Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަސްރުގެ ދުވަސް

ނަސްރުގެ ދުވަސް ސިޔާސީ ނުކުރާށެވެ.

އޭރު ގައުމުގެ ހާލަތާއި، މިއަދުގެ ހާލަތު ނުހަނު ތަފާތު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 11:29
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން

ނޮވެމްބަރ 3ގެ އުދުވާނީ ހަމަލާއަށް މިއަދު 33 އަހަރު ފުރުނުއިރު، އެ ހާދިސާ ވަނީ ދިވެހިންނަށް ގިނަގުނަ ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. މިނިވަންކަމަކީ މަރުވުމެއް ނެތް ގަހެއް ކަމާއި، އޭގެ ފެނަކީ އޮހޮރިގެންދާ ލޭތިކިތަކެއްކަން ދައްކުވައިދީފައެވެ. އެ ދުވަސް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަނީ ގައުމަށްޓަކައި ކެރިގެން ޝަހީދުވި ބަތަލުންތަކެއްގެ ޒިކުރާ އައުކުރާ ދުވަހެއްގެ ގޮތުގައެވެ. ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލައި، ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އެހުމުގެ ޝިއާރު ހިތްތަކުގައި އާލާވެގެންދާ ދުވަހެއްގެ ގޮތުގައެވެ.

ނަމަވެސް ކޮންމެ ކަމެއްގައިވެސް ސިޔާސީ ކުލަ ޖައްސައި، ގައުމުގައި ބައިބައިވުން އުފެދޭގޮތަށް ކަންކަން ކުރުމަކީ މަދު ބައެއްގެ ކިބައިގައި ނަމަވެސް ހުންނަ އާދައެކެވެ. ކޮންމެ ނަސްރުގެ ދުވަހަކާ ގުޅުވައިގެންވެސް ސިޔާސީ އެކި ކުލަތައް ޖައްސައި، އޭރުގައި އޮންނަ ސަރުކާރެއްގައި އެ ވާހަކަތައް ފެންމަތިކޮށް، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތަށް ވާހަކަތައް ދައްކާ އުޅޭ ބަޔަކުވެސް އުޅެއެވެ.

މި ދައްކަނީ 3 ނޮވެމްބަރު 1988ގެ ވާހަކައެވެ. އޭރު ގައުމުގެ ހާލަތާއި މިއަދުގެ ހާލަތު, ހުރިހާ ރޮނގަކުން ބެލި ކަމުގައިވީނަމަވެސް، ނުހަނު ތަފާތެވެ. ގައުމުގެ ހިންގުން ކަމުގައި ވީނަމަވެސް، ގާނޫނު ހެދުމާއި ގާނޫނުތައް ބަދަލުކުރުން ކަމުގައިވީނަމަވެސް، ޝަރީއަތްތައް ހިންގުން ކަމުގައި ވީނަމަވެސް، އޭރު އޮންނަނީ މިއަދާ ހާސް ތަފާތު ނިޒާމެކެވެ. ނަމަވެސް އެއީ ވަކި ވާހަކައެކެވެ.

މިއަދު ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި، 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއާ ގުޅުވައި، އެކަމުން ސިޔާސީ މަންފާ ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާތަންވެސް ފެނެއެވެ. އެއް ބަޔަކު ދައްކަމުންދާ ވާހަކަތަކުން ދޭހަވަނީ; ދަރިދަރިކޮޅަށް ދިޔަ ކަމުގައި ވީނަމަވެސް، 3 ނޮވެމްބަރުގެ ހަމަލާގެ މޭސްތިރިންކަމަށް ބުނާ ފަރާތްތަކުގެ އާއިލާގެ މެމްބަރުންނަކީ ގައުމުގެ ޚާއިނުން ކަމަށެވެ. އެއީ މުޅި އުމުރަށްވެސް ބާޣީން ކަމަށާއި، ދަރިފަސްކޮޅުތަކަށް ދެމިގެންދާއިރުވެސް ބާޣީން ގާޒީންނަކަށް ނުވާނެ ކަމަށެވެ.

އަނެއް ބަޔަކު ބުނަމުންދަނީ، ވަކި ބަޔަކު ކުރާ ކަމެއްގެ ޒިންމާ އެ ބައެއްގެ މުޅި ޚާންދާނުން ނަގަން ނުޖެހޭނެ ކަމަށެވެ. ކޮންމެއަކަސް މި ބަހުސެއްގައި އެންމެން ހުސްވެ، އެއްބަޔަކު އަނެއް ބަޔަކަށް ނުރުހުން ފާޅުކޮށް، ކުށްވެރި ކުރަމުންދަނީއެވެ. މުޅި ނަސްރުގެ ދުވަސް ސިޔާސީވެ، ނަސްރު ހޯދައިދިން ބަތަލުންގެ މިންނެތް މަސައްކަތާއި ދަސްކޮށްދިން ފިލާވަޅުތަކުގެ ވާހަކަވެސް ފަނޑުވެގެން ދަނީއެވެ.

އޭރު ސިފައިންގެ މައި ގޭޓުގައި ޑިއުޓީގައި ހުންނެވި ހދ. ކުޅުދުއްފުށީ މާވާގޭ އުމުރުން އެންމެ 20 އަހަރުގެ ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރުގެ ވާހަކައާއި، ފުރާނަ އަތްމައްޗަށް ލައިގެން ނުކުތް ސިފައިންނާއި ރައްޔިތުންގެ ވާހަކަ މިއަދު މާ މުހިއްމު ވާހަކަތަކަަކަށް ނުވަނީ ކަމަށްވެދާނެއެވެ. ދުޝްމަނުންނަން ކުރިއަށް އަންނާނެ އެއްވެސް ޖާގައެއް ނުދީ, ހަތިޔާރުން ވަޒަން ހުސްވަންދެން, އެ ހިތްވަރުގަދަ ޒުވާނާ ސާބިތުކަމާއެކު ދެއްކި ހިތްވަރުގެ ވާހަކައަށްވުރެ، އެ ހާދިސާއާ ގުޅުވައިގެން ސިޔާސީ މަންފާއެއް ހާސިލުކޮށް، އިތުރު ފިތުނަތަކެއް އުފެއްދުން ބަޔަކަށް މާ މުހިއްމުވަނީބާއެވެ؟

އެ ދުވަހު ދިވެހިންނަށް ފެނިގެން ދިޔައީ ބައިބައިވުމުގެ ސަބަބުން ގައުމަށް ކުރިމަތިވާ ނުރައްކަލާއި ބިރުވެރިކަމެވެ. އެ ބައިބައިވުމުގެ ތެރެއިން އަމާޒުވާ ކޮންމެ ތީރަކުން ގައުމު ދިފާއު ކުރުމަށް އެއަށްވުރެ ގިނަ މީހުން ނުކުންނަން ތައްޔާރަށް ތިބި ކަމެވެ. އެ ބައިބައިވުމުގެ ތެރެއަށް އިތުރު މައްސަލަތަކެއް އުފައްދައި، އިތުރު ބައިބައިވުންތަކެއް އުފައްދާކަށް ނޫނެވެ.

މިއަދު ލިބިގަންނަންޖެހޭ ފިލާވަޅަކީ، މިހާރު އަޅުވެތިކަމުގެ ތެރެއަށް ވައްޓާލަނީ ކަނޑިއާއި ބަޑިން ނޫން ކަމެވެ. ގައުމުގެ ތެރޭގައި އުފައްދާ ބާގަނޑުތައް އެކަމުގައި މާ ބޮޑު ރޯލެއް އަދާކުރާކަން އެއީ މާޒީން ފެންނަން އޮތް ހަގީގަތެވެ.

ނަސްރުގެ ދުވަސް ދިވެހިންނަށް ދަސްކޮށްދިނީ އެއްބައިވަންތަކަމެވެ. އެންމެން އެކަތިގަނޑަކަށް ވުމުގެ މުހިއްމުކަމެވެ. އަހަރުގެ 365 ދުވަހުގެ ތެރެއިން ކުޑަމިނުން މި ދުވަސް ސިޔާސީ ނުކުރުން ކީއްތޯއެވެ؟

ނަސްރުގެ ދުވަސްއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު