Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްލާމްވީ ދުވަސް

ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރަނީ ރާއްޖެ އިސްލާމްވިތާ 896 އަހަރުވީ ދުވަސް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 06:11
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ.

ރައީސް ވަނީ މި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ޓްވީޓުކުރައްވާފައެވެ. މިއަދު ފާހަގަ ކުރަމުން މިދަނީ ރާއްޖެ އިސްލާމްވިތާ 896 އަހަރުވީ ދުވަހެވެ.

Advertisement - newsAdvertisement

ރައީސްގެ ޓްވީޓުގައި ވަނީ އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީގު ދެއްވައި، ދިވެހިރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މި ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރާއްޖެ އިސްލާމްވި ދުވަސް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
05 އޮކްޓޯބަރު 2024

ރައީސްގެ ކިބައިގައި ހުރި ސިފަތަކެއް ތަގުރީރުގައި ލިޔެގެން ކިޔުއްވީ ހެއްޔެވެ؟

05 އޮކްޓޯބަރު 2024
ރައީސްގެ ކިބައިގައި ހުރި ސިފަތަކެއް ތަގުރީރުގައި ލިޔެގެން ކިޔުއްވީ ހެއްޔެވެ؟
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު