Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަަންދޫ ބަނދަރު މަޝްރޫއު

މަަންދޫ ބަނދަރުގެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މެދުގައި އެކަމާމެދު ދެބަސްވުންތަކެއް ހުރުމުން: މިނިސްޓަރ

1 ނޮވެމްބަރު 2021 | ހޯމަ 05:25

މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2021 | ހޯމަ 05:25
މަންދޫ ބަނދަރުގެ މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު މޮބިލައިޒްކޮށްފައި

މަންދޫ ބަނދަރުގެ މަސައްކަތްކުރުމަށް ބޭނުންވާ ސާމާނު މޮބިލައިޒްކޮށްފައި

މަަންދޫ ބަނދަރުގެ މަޝްރޫއު ލަސްވަނީ ރައްޔިތުންގެ މެދުގައި އެކަމާމެދު ދެބަސްވުންތަކެއް ހުރުމުންކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ އދ. މަންދޫ ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތް ފެށުމަށްފަހު، ޕެޓިޝަނެއްގެ ސަބަބުން އެ މަސައްކަތް މަޑުޖެހިފައިވާތީ އެކަން ސާފުކޮށްދިނުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ބަނދަރު ހަދާނެ ތަނަކާ ގުޅޭގޮތުން މިނިސްޓްރީއާއި، ރަށު ކައުންސިލާއެކު ފެށުނީއްސުރެ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރަށުގެ އިރުމަތީ ފަރާތުގައި ވިލެއް އޮންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެތަނުގައި ބަނދަރެއް ހަދާނެ ފުޅާމިން ފަޅުން ނުލިބޭތީ ބަނދަރު ހަނިވެ، ގޮނޑުދޮށުގައި އޮންނަ ވެލިގަނޑަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަނދަރު ހަދާނެ ޖާގަ ނުލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކައުންސިލާއެކު އެއްބަސްވުމަކަށް އާދެވުނީ ރަށުގެ ފުއްޓަރު ފަރާތުގައި ބަނދަރު ހެދުމަށް ކަމަށެވެ. އަދި ކޮންޓްރެކްޓަރ ރަށަށް މޮބިލައިޒް ކޮށްފައި ވަނިކޮށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އިހުތިޖާޖުކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށުގެ މަސްލަޙަތު ގެއްލި، މަސައްކަތް ކުރިއަށް ގެންދަން ސަރުކާރަށް ދަތިވެދާނެތީއާއި، މަސައްކަތްތަކެއް ފަށާފައި އަނެއްކާވެސް ހުއްޓާލަން ޖެހިއްޖެނަމަ ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އިތުރުން، ކޮންޓްރެކްޓަރާއި، ދައުލަތަށް ވެސް ގެއްލުންތަކެއް ވެދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނާ ވެސް މަޝްވަރާކޮށް ޙައްލެއް ހޯދުމަށްފަހު މެނުވީ އެ މަސައްކަތައިގެން ކުރިއަށް ދެވޭނެކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަށުގެ ރައްޔިތުން ތަމްސީލު ކުރަނީ ކައުންސިލުން ކަމަށްވުމާއެކު، މަސައްކަތް ނިމިގެންދާއިރު މިނިސްޓްރީއަށް ވެސް ކުރިއަށްދެވޭނީ ކައުންސިލުގެ ވެސް ރުހުމާއެކުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އދ. މަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

37,358,709 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް