Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ޙަމަލާ

ބޮމުގެ ޙަމަލާ: އަލިމަނިކާއި ތަސްލީމު ޝަރީއަތް ނިމެންދެން ބަންދު!

މުޙައްމަދު ތަސްލީމް ހައްޔަރުކުރީ އައްޑޫ ސިޓީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 06:58
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާފައިވާ އަޑުއެހުމެކެވެ.

މި މައްސަލައިގައި 28 އޮކްޓޯބަރުގައި ބޭއްވި އަޑުއެހުމުގައި އަބްދުﷲ އަލީ މަނިކު އަދި މުޙައްމަދު ތަސްލީމް ވަކީލަކު ބޭނުންވާކަން ފާހަގަކޮށްފައިވާތީ ގާޒީ ވަނީ އެ ދެމީހުންނަށް އެ ފުރުސަތު ދެއްވާފައެވެ. ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ވަކީލަކު އައްޔަނު ކުރެވެންދެން ވެސް 5 ދުވަހުގެ މުއްދަތަށް ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ގާޒީ އޭރު އަމުރު ކުރެއްވިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، ތަސްލީމް ވަކީލަކު އައްޔަނުކޮށްފައިވާ ކަމަށާއި، ނަމަވެސް އަބްދުﷲ އަލީމަނިކު ވަކީލަކު އައްޔަނު ކޮށްފައިވާކަން ކޯޓަށް އަންގާފައި ނުވާ ކަމަށެވެ. ގާޒީ ވަނީ ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ ބައި ކުރިއަށް ގެންދަވާފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން އަބްދުﷲ އަލީ މަނިކު ވަނީ ޝަރުތުތަކާއެކު ދޫކޮށްލުމަށް އެދިފައެވެ. އަދި ދައުވާލިބޭ ތަސްލީމުގެ ފަރާތުން އޭނާގެ ވަކީލު ވަނީ އެމީހުންނަށް ކުރަނީ ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގައި ކަމަށްވާއިރު، ސާބިތުވެއްޖެނަމަ އަންނަނީ 3 އަހަރާއި 5 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް ކަމަށެވެ. ވަކީލު ވަނީ އެއީ ޖިނާއީ ބޮޑު ކުށަކަށް ވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ދިފާއީ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުން މީގެ ކުރިން ވެސް މި ދަރަޖައިގެ ކުށެއްގައި ދައުލަތުން އެދިގެން ޝަރުތުތަކާއެކު މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. ވީއިރު، ވަކި މައްސަލަތަކެއްގައި ދައުލަތުގެ ސްޓޭންޑު ބަދަލުވަނީ ކީއްވެތޯ ވަކީލު ސުވާލު ކުރެއްވިއެވެ. އެ މައްސަލައިގެ އަދަބުތަކުގައި ވެސް މި މައްސަލައާ ތަފާތެއް ނެތްކަން ވަކީލު ފާހަގަކުރެއްވިއެވެ.

ދިފާއީ ވަކީލު ފާހަގަ ކުރެއްވި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިނާއީ ބޮޑު ކުށެއް ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ބާވަތްތަކުގެ ތެރޭގައި ޓެރަރިޒަމާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައިގައި ޙާލަތާއި ވަށައިގެންވާ ކަންކަން މުޅިން ތަފާތުކަން ފާހަގަ ކުރައްވައި ދައުލަތުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިލައްވާފައެވެ.

ދައުލަތުގެ ވަކީލާ ވަނީ އެ މައްސަލައިގައި ދައުވާލިބޭ ފަރާތް ޝަރުތުތަކާއެކު ދޫކޮށްލީ ދައުލަތުން އެދިގެން ނޫންކަން ފާހަގަ ކުރައްވައި، އެއީ ޝަރީއަތުން ނިންމެވި ނިންމެވުމެއްކަމަށް ވިދާޅުވެފައެވެ. ދިފާއީ ވަކީލު ވަނީ އެ މަޖިލީހުގައި ދައުލަތުން އެކަމަށް އިންކާރުކޮށްފައި ނުވާ ކަމަށާއި، ހަނު ހުރުމުން ބެލެވެނީ އެކަމަށް ދައުލަތުންވެސް އެއްބަސްވާކަން ކަމަށެވެ. އަދި ފަހުން އެ ނިންމުން ދައުލަތުން އިސްތިއުނާފުވެސް ކޮށްފައިނުވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުލަތުން ދެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރައްވާކަމަށް ދިފާއުން ބުނި ނަމަވެސް އެއީ ތަފާތު ދެ ޙާލަތެއްގެ މައްސަލައެއްކަން ދައުލަތުން ހުށައަޅާފައިވާ ކަމަށެވެ. ގާޒީ އަލީ އާދަމް ވަނީ މިއީ ޖިނާއީ ބޮޑު ކުށެއްކަން ޝަރީއަތަށްވެސް ޤަބޫލު ކުރެވޭކަން ފާހަގަ ކުރައްވައި، ދެމީހުންގެވެސް މިބަޥާތުގެ މައްސަލައިގެ ހިސްޓަރީ އޮތްކަމަށް ވިދާޅުވެ، އަދި ހެއްކަށް ނުފޫޒު ފޯރުވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަން ޤަބޫލު ކުރެވޭކަމަށް ވިދާޅުވެ، ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމަވާފައެވެ.

ޙަމަލާއާ ގުޅޭ މައުލޫމާތު އާންމު ކުރަމުން މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ހއ. ހޯރަފުށީ، އަލަނާސިގޭ މުޙައްމަދު ތަސްލީމް ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅު ކޮށްފައިވާ މީހެއްކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ތަޅާފޮޅުމުގައި ބައިވެރިވި މައްސަލާގައި 10 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ. ޖަލުގައި ހުއްޓާ އޭނާ ފިލައިގެން ގޮސް އުޅެނިކޮށް ވެސް ހައްުޔަރުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު