Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ާމާލޭ ލީގު

ޓީސީ މޮޅުވީކީ ނޫން، ވެލެންސިއާ ބަލިވީ: ފެސްކޯ

ވެލެންސިއާ އާއި ޓީސީގެ ކުރިމަތިލުން ޓީސީއިން ކާމިޔާބުކުރީ 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 19:49
މާލެ ލީގުގެ މެޗަކަށްފަހު ބޭއްވި ނޫވްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

މާލެ ލީގުގެ މެޗަކަށްފަހު ބޭއްވި ނޫވްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކޮންމެ އިބާރާތަކުން ބުނި ކަމުގައިވިޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނެ ކަމަށާއި، ހަގިގަތަކީ 6-3 އިން ވެލެންސިއާ ބަލިވީ ކަމަށާއި،ޓީސީ މޮޅުވީ ނޫން ކަމަށް ވެލެސްއާގެ ކޯޗް އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ޓިސީއަތުން 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެލެންސިއާ ބަލިވި މެޗަށްފަހު ނޫށްވެރިންނާއި ވާހަކަ ދައްކަމުން ފެސްކޯ ބުނީ، މިކަހަލަ މެޗަކުން ބަލިވެގެން ފައިބަން ޖެހުމުން ހިތްހަމަ ނުޖެހޭ ކަމަށާއި، ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފު ބޯ ވިއްސާރާގައި ކުޅެން ޖެހުމުން ދަނޑުގެ ކޮންޑިޝަން ގޯސްވި ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް އުނދަގޫ ވިކަމަށް ފެސްކޯ ބުންޏެވެ. އެގޮތުން މެޗުގެ ކުޅުން ފެށުނީއްސުރެ ބޯޅަ ރަނގަޅަށް ކުރިއަށް ނުދާ ކަމަށާއި، ދަނޑުގެ ޕިޗް ކޮންޑިޝަން އެހާ ގޯސްކޮށް އޮތް އިރުގައިވެސް ކުޅުން ކުރިއަށް ގެންދާނީތޯ މެޗުގެ އޮފިޝަލުންނާއި ސުވާލު ކުރި ކަމަށްވެސް ފެސްކޯ ބުންޏެވެ. ނަމަވެސް ރެފްރީއަށް މެޗު ކުރިއަށް ގެންދިއުމަށް ފެނުމުން އެގޮތަށް ކުޅުން ކުރިއަށް ގެންދިޔައީ ކަމަށާއި، އޭގެ ނަތީޖާ ފުރަތަމަ ދެ ގޯލުންވެސް ހާމަވެގެން ދިޔަ ކަމަށް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ މެޗު ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް ރެފްރީގެ މައްސަލަ ޖައްސަން އޭނާ ބޭނުން ނުވާ ކަމަށާއި، މެޗު ތެރޭގައި ޝަކުވާ ކުރި ނަމަވެސް މެޗު ނިމުމަށްފަހު ރެފްރީގެ ކުށް ދައްކައި ޝަކުވާ ކުރަން ބޭނުން ނޫން ކަމަށް ފެސްކޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފެސްކޯ ބުނީ، ވެލެންސިއާ އަކި ބޯޅަ ތިރިކޮށްގެން ޓެކްނިކަލް ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި، ނަމަވެސް ދަނޑުގެ ކޮންޑިޝަން ހުރި ގޮތުން މޮޅުވާން އޮތީ ބާރަށް ބޯޅަ ޖަހާ ޓީމުކަމުން، ވެލެންސިއާއަށް ޓީމުގެ ސްޓައިލުގައި ނުކުޅެވުނު ކަމަށެވެ. އެހެކަމުން ހަގީގަތަށް ބުނާނަމަ ޓީސީ މޮޅުވީއޭ ބުނަން ބޭނުން ނޫން ކަމަށާއި، ހަގީ ގަތަކީ ވެލެންސިއާ ބަލިވުން ކަމަށް ފެސްކޯ ބުންޏެވެ.

މާލެ ލީގުގައި ރޯދައިގެ ކުރިން ޓީސީ އަށް އަދި ވެލެންސިއާއަށް ކުޅެން ހުރި ހުރިހާ މެޗެއް ކުޅެ ނިމިފައި ވާއިރު، ވެލެލންސިއާ މިހާތަނަށް ލީގުގައ ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެޓީމު އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު