Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އަލަވޭސް އަތުން ބާސާއަށް ޕޮއިންޓެއް

31 އޮކްޓޯބަރު 2021 | އާދީއްތަ 05:14

ތާވަލުގެ ނުވަވަނައިގައި ބާސާ އޮތީ 16 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޮކްޓޯބަރު 2021 | އާދީއްތަ 05:14
ބާސާ އާއި އަލަވޭސް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި އަލަވޭސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސްއާ އެއްވަރުވެ ތާވަލުގެ ނުވަވަނައަށް ބާސެލޯނާ ވެއްޓިއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ ބާސާގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކުރުމަށްފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ލީގުގައި މިދިޔަ ހަފުތާގައި ރަޔޯ ވަޔެކާނޯ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމާއެކު ކޫމަން ވަނީ ވަކިކޮށްފައެވެ. އެއާއެކު އެ ޓީމުން ވަނީ ވަގުތީ ކޯޗަކަށް ސާޖީ ބާހުއަން ހަމަޖައްސާފައެވެ.

މި މެޗު ފަށައިގެން ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. އެކަމަކު ބާސާއިން މި މެޗުގައި ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ހެދި ގޯހެއްގެ ފައިދާނަގައި ލުއިސް ރިއޯހާ ވަނީ އަލަވޭސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފޯވަޑް ސާޖިއޯ އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން، އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މެޗަށްފަހު ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ހިތުގެ ޓެސްޓުތަކެއް ހެދުމަށް އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. މި މެޗުގައި އަގުއޭރޯއަށް އަނިޔާވިއިރު، މި މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ.

އަލަވޭސް އަތުން ލިބުނު ޕޮއިންޓަކާއެކު ތާވަލުގެ ނުވަވަނައަށް ބާސާ ވެއްޓުނުއިރު، ކުޅުނު 11 މެޗުން އެ ޓީމަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި ބާސާއާ އެއްވަރުކުރި އަލަވޭސް އޮތީ ތާވަލުގެ 16 ވަނައިގައި 11 މެޗުން 10 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް