Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ސަލާމަތަށް ނުރައްކާވުން

ދިވެހިންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވެއްޖެނަމަ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް: މިނިސްޓަރު މާރިޔާ

ހިއުމަން ޓްރެފިކިންގ މައްސަލަތަކަށް ވެސް ޚާއްސަ ސަމާލުކަމެއްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ނޮވެމްބަރު 2021 | ބުދަ 13:50
ބިދޭސީންތަކެއް ކުރި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ބިދޭސީންތަކެއް ކުރި މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

ދިވެހިންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވެއްޖެނަމަ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ; ބިދޭސީން ވަކި ވަރަކަށް ވުރެ ގިނަވެއްޖެނަމަ ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ވެސް ހިނގާފައިވާނެ ކަމަށް ވިސްނަންޖެހޭ ކަމަށާއި، އަބަދުވެސް އެމައްސަލައާ ގުޅޭ މަޝްވަރާތައް ކުރެވޭ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ, ކޮވިޑް-19ގެ ޕެންޑަމިކްއާ ގުޅިގެން ބިދޭސީން އެމީހުންގެ ގައުމަށް ފޮނުމުގެ ގިނަ މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ފްލައިޓް ޗާޓަރު ކޮށްގެންނާއި، ކަނޑުމަގުން ވެސް ބޮޑެތި މަނަވަރުތަކުގައި މީހުން ގެންދިޔަ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ވެސް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި ރައްޔިތުންގެ ދައުރު ވެސް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެފަދަ މީހުންނާ މަސައްކަތްތައް ހަވާލުނުކޮށް އެފަދަ ފުރުސަތުތައް ބަންދު ކުރުމުން ވެސް މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ގަވާއިދަށް ފެއްތުމަށް އިކޮނޮމިކް މިނިސްޓްރީން ފެށި ރެގިއުލޭޝަން ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ, އެ ޕްރޮގްރާމްއަކީ ވެސް ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، މި ދުވަސްވަރަށް އެމަސައްކަތް މަޑު ޖެހިފައި އޮތް ނަމަވެސް އެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު, ކޮވިޑާހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން 8،938 މީހުން, އަމިއްއަށް އެދިގެން ފުރުވާލާފައިވާއިރު, 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔައެވެ. ހަމައެއާއެކު 2021ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާތު ހޯދުންތަކުން ދައްކައެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު