Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން ޕްރޮގްރާމް

އިތުރު 415 މީހުން ވެކްސިން ފުރިހަމަކޮށް، ޖުމްލަ 358،182ށް!

59 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ނޮވެމްބަރު 2021 | ބުދަ 02:35
އައްޑޫސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން،

އައްޑޫސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން،

އިތުރު 415 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޯމަ ދުވަހު އިތުރު 415 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 247 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖެހި 168 މީހުންނެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި ޖުމްލަ 358،182ށް މިވަނީ އަރާފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ އިތުރު 59 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 32 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 27 މީހުންނެވެ. އެއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ޖުމްލަ އަދަދު ވަނީ 394،633ށް އަރާފައެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. މީގެ އިތުރުން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ފައިޒަރ ވެކްސިން ދަނީ ޖަހައި ދެމުންނެވެ.

ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނާއި، 60 އަހަރުންމަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ކަމަށެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ވެކްސިންވެކްސިންކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު