އެކަނޑައެޅުނީ. ދެން އެއަދަދު ބޮޑުތޯ ކުޑަތޯ އެއީ އަދި މުޅިން އެހެންކަމެއް." އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ކުންފުންޏެއްގެ އެމްޑީކަން ކުރައްވާ އެބޭފުޅާ ވިދާޅުވީ ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފަށް ވެސް މި ކަނޑައެޅުނުވަރުން ވެސް ކުރިއެރުމެއް ލިބިގެން ހިނގައްޖެކަމަށެވެ.

"ސަރުކާރުން މިކަނޑައެޅި އަދަދުން ވެސް މިހާރު ވެސް އެވަނީ އެންމެ އާދައިގެ މީހާއަށް ވެސް ކުރިއެރުމެއް ލިބިފައި. އެއީ ވަރަށްބޮޑު ކަމެއް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ބޮޑު މުސާރައެއް ދިނުމަށް އަދި އިތުރު އެލަވަންސްތަކެއް ދިނުމަށް އޮންނަ ހުރަހެއް ނޫނެވެ. އެއިން އެބުނެދެނީ މަދުވެގެން އެމީހަކަށް ދޭން ޖެހޭނެ މިންވަރެއް ކަމަށެވެ.

ބައެއް މީހުންގެ ހިތުގައި އުފެދޭ އަނެއް ސުވާލަކީ މިކަމުގެ ސަބަބުން އަމިއްލަ ވަޒީފާތަކުން ދިވެހިން މަދުކޮށް އަގުހެޔޮކޮށް ބޭރުމީހުން ގެންނަން ފަށާފާނެކަމެވެ. މިއީ ނުވާނެ ކަމެކޭ ބުނާކަށް ނެތީމެވެ. އެކަމަކު ޤަބޫލުކުރަން ޖެހޭނެ ޙަޤީގަތެއް އެބައޮތެވެ. އެންމެ ޤާނޫނަކުން ހުރިހާ ކަމަކަށް ހައްލު ނާންނާނެކަމެވެ. ކަމަކާ ގުޅިގެން އަޅާ ފިޔަވަޅަކުން އެކަމުގެ ވަށައިގެންވާ ހުރިހާކަމެއް ފޫނުބެދޭނެކަމެވެ. މާނައަކީ ދެން ހުރި ކަންކަމަށް އިތުރު ޤާނޫންތަކާއި ޤަވާއިދުތައް އަދި އުސޫލުތައް ބޭނުންވާނެއެވެ. މިހާރުވެސް ބޭރުމީހުން ގެންގުޅެވޭނެ މިންވަރާއި އެމީހުން ގެނެވޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނައޮތުން އެއީ މިކަމުގެ ހެއްކެކެވެ.

ކޮންމެއަކަސް ހީނހީނފައި މަލާމާތް ކުރިއަސް، ފާޑުކިޔަމުން ހޯބޯލެވިއަސް އަދި ލިބުނު މޮޅައިގެން އަތްޖެހިއަސް އެވަނީ ގޮތް ކަނޑައަޅާފައެވެ. ކިތަންމެ ގަޓުހުރެގެން މަތިހަށިނަގާފައި އުޅުއްވިނަމަވެސް މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރާން ނުކެރުނު ކަމެއްކޮށް މިޤައުމުގެ ތާރީޚުގެ ތެރެއަށް މިކަން މިވަނީ ވަދެފައެވެ. ބަޔަކު އަދި ބިރުން ރޫރޫއެޅިއަސް މިނިމަމް ވޭޖް އެއޮތީ ކަނޑައަޅާފައެވެ.

މިނިމަމް ވޭޖް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

މައުޟޫޢު އާއި ގުޅުނަސް ނުގުޅުނަސް، ވަޒީރު ހައިދަރުގެ ޖަވާބެއް ނެތް!

24 ޖޫން 2025
"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލަނީ

"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލަނީ

21 މާރިޗު 2024
މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން

މިނިމަމް ވޭޖާއެކު ފެނަކައިގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން

02 ފެބުރުއަރީ 2022
މިނިމަމް ވޭޖާއެކު ހާލަތު ބަދަލުވާނެތަ؟

މިނިމަމް ވޭޖާއެކު ހާލަތު ބަދަލުވާނެތަ؟

13 ނޮވެމްބަރު 2021
މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް: ރައީސް ނަޝީދު

މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ އަމާޒެއް: ރައީސް ނަޝީދު

08 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު