Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތިމާވެއްޓަށް ވަމުންދާ ގެއްލުންތައް

2 ރުފިޔާ އާއި 20 އަހަރު

އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2021 | ހުކުރު 10:53
ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމާޒެއް ރާއްޖެއިން ވަނީ ކަނޑައަޅާފައެވެ. 2023 ވަނަ އަހަރު އަންނަންވާއިރަށް މިލަނޑުދަނޑި ހާސިލުކުރުމަށް އެކި އަހަރުތަކަށް ބަހާލައިގެން ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އެކަމުގެ ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބައެއް ކަހަލަ ސިޔާސަތުތަކަށް ބަދަލުތައްވެސް ގެނެސްފައެވެ. އޭގެތެރޭގައި އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާއެކު ޕްލާސްޓިކް އެތެރެކުރުން މަނާކުރުން ހިމެނެއެވެ. އެއިސްލާހުގެ ދަށުން 8 ބާވަތެއްގެ ޕްލާސްޓިކް މިހާރުވެސް ރާއްޖެއަށް އެތެރެކުރުން މަނަލެވެ. މީގެއިތުރުން އެފަދަ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން ގާނޫނީ ގޮތުން މަނާކުރުމަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެހެންނަމަވެސް ދައްކަން މިއުޅެނީ ރާއްޖެއިން މިލަނޑުދަނޑި ހާސިލުކުރުމަށް މިހާތަަނަށް ކޮށްފައިވާ ކަންކަމުގެ ވާހަކައެއް ނޫނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ދެއްކެވި ވާހަކަފުޅެކެވެ. އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަން ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ "އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ތައާރަފުކުރުން" ހިމެނޭކަމަށެވެ. މިއާއެކު ގިނަ ބަޔެއްގެ ޝައުގުވެރިކަން މިކަމަށް ހުއްޓުނެވެ. އެއްބަޔަކަށް މިކަންވީ ސަރުކާރުން އަބަދުވެސް ރައްޔިތުން އަތުން އެކި ނަންނަމުގައި ނަގަމުން އަންނަ ޓެކްސް އަށް އިތުރުވި ބޮޅަކަށެވެ. އަނެއްބަޔަކަށް މިކަންވީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ކުރަން ރަނގަޅު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ބަޖެޓްގައި ހިމަނައިގެން ލާރި ނަގައިގެން އާމްދަނީ ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި މިކަން ހެދުމުން ނުރުހުން ފާޅުކުރި ބަޔަކުވެސް ތިއްބެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމާއި ގުޅޭގޮތުން ބަޖެޓް ފޮތުގައި ބުނެފައިވަނީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ނިންމީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އެ ޕްލޭންގައި މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނެގުމަށް ވަނީ ރާވާފައެވެ. މި ޓެކްސް ނެގުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވަނީ ކޮންމެ ސައިޒެއްގެ ކޮތަޅަކަށް ވެސް ދެ ރުފިޔާއެވެ. މި ޓެކްސް ނަގަން ރާވާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު ޕްލާސްޓިކް ކޮތަޅު ޓެކުހުން ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 47.7 މިލިއަން ރުފިޔާއެވެ.

ބަޖެޓަށް ބަލާލުމުން އެނގުނުގޮތުގައި މިއީ ވަކި ޕްލޭނެއްގެ ދަށުން ކުރުމަށް ރާވާފައިވާ ކަމެކެވެ. ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަމުންދާ ގެއްލުންތަކުގެ އަސަރުގެ ވާހަކައަކީ ރާއްޖެ އަބަދުވެސް ދައްކަމުންދާ ވާހަކައެކެވެ. އަޑަށް ބާރުލާފައި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަދައްކާއިރު އެކަމަށް ދިވެހިން ހޭލުންތެރިވެފައި ހުންނަ މިންވަރު މިފަދަ ކޮންމެކަމަކާއެކު ވިސްނާލަން މަޖުބޫރުކުރުވައެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގައި އަހަރަކު 43134 ޓަނާއި ގާތްކުރާ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާކަމަށް، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި އެން.އައި.ޖީ ކެޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާ ރިޕޯޓުން ދައްކައެވެ. މޯޕާ އާއި އެން.އައި.ޖީގެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ހިއްސާކުރަނީ 43،134 ޓަނާއި ގާތްކުރާ އަދަދެއްގެ ޕްލާސްޓިކެވެ. 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ޕްލާސްޓިކް އިމްޕޯޓް ކުރެވޭ މިންވަރު އަހަރަކު 17 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާއިރު، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ ހަތަރު އިންސައްތަ އަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކެވެ. ދެން އޮތީ ޕްލާސްޓިކް ކޮތަޅުގެ ވާހަކައެވެ. 2019 ވަނަ އަހަރުގެ ރާއްޖެ އެތެރެކޮށްފައިވާ ޕްލާސްޓިކް ކޮތަޅަށް ބަލާއިރު އެއަހަރު އެކަނި 133.4 މިލިއަން ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކޮށްފައިވެއެވެ. ޕްލާސްޓިކް ކޮތަޅަކީ ރާއްޖެއަށް އެތެރެކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެތެރެކޮށްފައިވާ ބާވަތްވެސްމެއެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި ޕްލާސްޓިކް ކޮތަޅު ނެތިފަނާވެ ދިޔުމަށް 20 އަހަރުނަގައެވެ. ނަމަވެސް އެއްކޮށް ޕްލާސްޓިކް މާހައުލުން ވަކިވެގެން ނުދެއެވެ. އެއީ އުފެދުމަށްފަހު ދުވަހަކުވެސް ވެށިން ވަކިވާ އެއްޗެއްނޫނެވެ. މައިކްރޯ ޕްލާސްޓިކްގެ ގޮތުގައި ވެށީގައި އެހުރެއެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ ވަށައިގެންވާ ކަނޑުތަކަށެވެ. ކަނޑުތަކުގައި އުޅޭ މަސްމަހާމެހި ކާނާގެ ގޮތުގައި ޕްލާސްޓިކް ކައެވެ. ކޮންމެ އަހަރަކު އެތައް ޓަނެއްގެ ޕްލާސްޓިކް މަސް ކައެވެ. ދިވެހިންނަކީ މަހާއި ނުލާ ކެއުން ފުރިހަމަކުރެވޭ ބައެއް ނޫނެވެ. އެހެންކަމަށްވާއިރު ދިވެހިންގެ އަމިއްލަ އަތުން ޕްލާސްޓިކް ކެވޭނެވަރު އަންދާޒާކޮށްލާށެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އިންސާނުން ހަފްތާއެއްގެ ތެރޭގައި ކްރެޑިޓް ކާޑުގެ ސައިޒާ އެއްވަރަށް ޕްލާސްޓިކް ކައެވެ. އަދި 2050 ވަނަ އަހަރު ކަނޑުތަކުގައި މަހަށްވުރެ ޕްލާސްޓިކް ގިނަވާނެއެވެ.

މިއީ އަދި ޕްލާސްޓިކާއި ޕްލާސްޓިކް ކޮތަޅާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުގެ މަދު މިންވަރެކެވެ. މިހުރިހާ ކަމެއް ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކް ކޮތަޅާ ގުޅުވާލާފައި ވިސްނާލާށެވެ. ޒަމާނުއްސުރެވެސް ހަރުލާފައިވާ އާދައެއްގެ ގޮތުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެންމެ އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައިވާ ޕްލާސްޓިކް ކޮތަޅުގެ އަދަދަށް އެކަނި ބަލާލިނަމަވެސް އެކަން އެނގިގެންދެއެވެ. ނަމަވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމަށްފަހު ދެން އެއަށްވާގޮތެއް ވިސްނާލެވުނީ ކިތައް މީހުންނަށް ހެއްޔެވެ. ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ވަމުންދާ ގެއްލުންތަކާ އަޅާބަލާއިރު މިއީ ބޭނުންކުރަން ހެޔޮވާވަރުގެ އެއްޗެއްނޫންކަން އެނގެއެވެ.

އެހެންކަމަށްވާއިރު އިތުރަށް ދެ ރުފިޔާ ދައްކަންޖެހޭކަން ފާހަގަކުރުމަށްވުރެ ތިމާވެއްޓަށް ތިމާގެ އަތުން ދެވޭ ގެއްލުމުގެ މަތިން ހަނދާންކޮށްލުން ކިހިނެއްވާނެ ހެއްޔެވެ. ބޮޑެތި އަދަދުތަކުން ޓެކްސް ނަގައިގެން ކަންކަމާއި ދުރުކުރުވުމަކީ އާންމު ގޮތެއްގައިވެސް ބޭނުންކުރާ އުކުޅެކެވެ. ނަމަވެސް ތިމާގެ އަތުން ތިމާގެ ވެއްޓަށް ދެވޭ މިބޮޑު އަނިޔާއާއި އެކަމުގެ ސަބަބުން ކުރާ އަސަރުން ތިމާ އާއި އެންމެން ސަލާމަތްކުރުމުގެ ވިސްނުން ގެންގުޅުން ކިހިނެއްވާނެ ހެއްޔެވެ.

ތިމާވެށިކްލައިމެޓް ޗޭންޖްޕްލާސްޓިކް

ކޮމެންޓް

އިތުރަށް ކިޔާލަން

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު