Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނު

އަފްޣާނިސްތާނުގެ އިންސާނީ ހާލަތު ގޯހުން ގޯހަށް

އަފްޣާން ސަރުކާރު ވެއްޓުމާ ގުޅިގެން ޕަބްލިކް ސެކްޓަރ ވެސް ވަނީ ބޮއްސުންލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 10:48
އަފްޣާނިސްތާނު

އަފްޣާނިސްތާނު

އަފްޣާނިސްތާނުގެ އިންސާނީ ޙާލަތު ގޯސްވެ، އެ ގައުމުގެ އެތައް މިލިއަން ބަޔަކު ގެދޮރު ނެތިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިބޮއެ އުޅެވޭނެ ގޮތެއް ނެތިގެން ގެދޮރާއި ދިރިއުޅުން ދޫކޮށް، އެތައް ހާސް އާއިލާއެއް ވަނީ ޑައިކޮންޑި، ހެލްމަންޑް އަދި ޕަންޖްޝީރް ވާދީ ދޫކޮށް ގޮސްފައެވެ. ޠާލިބާނުން އަފްޣާނިސްތާނަށް ވެރިވެގަތްފަހުން އަމިއްލަ ގިނަ ވިޔަފާރިތަކާއި، އަފްޣާނިސްތާނުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ގިނަ އިދާރާތަކެއްގެ މަސައްކަތް ހުއްޓާލާފައިވުމުން، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މީގެ ސަބަބުން، ބައިނަލްއަޤްވާމީ ދުނިޔެއާ އެކަހެރިވެފައި އޮތް އަފްޣާނިސްތާނުގެ އާއްމު ރައްޔިތުންނަށް ދަނީ ގިނަ ދަތިތަކާ ކުރިމަތިވަމުންނެވެ. މީގެ އިތުރުން އަފްޣާން ސަރުކާރު ވެއްޓުމާ ގުޅިގެން ޕަބްލިކް ސެކްޓަރ ވެސް ވަނީ ބޮއްސުންލާފައެވެ. ހަމައެއާއެކު ތަކެތި އިމްޕޯޓްކުރުމަށް ހުރަސްތައް ކުރިމަތިވެ، ކާބޯތަކެތި ހޯދުމަށް ބޮޑެތި ދަތިތަކާ އަފްޣާން ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.

ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް ބޭނުންވާ މުހިއްމު ކަންތައްތައްކަމަށްވާ ދަތުރުފަތުރާއި، ސަރަހައްދީ ވިޔަފާރި އަދި ބޭރުގެ އިންވެސްޓްމަންޓްތައް އެއްކޮށް ހުއްޓުމަކަށް އައިސްފައި އޮތުމުން، އަފްޣާނިސްތާނުގެ ހާލަތު އަވަސް މުސްތަގްބަލެއްގައި ރަނގަޅުވާނެކަމަކަށް ނުބެލެވެއެވެ. މިކަންތައް އިތުރަށް ގޯސްވެފައިވަނީ ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވެ، ބަނޑުހައިހޫނުކަމުގައި މީހުން މަރުވެ، ކޮވިޑް-19 ވެސް ހުއްޓުވޭނެ ގޮތެއް ނެތް ހިސާބަށް އަފްޣާނިސްތާނުގެ ޙާލަތު ދިޔުމުންނެވެ.

ކާބުލްގައި އޮތް ޠާލިބާން ސަރުކާރަށް މި މައްސަލަތަކަށް ގެނެވޭނެ ހައްލެއް ހޯދިފައިނުވާއިރު، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ނެތި އަފްޣާނިސްތާނަށް ދެން ހިންދަމާނުލެވޭނެކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ.

އަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު