Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮންޓޭ ޓޮޓެންހަމާ ހަވާލުވުން

ޓޮޓެންހަމުގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

ކޮންޓޭ އެއްބަސްވުން ހެދީ 2023 ގެ ޖޫންގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 13:45
ޓޮޓެންހަމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އެންޓޯނިއޯ ކޮންޓޭ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަގާމަށް އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފިއެވެ.

ޓޮޓެންހަމުގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން ހަތަރު މަހަށްފަހު ޕޯޗުގަލުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމުންނެވެ. ޓޮޓެންހަމުގެ ކޯޗުގެ މަގާމާ އުމުރުން 47 އަހަރުގެ ނޫނޯ ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކުރިތާ 73 ދުވަސް ފަހުންނެވެ. މޮރީނިއޯ ވަކިކުރުމަށް ފަހު މިދިޔަ ސީޒަނުގެ ފަހު ބައިގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ޓީމުގެ ކޯޗު ރަޔާން މޭސަންއެވެ.

ނޫނޯ މަގާމުން ވަކިކުރިތާ ދުވަހެއް ފަހުން ޓޮޓެންހަމުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 52 އަހަރުގެ ކޮންޓޭ ހަމަޖެއްސިކަން އިއުލާންކޮށްފައެވެ. އަންގާރަ ދުވަހުގެ ވަގުތެއްގައި ޓޮޓެންހަމުގެ އެއްބަސްވުމުގައި ކޮންޓޭ ސޮއިކުރިއިރު، އޭނާ ވަނީ އެ ޓީމާއެކު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން ޓޮޓެންހަމުން ބޭނުންނަމަ ކޮންޓޭ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނަށް ހޯދައިދިނުމަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ކޮންޓޭ ޓޮޓެންހަމާ ހަވާލުވިއިރު، ޓޮޓެންހަމަކީ ކޮންޓޭގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވި ލަންޑަނުގެ ދެވަނަ ކުލަބެވެ. އެގޮތުން މީގެ ކުރިން ކޮންޓޭ ވަނީ ޓޮޓެންހަމާ ވާދަވެރި ޗެލްސީއަށް ކޯޗުކަންކޮށްދީ، އެ ޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމާ ހަވާލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ ޕްރިމިއާ ލީގަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އަލުން އެ ލީގުގައި މަސައްކަތް ފަށައި، ވަރުގަދަ ޓީމެއްގެ ގޮތުގައި ޓޮޓެންހަމް ސަޕޯޓަރުން ބޭނުންވާ މިސްރާބަށް ގެންދިއުމުގެ ޒިންމާއާ ހަވާލުވީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށްވެސް ވަނީ ބުނެފައެވެ.

ޓޮޓެންހަމާ ކޮންޓޭ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ނުވަވަނައިގައި ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ.

އެންޓޯނިއޯ ކޮންޓޭޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު