Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

އަފްޣާނިސްތާނުގައި އަންހެނުން ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމަށް އެގައުމުގެ އެތުލީޓުން ގޮވާލައިފި

5 ނޮވެމްބަރު 2021 | ހުކުރު 03:00

އަންހެން ކުޅުންތެރިންނަށް ފަރިތަކުރުމުގެ ހުއްދަ ވަނީ ދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 5 ނޮވެމްބަރު 2021 | ހުކުރު 03:00
އަފްޣާނިސްތާނުގެ އަންހެން އެތުލީޓަކު، ޠާލިބާން ސަރުކާރުން ވަނީ އަންހެނުންނަށް ކުޅިވަރު ނުކުޅެވޭނެ ކަމަށް ބުނެފައި

އަފްޣާނިސްތާނުގެ އަންހެން އެތުލީޓަކު، ޠާލިބާން ސަރުކާރުން ވަނީ އަންހެނުންނަށް ކުޅިވަރު ނުކުޅެވޭނެ ކަމަށް ބުނެފައި

އަފްޣާނިސްތާނުގައި އަންހެނުންނަށް ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމަށް ވެރިކަން ކުރާ ޠާލިބާނުންގެ ކިބައިން އެގައުމުގެ އެތުލީޓުން އެދިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަފްޣާނިސްތާނުގެ އަންހެން އެތުލީޓުން އިސްވެ، ވެރިކަން ކުރާ ޠާލިބާން ސަރުކާރާވަނީ ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމުގައި އަންހެން ކުޅުންތެރިން ބައިވެރިވާ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ވަނީ އެދިފައެވެ.

އަފްޣާނިސްތާނުގެ މާޝަލް އާޓްސް ޗެމްޕިއަން އުމުރުން 17 އަހަރުގެ ގަދްރާ ޚާން ބުނީ ކުރިއެކޭ އެއްގޮތަށް އަންހެނުންނަށް މިހާރުވެސް ކުޅިވަރު ހަރަކާތްތައް ފަރިތަކުރުމުގެ ހުއްދަ ޠާލިބާން ސަރުކާރުން ދީފައިވާ ކަމަށާއި، އެކަމަކު ކުޅިވަރު ހަރަކާތްތައް ފަރިތަކުރުމަށްވުރެ ކުރިއެކޭ އެއްގޮތަށް މުބާރާތްތަކުގައި އަންހެން އެތުލީޓުންނަށް ބައިވެރިވެވޭން ޖެހޭނެ ކަމަށެވެ. އަދި ކުޅިވަރަކީ ކަސްރަތެއް ކަމަށާއި، ސިއްހީ ގޮތުންނާއި މެންޓަލީ ބެލިކަމުގައިވިޔަސް ކުޅިވަރުން ގެއްލުމެއް ނެތް ކަމަށެވެ.

ޠާލިބާނުންނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އެތުލީޓަކު ނަން ހާމަނުކުރުމަށް އެދި ބުނީ، ޠާލިބާން ސަރުކާރުން ކުޅިވަރަށް މާކަބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށާއި، ޚާއްސަކޮށް އަންހެން އެތުލީޓުންނަށް ޠާލިބާން ސަރުކާރާއެކު ކުރިއެރުމެއް ނެތް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުޅިވަރަކީ ކޮންމެ ދީނަކުން ވެސް ހުއްދަކުރާ ކަމެއް ކަމަށާއި، އިސްލާމްދީނުގައި ވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އަދި އަންހެނުން ކުޅިވަރު ކުޅުން މައްސަލައަކަށް ވާންވީ ސަބަބެއް ނެތް ކަމަށާއި، އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި، އެކުވެރި ދައުލަތުން މި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

އަންހެން ކުޅިވަރު އެތުލީޓުން ޠާލިބާނުންނާ ބައްދަލުކޮށްފައި މިވަނީ މިދިޔަ މަހު ޠާލިބާނުން އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް ވުމެން އެފެއާޒަށް އަންހެނުން ވަނުން މަނާ ކޮށްފައި ވަނިކޮށެވެ.

އަފްޣާނިސްތާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް