Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީ20 ވޯލްޑް ކަޕް

އިންޑިއާއަށް ޕްރެޝަރު، އަފްޣާނިސްތާނަށް ފަސޭހަ މޮޅެއް

އަފްޣާނިސްތާން މޮޅުވީ ނެމިބިއާ އަތުން 62 ލަނޑުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2021 | ހޯމަ 02:09
އިންޑިއާ އާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ނިއު ޒީލެންޑް އަތުން ބަލިވެ އިންޑިއާ ޕްރެޝަރަށް ވެއްޓުނުއިރު، ނެމިބިއާ އަތުން ފަސޭހަކަމާއެކު އަފްޣާނިސްތާން މޮޅުވެއްޖެއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ނިއު ޒީލެންޑް އަތުން އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ. މި މެޗުގެ ކުރިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ ވަނީ ވާދަވެރި ޕާކިސްތާން އަތުން 10 ވިކެޓުން ބަލިވެފައެވެ. މިއީ ވޯލްޑް ކަޕެއްގައި ޕާކިސްތާން އަތުން އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 26 ލަނޑު ހެދި ރަވިންދުރަ ޖަދޭޖާ އާއި 24 ބޯޅައިން 23 ލަނޑު ހަމަކުރި ހަރްޑިކް ޕާންޑްޔާއެވެ.

ޖަވާބުގައި ނިއު ޒީލެންޑް ކުޅެން އަރައި 14.3 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 111 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 49 ލަނޑު ހެދި ޑަރީލް މިޗެލް އާއި ނުބައިނުވެ 31 ބޯޅައިން 33 ލަނޑު ހަމަކުރި ކޭން ވިލިއަމްސަންއެވެ.

މި މެޗުން އިންޑިއާ ބަލިވިއިރު، އާދީއްތަ ދުވަހު ކުޅުނު މެޗުން އަފްޣާނިސްތާން މޮޅުވީ ނެމިބިއާ އަތުން 62 ލަނޑުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އަފްޣާނިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 160 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 45 ލަނޑު ހެދި މުޙައްމަދު ޝަހްޒާދާއި 27 ބޯޅައިން 33 ލަނޑު ހަމަކުރި ހަޒްރަތުﷲ ޒަޒާއިއެވެ.

ޖަވާބުގައި ނެމިބިއާ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު، ދެނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 30 ބޯޅައިން 26 ލަނޑު އެއްކުރި ޑޭވިޑް ވީސްއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ދޭއްގެ ދެވަނައިގައި އަފްޣާނިސްތާން އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފައިވާ ޕާކިސްތާނެވެ. އަދި އިންޑިއާ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ޕޮއިންޓެއް ނުލިބިއެވެ.

ޓީ20 ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

ނިއު ޒީލެންޑް ބަލިކޮށް ޗެމްޕިއަންކަން އޮސްޓްރޭލިއާއަށް

14 ނޮވެމްބަރު 2021
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް

11 ނޮވެމްބަރު 2021
އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

އިންގްލެންޑް ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

10 ނޮވެމްބަރު 2021
ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

ފަހު މެޗުގައި ނެމިބިއާ އަތުން އިންޑިއާއަށް މޮޅެއް

09 ނޮވެމްބަރު 2021
ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

ނިއު ޒީލެންޑް ސެމީއަށް، އިންޑިއާ ކަޓައިފި

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު