Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަފްސާނީ ބަލިމަޑުކަން

ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޕްރޮގްރާމެއް ކުރިއަށްގެންދަނީ

30 އޮކްޓޯބަރު 2021 | ހޮނިހިރު 14:06

ޕްރޮގްރާމް ކުރިއަށްގެންދާނީ ޓާރޝަރީ ހޮސްޕިޓަލުތަކުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 14:06
ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަމަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީގެ މެންޓަލް ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރ އައިމިނަތު ޝަހުޒާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޝަހުޒާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތް ރާވައި މިހާރު ނިމިފައިވާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ ޓާރޝަރީ ހޮސްޕިޓަލުތަކުގައިކަމަށް ޝަހުޒާ ވިދާޅުވިއެވެ.

ޝަހުޒާ ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވަނީ މި ސަރަހައްދުތަކުގައި މެންޓަލް ހެލްތު ޓީމުތައް އެކުލަވާލައިގެން ކަމަށެވެ. މި ޕްރޮގްރާމް ފެށުމުން މިފަދަ ބަލިތަކުގައި މެންޓަލް ހެލްތު ސެންޓަރާ ހަމައަށް އަންނަ މީހުން މަދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތަކުން މި ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ޝަހުޒާ ވިދާޅުވިއެވެ.

ޝަހުޒާ ވިދާޅުވީ ޓާރޝަރީ ހޮސްޕިޓަލުތަކުން އެ ސަރަހައްދުތަކުގައި ހުންނަ އަތޮޅު ހޮސްޕިޓަލުތަކާއި ގުޅިގެން މިފަދަ މައްސަލަތައް ހުންނަ މީހުން ދެނެގަތުމަށް އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމާއި، މިފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ޝަހުޒާ ވިދާޅުވީ މި ޕްރޮގްރާމުގެ ޕްލޭން ނިމި، މިހާރު އޮތީ މި މަސައްކަތް އެންޑޯޒްކުރުމުގެ މަރުހަލާގައި ކަމަށެވެ. ޝަހުޒާ ވިދާޅުވީ މި މަސައްކަތުގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އެއީ މި މަސައްކަތަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި، ކައުންސިލް ދޭ މީހުން ހޯދުމުގައި ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު އޮތް ގޮތުންވެސް ގޮންޖެހުންތައް ދިމާވާކަމަށް ޝަހުޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ޑޮކްޓަރުންނާއި، ނަރުހުންނަށް މެންޓަލް ހެލްތު ދާއިރާއިން ތަމްރީނު ދިނުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ޝަހުޒާ ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ ބަލި މީހުންނަށް ފަރުވާދޭ ކޮންމެ މީހަކީވެސް, ނަފްސާނީ ގޮތުން އަސަރުކޮށްކޮށްފައިވާ ބަލި މީހުންނަށްވެސް ދޭން ޖެހޭ އެންމެ ފުރަތަމަ ފަރުވާ ދެވޭވަރުގެ ބަޔަކަށް ހެދުން ކަމަށް ޝަހުޒާ ވިދާޅުވިއެވެ. އަދި އެމީހުންނަކީ މިކަމުގެ ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ބައެއްތޯ ދެނެގަތުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަހުޒާ އިތުރަށް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ވަރަށް ގިނަ ބަޔަކު މިވަގުތު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް މި މީހުންނަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ދެވޭނެ ވަރަށް ކެޕޭސިޓީ ރާއްޖޭގައި ނެތް ކަމަށެވެ. ވަކިން ޚާއްސަކޮށް މި ދާއިރާއަށް ނިކުންނަ މީހުން މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިވަގުތު ތިބި ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހުން ދެނެގަތުމަށް އެންމެ ފަހުން ސަރވޭއެއް ހަދާފައިވަނީ 2003ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ތެރޭގައި މިކަމުގެ ސަރވޭއެއް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް