Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްރީލަންކަން އިން އައްޑޫއަށް ދަތުރު ފެށުން

ސްރީލަންކަން އެއަރލައިންސްގެ އުދުހުންތައް ޑިސެމްބަރު މަހު އައްޑޫއަށް ފަށަނީ

ފުރަތަމަ ފްލައިޓް ބާއްވާނީ ޑިސެމްބަރު މަހު ހަތަރެއްގައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 4 ނޮވެމްބަރު 2021 | ބުރާސްފަތި 14:01
ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ދަތުރު ފެށުން

ސްރީލަންކަން އެއަރލައިންސް އިން އައްޑޫއަށް ދަތުރު ފެށުން

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ފުރަތަމަ ދަތުރު އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.

އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްއިން މިހާރު ވަނީ ރިޒަވޭޝަނަށް ހުޅުވާލާފައެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އައްޑޫއަށް ދަތުރު ހަމަޖެހިފައިވާއިރު ގަމާއި ކޮލަމްބޯއާ ދެމެދު ދިވެއްސެއްގެ ދެކޮޅު ޓިކެޓްގެ އަގަކީ 271 ޑޮލަރެވެ.  

2016ން ފެށިގެން އައްޑޫސިޓީ ގަމާއި ކޮލަމްބޯއާ ދެމެދު ކުރަމުން އައި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑޫއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް ބުނެއެވެ. އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރިން ވިދާޅުވެފައިވަނީ އައްޑޫއަށް އެކަނި އަމާޒްކޮށްގެން ދަތުރުތައް ނުބޭއްވޭނެ ކަމަށާއި އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ފްލައިޓްތަކުން ގުޅުވާލެވިއްޖެ ނަމަ އަލުން ދަތުރު ފެށިދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އައްޑޫސިޓީ ފޭދޫ ދާއިރާގެ މަޖްލިސް މެންބަރު މުޙައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ދަތުރުކުރާ ފަސިންޖަރުން ގޮވައިގެން ހުވަދުއަތޮޅަށް މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓް ދާނެކަމަށެވެ.

މިގޮތަށް ހަމަޖެހިގެން މިދިޔައީ އައްޑޫއާއި ދެކުނުގެ އެހެން ރަށްތައް ގުޅާލުމަށްޓަކައި ޑޮމެސްޓިކް ފްލައިޓް އެޅުމާގުޅޭ ގޮތުން އައްޑޫގެ ވިޔަފާރިވެރިންނާއި ކަމާގުޅޭ ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަތާ ގިނަ ދުވަސްތަކަކަށް ފަހުއެވެ. މިކަން މިގޮތަށް ހަމަޖެހިގެންދިއުމަކީ ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަސަރެއް ކުރާނެކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އައްޑޫ ސިޓީ ކައުންސިލްސްރީލަންކަން އެއަރލައިންސް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު