Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

އިސްލާމީ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރޯދަމަހަށް ތައްޔާރުވުމަކީ ދިވެހީންގެ ވަރަށްގިނަ ސަގާފަތްތަކެއް ހިމެނޭ ކަމެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 07:41
މިސްކިތުގައި ނަމާދު ކުރަނީ

މިސްކިތުގައި ނަމާދު ކުރަނީ

ދިވެހިރާއްޖެ އިސްލާމްވީ ހިޖުރީގޮތުން 548 (1153މ)ގެ ރަބީޢުލްއާޚިރު މަހުގެތެރޭގައެވެ. އިސްލާމް ދިވެހިރާއްޖެއަށް ފުރަތަމަ ރޯދަމަހެއް އައީ، ހިޖުރީގޮތުން 548 (ރާއްޖެ އިސްލާމްވި އަހަރު)އެވެ. ވީމާ، މި ރޯދަމަސް (ރަމަޟާން  1444) މިއީ، އިސްލާމް ދިވެހިރާއްޖެއަށް އައި، 897ވަނަ ރޯދަމަހެވެ! ދިވެހިރާއްޖެއަށް 900ވަނަ ރޯދަމަސް އަންނަން ދެން އޮތީ އެންމެ 3 އަހަރެވެ! އިސްލާމީ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރޯދަމަހަށް ތައްޔާރުވުމަކީ ދިވެހީންގެ ވަރަށްގިނަ ސަގާފަތްތަކެއް ހިމެނޭ ކަމެކެވެ.

ދިވެހީންގެ ރޯދަމަހުގެ ސަގާފަތުތަކުގެ ތެރޭގައި، ދިވެހީންގެ އަމިއްލަ ސަގާފަތުތަކެއްވެސް ހިމެނެއެވެ. 900 އަހަރުވީ ސަގާފަތްތަކެކެވެ. މިސްކިތްތައް ރިވެތި ކުރުމެވެ. ގޯތިގެދޮރު ޒީނަތްތެރިކުރުމެވެ. ރަށުތެރެ އާބާތުރަފިލުވުމެވެ. މާހެފުމެވެ. ހަނދުބެލުމެވެ. ހާރުކެއުމެވެ. ރޯދަވީއްލުމެވެ. ތަރާވީސްދަމުގެ ކެއުމެވެ. އަޅުކަމުގެ ނަމޫނާއެވެ. ރޯދަކުރުކޮށްލަން ކުޅެލާ ސަގާފީ ކުޅިވަރުތަކެއް ހުރެއެވެ. ބުމަރުތެޅުމެވެ. މޫދުގައި ކުދިދޯނި ދުއްވުމެވެ. މިފަދަ ކުޅިވަރުތަކެވެ. މިއީ ހަވީރުވަގުތު ކުޅޭކުޅިވަރުތަކެކެވެ. ޖޯލިފަތި، އުނދޯލި، ބައިންއެލުވުން، ބާލުޚާނާ ފަދަ އަރާމުކޮށްލުމަށް ހިތްފަސޭހަކޮށްލުމަށް ތައްޔާރުކުރެވޭ ނުވަތަ އައުކުރެވޭ ތަކެއްޗާއި ތަންތަންވެސްމެއެވެ.

ދިވެހި އިސްލާމީ އުޚުއްވަތްތެރިކަމަކީ އޯގާތެރިކަމުގެ ނަމޫނާ އުޚުއްވަތްތެރިކަމެކެވެ. އެކަކު އަނެކަކަށް އެއްބަޔަކު އެއްބަޔަކަށް އެހީތެރިވުމާއި އަޅާލުމެވެ ހިޖުރީގޮތުން 548  (1153މ)ގެ ރަބީޢުލްއާޚިރު މަހުގެތެރޭގައި އައްސުލްޠާާން މުޙައްމަދު ބިން ޢަބްދުﷲ ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެވަޑައިގެން ރަސްމީގޮތުން ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ ނޫރު އަލިވިލި އިސްލާމް ދިވެހިރާއްޖެއަށް އައި، 897ވަނަ ރޯދަމަހެވެ!ތެރެއިން މުސީބާތާއި ނާމާންކަމާއި ބިރުވެރިކަމާއި ހިތްދަތިކަމާއި ތަދުމަޑުކަމާއި ބަލިމަޑުކަމުގެ ދުވަސްވަރު އައި 40 ވަރަަކަށްރޯދަމަސްވެއެވެ. މިގޮތުން، ފޯޗުގީޒުން ރާއްޖެ އަޅުވެތިކުރި 965 އިން 981 އަށް (މީލާދީން 1558 - 1573) މިމުއްދަތުގެ 17 ވަރަކަށް ރޯދަމަހެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި މީގެ 110 ވަރަކަށް އަހަރުކުރިން 1320ގެ އަހަރުތައް (މީލާދީން 1914 - 1918) ހިޖުރީގޮތުން 5 އަހަރުގެ ރޯދަމަހެވެ.

މީގެއިތުރުން، ދެވަނަބޮޑުހަނގުރާމައިގެ ތަދުމަޑުކަމާއި ބަލިމަޑުކަމުގައި 1358  އިން 1372 (މީލާދީން 1939 - 1953) އަދިފުރަތަމަ ޖުމުހޫރިއްޔާ ނިމުމާ ހަމަޔަށް 14 އަހަރުގެ ރޯދަމަހެވެ. އަދި ކޮވިޑުގެ ވަބާގައި 1441، 1442މި ދެއަހަރުގެ ރޯދަމަހެވެ. ކޮވިޑުގެ ވަބާގައި ދެއަހަރުގެ ރޯދަމަހުގެ މިތަޖުރިބާތަަކަށް ދެއަހަރުނުވާއިރު މިކަންކަން ފާހަގަކޮށްލުން ހަމަމުނާސަބެވެ. ދުނިޔޭގައި މީސްތަކުން ދިރިއުޅެން ފަށައި މީސްތަކުން އާބާދުވެ ތަހުޒީބުވާން ފެށުނީ، މީގެ ގާތްގަނޑަކަށް 5500 އަހަރުކުރިން ކަމަށްވެއެވެ. އެއިރު އުފެދުނު ތަހުޒީބުތަކުގެ ތެރޭގައި، ފުރާތުކޯރާއި ދިޖުލަތުގެކޯރާއި ދެމެދުގައި އުފެދުނު (މުސެޕޮޓޭނިއާ)ގެ ތަހުޒީބާއި، މިސުރުގެ ތަހުޒީބާއި، ސޫމާރިއާގެ ތަހުޒީބު ހިމެނެއެވެ. މިހުރިހާ ތަހުޒީބުތައް ހިމެނެނީ މެދުއިރުމަތި ސަރަހައްދުގައެވެ.. (ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ދަތުރުފުޅުކުރެއްވި ސަރަހައްދުތަކުގައެވެ.) އިންސާނުންގެ މުހުތާދުތަކާއި ކަންކަމަށް ލިޔެކިޔުމުން ތާރީޚު ޖަހަން ފެށުނީވެސް އެއިރު (މީގެ ގާތްގަނޑަކަށް 5500 އަހަރުކުރިން) ކަމަށްވެއެވެ. ހަމައެފަދައިން  ދުނިޔޭގައި އެންމެ ފުރަތަމަ ކަލަންޑަރުތައް ބޭނުންކުރަން ފެށުނީވެސް އެދުވަސްވަރު ނުވަތަ މީގެ ގާތްގަނޑަކަށް 5500 އަހަރުކުރިން ކަމަށްވެއެވެ. އެކަލަންޑަރުތަކުގެތެރޭގައި  ސޫމާރީން ބޭނުންކުރި ކަލަންޑަރު ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022
ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު