Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ޚިޔާނާތުގެ މައްސަލަ

މަނީ ލޯންޑަރ ކޮށްގެން ސަން ކުންފުންޏަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންވެސް ވަނީ ހޯމަ ދުވަހަށް ތާވަލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ނޮވެމްބަރު 2021 | ހޮނިހިރު 10:05
ކްރިމިނަލް ކޯޓް- މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 09:00ށް

ކްރިމިނަލް ކޯޓް- މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 09:00ށް

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 09:00 އަށެވެ.

މި މައްސަލައިގައި ހިމެނޭ މއ ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންވެސް ވަނީ ހޯމަ ދުވަހަށް ތާވަލުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:00އަށެވެ.

މި މައްސަލައިގައި ސަން ކުންފުންޏަށް ދައުވާ ކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

ދައުލަތުން އުފުލި ދައުވާގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީނަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

ފުއްގިރިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
27 ޑިސެމްބަރު 2025

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި
26 ޑިސެމްބަރު 2025

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ
25 ޑިސެމްބަރު 2025

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި
25 ޑިސެމްބަރު 2025

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު