Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހިޔާގެ ހިސާބުތައް ދެ ފަހަރަށްވެސް މުއިއްޒު ހެއްދެވީ އަދުރޭގެ ކަލްކިއުލޭޓަރުން

50،000 ޑޮލަރު ޔުނިޓަކަށް ޚަރަދުކުރި ނަމަވެސް ހިޔާގެ ޖުމްލަ އަގުން ބިލިއަން ރުފިޔާ ސަލާމަތްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2021 | ހޯމަ 08:15
ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ހިޔާގެ އަގުތަކުގެ ވާހަކަ ދައްކާ ހުސް ނުވާނެއެވެ. 8 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި ބޮޑު ޕްރޮޖެކްޓްގެ ޔުނިޓެއް 6600 ރުފިޔާއަށް ދެވޭނެކަމަށް ބަޔަކު ދައުވާ ކުރިއެވެ. ނަމަވެސް ހިސާބު ހެއްދެވި ގޮތެއް ހާމައެއް ނުކުރައްވައެވެ. ފުލެޓް ބަހާލި އުސޫލުން ހިސާބު ވެސް ހާމަ ނުކުރެއްވީއެވެ. ދައުވާ ކުރަނީ އެއީ ހަމަ އަގު ކަމަށެވެ. ނަމަވެސް މިއީ އުކުޅެކެވެ. ރިޔާސީ އިންތިޚާބަށް ބަޔަކު ހޭވި ހަޑިއެކެވެ.

އެއިރު ވެރިކަމުގައި އޮތް އޮޅީގައި ހިސާބު ކިތާބަށް ކުޅަދާނަ މީހުން އުޅުނެވެ. އެކި ފަހަރު އެކި ގޮތަށެވެ. 18 ސެޕްޓެންބަރ 2018 ގައި ބޭއްވުނު ޖަލްސާގައި އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ ޔުނިވާސިޓީއަށް ނުދިޔަސް 50 އާއި ހަތަރެއް ގުނަކުރީމާ ދެލައްކަ ވާނެކަން އެންމެނަށް އެނގޭނެކަމުގައެވެ. އަދި މިހެން ގޮސް ޕީޕީއެމްގެ އަހަރީ ދުވަސް ވެސް އޮޅުވާލިއެވެ.

ހިޔާ ފުލެޓުގެ ކުލީގެ ކަންކަން ވެސް އޮޅުވާލާފައިވަނީ މިފަދަގޮތަކަށެވެ. ފަހަރުގައި މި ދެންނެވި ހިސާބުން ހިސާބު ޖެއްސެވީމަ އައި ގޮތް ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ކަން އޮތަސް ހިޔާގެ އަގުގެ މައްސަލަ ބޮޑުވެ އެންމެ ފަހުން ހިޔާގެ ބެލެނިވެރި ފަރާތުން އަގުގެ ކަންކަން ބަލައި ދިނުމަށް އޮޑިޓް އޮފީހުގައި އެދުނެވެ. މިފަހަރު ހަމަ އަގުތައް ނެރުނުއިރު ވީ ހަމަ އެހެންނެވެ. އަދުރޭގެ ހިސާބާއި ދާދި އެއްގޮތަށް އޮތީ އަދަދު މާކުޑަކޮށް ޖަހާފައެވެ. ނަމަވެސް އަސްލު އަގު ހަމަ ބޮޑީއެވެ.

8 ބިލިއަން ޚަރަދުކުރި ޕްރޮޖެކްޓަކުން 700 ހައުސިން ޔުނިޓަށް މަހަކަށް މެއިންޓަނަންސާއި އެކީގައި 6600 ރުފިޔާ ޖެހޭނެކަމަށް ބުނެ އެވެރިން ދައްކާ ވާހަކައިގައި އޮއްޓަރެއް ނެތެވެ. ފުރަތަމަ ފަށައިގަންނަންވީ މާލީ މަންފާއެއް ހޯދަން ކުރި މަސައްކަތުން ބާއޭވެސް ހިތަށް އަރައެވެ.

ހިޔާ މަޝްރޫއު އިއުލާން ކުރުމުން މި މަޝްރޫއަށް 5 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އަދި ޗައިނާގެ އެހެން ކުންފުނިތައް ވެސް ހިމެނެއެވެ. މިހާރު މަޝްރޫއު ހަވާލުކުރެވިފައިވާ ފަރާތްތައް ނޫން ދެންތިބި ފަރާތްތަކުން ޕްރޮޕޯސަލް އަގުކޮށްފައިވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާއި ދޭތެރޭގެ އަގަކަށެވެ. ނަމަވެސް އަގުހެޔޮ ބޯހިޔާވަހިކަމެއް ދޭން އުޅުނު ބަޔަކު މި މަސައްކަތް ކުޑަކޮށް ކުރެވެން އޮއްވާ ޔުނިޓަކުން 10،000 ޑޮލަރު ނުވަތަ 154،200 ރުފިޔާ ބޮޑުކޮށް ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ކުރުވިއެވެ. ހިޔާގެ ކޮންޓްރެކްޓް ހަވާލު ކުރެވުނު އިރު ތަށިމުށި ޖެހުމެއް އެތެރޭގެ އެއްވެސް ދޮރެއް ހަރުކުރުމެއް، ބަދިގެ ކަބަޑު ހެދުމެއް، ފަންކާއެއް ބޮތްކެއް ހަރުކުރުމެއް ނުހިމެނެއެވެ. ނަމަވެސް ޔުނިޓަކަށް 62،000 ޑޮލަރަށް ހަވާލުކުރެވުނު އިރު، ހަމައެކަނި ހިމެނިފައިވަނީ ކަރަންޓް ވަޔަރުކުރުމާއި ފެން ސަޕްލައި އަޅައިދިނުން އެކަންޏެވެ.

އެއީ 7000 ހައުސިން ޔުނިޓަށް ބަލާނަމަ 434 މިލިއަން ޑޮލަރެވެ. ނުވަތަ 6.69 ބިލިއަން ރުފިޔާއެވެ. މިއީ ޖެއްސުމެކެވެ. އަގުގެ ގޮތުން ރައްޔިތުން ބައްދާލި މަޅިއެކެވެ. ކުރިން މި ދެންނެވި އަގުތަކުގެ ތެރެއިން 52،000 ޑޮލަރަށް ޔުނިޓެއް ހަދަން ހަވާލުކުރި ނަމަ، 70 މިލިއަން ޑޮލަރު ކުޑަ ކުރެވެއެވެ. އަދި 50،000 ޑޮލަރަށް ޔުނިޓެއް ހަދަން ހަވާލު ކުރި ނަމަ މިހާރު ހަދާފައިވާ އަގަށްވުރެ 84 މިލިއަން ޑޮލަރު މަދުވާނެއެވެ. ދިވެހި ރުފިޔާއިން ނަމަ 1.29 ބިލިއަން ރުފިޔާ ރައްޔިތުންގެ ޖީބުން ލުއިވާނެއެވެ.

2018 ވަނަ އަހަރު މުއިއްޒު މިނިސްޓަރުކަމުގައި ހުންނަވައިގެން ހިސާބު ހަދާފައިވަނީ ޔުނިޓަކަށް ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ އަދަދުން ޑައުންޕޭމަންޓް އުނިކުރުމަށްފަހު އަންނަ އަދަދު 20 އަހަރަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭ 5190 ރުފިޔާ އަށް 8 އިންސައްތަ އިންޓަރެސްޓް އެއްކޮށްގެން އަންނަ 5605 ރުފިޔާއެވެ. މެއިންޓަނަންސް ޚަރަދަށްވާ 1000 ރުފިޔާ އާއެކު ދައްކަންޖެހެނީ 6600 ރުފިޔާއެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިއީ ލޯނު ނަގައިގެން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ އަގު ކަނޑައަޅަން ބޭނުންކުރާނެ އުސޫލެއް ނޫނެވެ.

މިފަދަ ޕްރޮޖެކްޓްތަކުގެ އަގު ކަނޑައެޅުމުގައި އާންމުކޮށް ބޭނުންކުރާ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑް ބޭނުންކުރި ނަމަ 2018 ވަނަ އަހަރު މިނިސްޓްރީން ކަނޑައަޅާފައި އޮންނަންވާނެ ސައްހަ އަގަކީ ހައުސިންގ ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާއެވެ. އަދި 2018 ވަނަ އަހަރު އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ އަގު ކޮންމެ ހައުސިންގ ޔުނިޓަކަށް 5605 ރުފިޔާއަށް ވިއްކިނަމަ އެޗްޑީސީ އާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށްވެސް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދަނީ 99،647 ރުފިޔާއެވެ. އައީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކަށް 1،254،879 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ޖެހޭނެއެވެ. މާނައަކީ 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއިސައްތަ ތިރީސް އެއް) ރުފިޔާގެ ގެއްލުންވުމެވެ.

މިއީ 7000 ޔުނިޓަށް ބަލާނަމަ 8،086،617،000 (އަށް ބިލިއަން އަށްޑިހަ މިލިއަން ހަ ލައްކަ ސަތާރަ ހާސް) ރުފިޔާގެ ގެއްލުމެކެވެ.

އަނެއްކާވެސް އަގާއި ތެޅިގަނެ މުއިއްޒު މޭޔަރުކަމުގައި ހުންނަވައިގެން މޮޅު ހިސާބެއް ޖެއްސެވިއެވެ. މުއިއްޒު މިނިސްޓަރުކަމުގައި ހުންނަވައިގެން ޖެއްސެވި ހިސާބުގައިވާ 5605 އަގަށްވުރެ މިފަހަރު މޭޔަރުކަމުގައި ހުންނަވައިގެން ޖެއްސެވި އަދަދު އަދި ކުޑައެވެ. ހައުސިންގ ޔުނިޓެއް 5548 ރުފިޔާއަށް ދެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ހިސާބުގައިވެއެވެ.

ނަމަވެސް އަގުގެ މައްސަލައިގައި އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިމަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި 2021 ވަނަ އަހަރު އެޗްޑީސީން ކަނޑައެޅި 8،143،022،642 (އަށް ބިލިއަން އެއްސަތޭކަ ސާޅީސް ތިން މިލިއަން ބާވީސް ހާސް ހަސަތޭކަ ސާޅީސް ދޭއް) ރުފިޔާ އާއި ހައުސިންގ ޔުނިޓަކަށްޖެހޭ 1،163،289 (އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް ތިން ހާސް ދުއިސައްތަ އަށްޑިހަ ނުވަ) ރުފިޔާ ކަނޑައަޅާފައިވަނީ މަޝްރޫއަށް ހިނގާފައިވާ ޚަރަދުތަކަށާއި މިމަޝްރޫއާ ގުޅިގެން އެޗްޑީސީން ކުރަންޖެހޭ އެހެން ޚަރަދުތަކުގެ އަންދާޒާއަށް ރިއާޔަތްކޮށްގެންނެވެ.

އަދި ހައުސިން ޔުނިޓަކަށް މަހަކު ދައްކަންޖެހޭކަމަށް އެޗްޑީސީން ކަނޑައެޅި 11،000 ރުފިޔާ އަކީ 8 އިންސައްތަ ރޭޓާއެކު 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް އީއެމްއައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ އަދަދެކެވެ. ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ ހިސާބުކުރުމަށް އެޗްޑީސީން ގެންގުޅުނު އީއެމްއައި މެތަޑަކީ ހައުސިންގ މަޝްރޫއުތަކުގެ ޔުނިޓްތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑުކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 11،000 ރުފިޔާގެ ދެބައިކުޅަ އެއްބައި ކަމަށް ފެންނަ ގޮތަށް މުއިއްޒު ހިސާބު ހެއްދެވީމާ ދެން ބުނެވޭނީ ހަމަ ތިޔަ ހިސާބު ހެއްދެވީ އަދުރޭ ލައްވައެވެ.

ހިޔާ ހައުސިންގް ފްލެޓްޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ހައުސިން މާލޭ ސިޓީ ކައުންސިލްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު