Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮޕް26- ތިމާވެށި ރައްކާތެރިކުރުން

މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް!

1995ން 2018ގެ ނޮވެންބަރު މަހާ ހަމައަށް ރާއްޖޭގައި ހިމާޔަތް ކުރެވިފައި އޮތީ 47 ސަރަހައްދެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 13:49
ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އާއްމުންގެ އެއްބާރުލުން ބޭނުންވޭ

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އާއްމުންގެ އެއްބާރުލުން ބޭނުންވޭ

މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ކޮންމެ މީހަކަށް ވެސް ފަރުދީ ލެވެލްގައި މަސައްކަތް ކުރަންޖެއެވެ. މާހައުލީ ނިޒާމުތައް އިޔާދަކުރުމަށް، ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށް ވެސް މަސައްކަތް ކުރެވިދާނެ ކަމެކެވެ. އެގޮތުން، ގަސް އިންދުމާއި، މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި ސާފުކޮށް، ވެށި ސާފުކޮށް ބެލެހެއްޓުމާއި، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެންނަށްވެސް ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައި ވެސް ކުރެވޭނެ ކަންކަންމެއެވެ. ޚާއްސަ އިސްކަމެއްދީގެން ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލަމުންދާ މިދަނޑިވަޅުގައި އިތުރު ބާރެއް ލިބިގެންދަނީ ސަރުކާރުން މިވެށި ހިމާޔަތް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭތީއެވެ. އެކަން މިފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މިވަނީ ސާބިތު ވެސް ކޮށްދީފައެވެ.

އެއީ 1995ން 2018ގެ ނޮވެންބަރު މަހާ ހަމައަށް ރާއްޖޭގައި ހިމާޔަތް ކުރެވިފައި އޮތީ 47 ސަރަހައްދެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތިމާވެށީގެ 33 ސަރަހައްދެއް މިހާތަނަށް ވަނީ ހިމާޔަތް ކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ދިރާސާތައް ކުރެވި, ވެށި ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން މިސަރުކާރުން ދީފައިވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ގުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިސަރުކާރުން ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން މުރަކަޔާއި, ފަރުތަކުގެ 13 އިންސައްތައާ ގާތް ކުރާ މިންވަރަށް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ. ނޫ ރާއްޖެ ޕްރޮގްރާމްއާއެކު ފިޝަރީޒް މިނިސްޓްރީ ބެލުމުގެދަށުން ރާއްޖޭގެ ކަނޑުފަޅު ސަރަހައްދުގެ އެންމެ މަދުވެގެން 20 އިންސައްތަ ހިމާޔަތް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ރާއްޖެ ވަށައިގެންވާ މާހައުލު ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު 4 ފެބްރުއަރީ 2020ގައި ވަނީ ހިމާޔަތްކޮށްފައެވެ. އެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އައްޑޫ ސިޓީގެ ކޮޑަ ކަނޑައާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ, ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު 8 ސެޕްޓެމްބަރު 2020ގައި ހިމާޔަތްކޮށްފައިވެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި، އެއަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަހައްދާއި އަދި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދަކީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައަޅާފައިވަނީ 25 ޑިސެމްބަރު 2018 ގައެވެ.

މީގެ އިތުރުން ޅ.މާގަނދު (އެނިމޮނީ) ތިލަ، ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑުއޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދު ހިމާޔަތްކުރުމަށް 29 ސެޕްޓެންބަރު 2020 ގައި ނިންމާފައިވެއެވެ. ހިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅާފައިވަނީ 5 ނޮވެންބަރު 2020ގައެވެ. މާލެ އަތޮޅު ކާށިދޫ ޗަސްބިން ސަރަޙައްދާއި، މޯލްޑިވްސް ވިކްޓްރީ ޝިޕްރެކް ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަމުގައި ކަނޑައަޅާފައިވަނީ 9 ފެބްރުއަރީ 2021ގައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެކި ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. އެސަރަހައްދުތައް ހިމާޔަތް ކުރި ނަމަވެސް ރަނގަޅު ވެއްޓެއްގައި އެތަންތަން އޮންނާނީ މިވެށީގައި ދިރިއުޅޭ ބައެއްގެ ހަރަކާތްތައް ރަނގަޅު ކޮށްގެންނެވެ. އެސަރަހައްދުތަކަށް ގެއްލުން ނުދީ ރަނގަޅަށް ބަލަހައްޓައިގެންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު