Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްލާމްވި ދުވަސް

ނަފްސު މުރާޖައާކުރުމާއި ގުޅުން މުރާޖައާކުރުމަކީ މުހިންމު ކަމެއް: އިސްލާމިކް މިނިސްޓަރ

އިސްލާމްދީނާމެދު ފިކުރުކޮށް، އެ ދީން އުނގަންނައިދެނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބެލުމަކީ މުހިންމު ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޮކްޓޯބަރު 2022 | ބުދަ 16:20
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ

ނަފްސު މުރާޖައާކުރުމާއި ގުޅުން މުރާޖައާކުރުމަކީ މުހިންމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި "ދިވެހިރާއްޖޭގައި އިސްލާމްދީން" މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިސްލާމްދީނާމެދު ފިކުރުކޮށް، ދީން އުނގަންނައިދެނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަފްސާ ދޭތެރޭ، ވިސްނައި އަމަލުތައް ހުންނަނީ ރަނގަޅަށްތޯ ބަލަންޖެހޭކަމަށާއި، އަޅުކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކީރިތި ރަސޫލާ، ރަސޫލުކަމާއިގެން ވަޑައިގެންނެވި ދުވަސްވަރަކީ ޖާހިލިއްޔަތުކަން ވަރަށް ބޮޑަށް ފެތުރިފައިވާ ދުވަސްވަރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރު ބާރުގަދަ މީހުން ނިކަމެތިންގެ ހައްގުތަކަށް އަރައިގަތުމަކީ އާންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރަސޫލާ މީސްތަކުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވުމުން އެއްބައި މީހުން އެކަން ގަބޫލުކޮށް، އަނެއްބައި މީހުން އެ ދައުވަތު ގަބޫލުނުކުރާކަމަށް ވިދާޅުވިއެވެ. ހުރިހާ އެންމެންނަކީ އަޚުންތަކެއްކަން ރަސޫލާ އެންމެންނަށްވެސް ހާމަކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއް މުއުމިނަކީ އަނެއް މުއުމިނެއްގެ މޫނު ބަލާ ލޯގަނޑު"ކަމަށް ރަސޫލާ ސިފަފުޅުކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އެކަމުންވެސް ވަރަށް ބޮޑު އިބުރަތެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ރަސޫލާ ގެންނެވި ރިސާލަތު ރާއްޖެއަށް އައުމުން އޭރު އެމީހުންގެ އުޅުމަށްވެސް ބަދަލު އައިކަން ލިޔެކިޔުންތަކުން ފެންނަން އެބައޮތްކަމަށް ވިދާޅުވިއެވެ.

އަޚުވަތްތެރިކަމުގެ ލޯތްބާއި އެއްބައިވަންތަކަން އެއީ މާތްﷲ ގެ ކަލިމަ ގަބޫލުކުރުމުން އަންނަ ސިފަތައް ކަމަށާއި، އެއީ އިސްލާމްދީން ދަސްކޮށްދޭ ކަންތައްތައްކަމަށް ވިދާޅުވިއެވެ.

ކޮންމެ މީހަކީވެސް ތަފާތު ވިސްނުމާއި ފިކުރު ހުންނަ މީހެއްކަމަށާއި، އެކަމަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ރަސޫލާގެ ހަޔާތްޕުޅަށް ބެލިކަމުގައިވީނަމަވެސް، ޚިޔާލު ތަފާތުވުންތައް އޮތްކަމަށާއި، ނަމަވެސް އެކަކު އަނެކަކުގެ ޚިޔާލުތަފާތުވުންތަކަށް އޭރު އިހުތިރާމްކުރި ކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެން އެންމެންގެ އަމަލުތައް ބައްޓަންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަކު އަނެކަކާ މުއާމަލާތުކުރުމުގައިވެސް ރިވެތި އުސޫލުތައް ގެންގުޅުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރާއްޖެ އިސްލާމްވި ދުވަސްއިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު