Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާމިނަތު އަމީޒާ ޚަލީލް

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

އަމީޒާއަކީ އަންހެން ކަނބަލުންނަށްވެސް ނަމޫނާއެކެވެ. މުޅި އައްޑޫ ސިޓީގެ ފަޚުރެކެވެ. ދިވެހި ޒުވާނުންނަށްވެސް މިސާލެކެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 09:09
އައްޑޫސިޓީގެ އާމިނަތު އަމީޒާ ހަލީލަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

އައްޑޫސިޓީގެ އާމިނަތު އަމީޒާ ހަލީލަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

އައްޑޫސިޓީގެ އާމިނަތު އަމީޒާ ހަލީލަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބެވެ. އުމުރުން 55 އަހަރުގެ އަމީޒާ ވަނީ ރާއްޖެޓީވީއަށް އޭނާގެ ތަޖުރިބާގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

އަމީޒާ, ސ މަރަދޫ ކުޑަކަތީބުކަމަށް އައްޔަނު ކުރެވުނީ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އޭރުގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ އެދިވަޑައިގަތުމަކަށް އަތޮޅުވެރިކަމާއި ރަށްރަށުގެ ވެރިންނަށް އަންހެނުން ހަމަޖެއްސެވުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ފުރަތަމަ އަމީޒާއާ ހަވާލު ކުރެއްވީ ކުޑަ ކަތީބުކަމުގެ މަޤާމެވެ. އަމީޒާ ކިޔާދެއްވި ގޮތުގައި އެއީ އޭނާއަށްވެސް އަދި އޭނާ ނިސްބަތްވާ ރަށާއި އަތޮޅަށްވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.

ކަތީބުކަމުގެ މަޤާމަށް ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ދިޔައިރުވެސް، މިއީ ތާރީޚީ ކަމަކަށްވާނެކަމަށް އަމީޒާ އުއްމީދުވެސް ނުކުރައްވައެވެ. އެ މަޤާމު ލިބުމުން އާދަޔާ ޚިލާފު އުފާވެރިކަމަކާއި ޝަރަފެއް އިހުސާސް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ޒުވާން އިރުއްސުރެ އިޖުތިމާއީ މަސައްކަތުގައި އުޅުއްވި އަމީޒާއަށް އެ މަޤާމު ލިބުން ވެގެންދިޔައީ އެ މަސައްކަތަށް އިތުރުވި ބޮޅަކަށެވެ. ލިބުނު އައު ޖޯޝަކާއި ހިތްވަރަކަށެވެ.

އޭގެ އިތުރުން، މަޤާމު ޙަވާލުކުރިއިރު އަމީޒާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބުކަން އެނގިވަޑައިނުގަންނަވާކަމަށާއި، ހައިރާންކަމެއް ލިބިގެންދިޔައީ އެކަން އެނގިލެއްވި ހިސާބުންކަމަށްވެސް އަމީޒާ ކިޔާދެއްވިއެވެ.

އެހެންނަމަވެސް މިއީ އަމީޒާގެ ފުރަތަމަ ވަޒިފާއެއް ނޫނެވެ. އެގޮތުން އަމީޒާ އުމުރުން 18 އަހަރުން ފެށިގެން ވަޒީފާ އަދާ ކުރައްވަމުން ގެންދަވާއިރު، އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ ޖަސްޓިސް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ކޯޓު ނަންބަރު 7 ގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިއުމުގެ ވަޒީފާއެވެ. އޭރު އެ ހުރިހާ މަސައްކަތެއްވެސް ކުރަމުންދިޔައީ އަތުލިއުމުންނެވެ. މިހާރު ޑިވައިސަށް ރެކޯޑުކޮށްގެން ކީބޯޑުން ޓައިޕްކޮށްލާ މަހުޟަރު ބަޔާންތައް އޭރު ތައްޔާރު ކުރަމުން ދިޔައީ އަޑުއަހައިގެން އަތު ލިއެގެންކަމަށް އޭނާ ކިޔާދެއްވިއެވެ.

އޭރު ޝަރުއީ ދާއިރާގައި އަމީޒާއަށް ލިބުނު މުސާރައަކީ 275 ރުފިޔާއެވެ. އެ 275 ރުފިޔާއިން ދިރިއުޅުމުގެ ޚަރަދުތައް އޮމާންކަމާއެކު ފޫބައްދާލާ ގޮތްވެސް އަމީޒާ ހިނިތުންވެ އިންނަވައި ރާއްޖެޓީވީއަށް ކިޔާދެއްވިއެވެ.

ކޮންމެއަކަސް، ޝަރުއީ ދާއިރާގައި އުޅުއްވި ވަޒީފާއާއި އެ ކަންކަމުގެ ތެރެއިން މައުލޫމާތު މުއްސަނދިވެ، ދުނިޔެއަށް އިތުރަށް ލޯ ހުޅުވިގެން ދިޔަކަމަށް އަމީޒާ ކިޔާދިނެވެ.

އޭގެ ފަހުން ޤައުމީ ކުތުބުޚާނާގެ ބަޖެޓު ކާތިބުކަމާއި، ކޯޓު ނަންބަރު 5 ގެ ޝަރީއަތް ކުރާ ބައިގެ ވަޒީފާއެއްގެ އިތުރުން، އުފަން ރަށް އިރުޝާދިއްޔާ ސްކޫލުގެ އިދާރީ މުވައްޒަފެއްގެ ވަޒީފާވެސް އަމީޒާ ވަނީ އަދާ ކުރައްވާފައެވެ.

އިރުޝާދިއްޔާ ސްކޫލުގައި 9 އަހަރު ހޭދަ ކުރުމަށްފަހު ދެން މަސައްކަތް ކުރެއްވީ ރަށު އޮފީހުގެ ކުޑަކަތީބުކަމުގެ މަޤާމުގައެވެ. ކަތީބުކަމަށް އައްޔަނު ކުރުމުގެ ކުރިންވެސް އަމީޒާ ގެންދެވީ ރަށުގެ އިޖުތިމާއީ ދާއިރާއިން އެކިއެކި ކޮމިޓީތަކުގައި ޙަރަކާތްތެރިވަމުންނެވެ.

1987ން ފެށިގެން ސަރުކާރު ޚިދުމަތުގައި އުޅުއްވި އަމީޒާ މިހާރު ވަޒީފާ އަދާކުރައްވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްކަމުގެ މަޤާމުގައެވެ.

ވަޒީފާގައި ހޭދަވި މި ދިގު މުއްދަތުގައި އަމީޒާވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާފައެވެ. އެއީ ވަކި އަންހެނަކަށްވީތީ ކުރިމަތިވި ގޮންޖެހުމެއް ނޫންކަމަށް ޤަބޫލު ކުރައްވާކަމަށް އަމީޒާ ވިދާޅުވިއެވެ. އެހެންކަމުން އެ ހުރިހާ ގޮންޖެހުންތަކާއެކުވެސް އޭނާ ގެންދިޔައީ ހިތްވަރާއެކު މަސައްކަތް ކުރައްވައި، ނަމޫނާ ދައްކަވަމުންނެވެ.

އަމީޒާ ކިޔާދިން ގޮތުގައި އޭރު ކަތީބުންނަކީ ރައްޔިތުންނާ ނުހަނު ގާތުން، އެކުގައި މަސައްކަތް ކުރެއްވި ބައެކެވެ. ރައްޔިތުންނަށް ދިމާވާ ކޮންމެ އުފަލަކާއި ހިތާމައެއްގައިވެސް ގާތުން ބައިވެރިވާ ބައެކެވެ. "ކަތީބު ސްޓައިލް" އަކީ ކަޓު ސްޓައިލެއް ނޫންކަމަށް އަމީޒާ ވިދާޅުވެއެވެ.

ހަމަ ޔަޤީނުންވެސް އަމީޒާއަކީ އަންހެން ކަނބަލުންނަށްވެސް ނަމޫނާއެކެވެ. މުޅި އައްޑޫ ސިޓީގެ ފަޚުރެކެވެ. ދިވެހި ޒުވާނުންނަށްވެސް މިސާލެކެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީއައްޑޫސިޓީ މަރަދޫ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު