Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

އިންގްލެންޑާއި ސައުތު އެފްރިކާއަށް މޮޅެއް

31 އޮކްޓޯބަރު 2021 | އާދީއްތަ 05:36

ސައުތު އެފްރިކާ މޮޅުވީ ލަންކާ އަތުން ހަތަރު ވިކެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޮކްޓޯބަރު 2021 | އާދީއްތަ 05:36
އޮސްޓްރޭލިއާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އޮސްޓްރޭލިއާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުން ގްރޫޕް އެކެއްގައި ހިމެނޭ އިންގްލެންޑާއި ސައުތު އެފްރިކާ މޮޅުވެއްޖެއެވެ.

މި މުބާރާތުގެ މެޗުތައް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅެމުން އަންނައިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ އޮސްޓްރޭލިއާ އަތުން އަށް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އޮސްޓްރޭލިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 49 ބޯޅައިން 44 ލަނޑު ހެދި އާރޮން ފިންޗާއި 20 ބޯޅައިން 20 ލަނޑު ހަމަކުރި އޭޝްޓަން އޭގާއެވެ.

ޖަވާބުގައި އިންގްލެންޑް ކުޅެން އަރައި 11.4 ވަނަ އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 126 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 71 ލަނޑު ހެދި ޖޮސް ބަޓްލާ އާއި 20 ބޯޅައިން 22 ލަނޑު ހަމަކުރި ޖޭސަން ރޯއިއެވެ.

މި މެޗުން އިންގްލެންޑް މޮޅުވިއިރު، ހޮނިހިރު ދުވަހު ކުޅުނު މެޗުން ސައުތު އެފްރިކާ މޮޅުވީ ސްރީ ލަންކާ އަތުން ހަތަރު ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ސައުތު އެފްރިކާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ލަންކާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 58 ބޯޅައިން 72 ލަނޑު ހެދި ޕަތުމް ނިސަންކާ އާއި 14 ބޯޅައިން 21 ލަނޑު ހަމަކުރި ޗަރިތު އަސަލަންކާއެވެ.

ޖަވާބުގައި ސައުތު އެފްރިކާ ކުޅެން އަރައި 19.5 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 146 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 46 ލަނޑު ހެދި ޓެމްބާ ބަވޫމާ އާއި 13 ބޯޅައިން 23 ލަނޑު ހަމަކުރި ޑޭވިޑް މިލާއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އެކެއްގެ އެއްވަނައިގައި އިންގްލެންޑް އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ސައުތު އެފްރިކާ އާއި ތިންވަނައިގައި އޮތް އޮސްޓްރޭލިއާއަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް