Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑެން ސްކޮޓްލެންޑަށް ކުރައްވާ ދަތުރުފުޅު

ކޮޕް26 ސަމިޓަށް ބައިޑެން ކުރައްވާ ދަތުރުފުޅުން 2.2 މިލިއަން ޕައުންޑުގެ ވިހަ ގޭސް ޖައްވަށް ބޭރުވާނެ

30 އޮކްޓޯބަރު 2021 | ހޮނިހިރު 13:30

އެމަނިކުފާނު ދަތުރުކުރައްވާ މަތިންދާބޯޓުތަކުން 2.16 މިލިއަން ޕައުންޑުގެ ވިހަގޭސް ޖައްވަށް ބޭރުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 13:30
ކޮޕް 26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ބައިޑެން ސްކޮޓްލެންޑަށް ކުރައްވާ ދަތުރުފުޅު

ކޮޕް 26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ބައިޑެން ސްކޮޓްލެންޑަށް ކުރައްވާ ދަތުރުފުޅު

ކްލައިމެޓް ޗޭންޖް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ސްކޮޓްލެންޑަށް ކުރައްވާ ދަތުރުފުޅުން 2.2 މިލިއަން ޕައުންޑުގެ ކާބަން ޖައްވަށް ބޭރުވާނެ ކަމަށް ލަފާކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި 2.2 މިލިއަން ޕައުންޑުގެ ވިހަގޭސް އެންމެ ބޮޑަށް އުފައްދަނީ އެމނިކުފާނު ދަތުރުކުރައްވާ ހަތަރު މަތިންދާބޯޓުންނެވެ. މަތިންދާބޯޓުތަކުން 2.16 މިލިއަން ޕައުންޑުގެ ވިހަގޭސް ޖައްވަށް ބޭރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކޮޕް 26 ގައި ތަގުރީރުކުރެއްވުމަށް ބައިޑެން ސްކޮޓްލެންޑަށް ވަޑައިގަންނަވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭބޭފުޅުން އިޓަލީއަށްވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. ވައިގެ މަގުން ކުރައްވާ ދަތުރުފުޅަށް 2.16 މިލިއަން ޕައުންޑުގެ ވިހަގޭސް ބޭރުވާނެެކަމަށް ލަފާކޮށްފައިވާއިރު، ބާކީ ގޭސްތައް އުފެދޭނީ އެމަނިކުފާނު ކާރުކޮޅުގައި ކުރައްވާ ދަތުރުފުޅުތަކަށް ކަމަށް ވަނީ ލަފާކޮށްފައެވެ.

ބައިޑެން ދަތުރުކުރައްވާ އެއަރކްރާފްޓަކީ ބޮއިންގ 747 މަރުކާގެ މަތިންދާބޯޓެކެވެ. އެމަނިކުފާނު ދަތުރުކުރައްވާ މަތިންދާބޯޓާއެކު އިތުރު ތިން ބޯޓެއް ދަތުރުކުރެއެވެ. މީގެ ތެރެއިން ބޮޑު ދެ ބޯޓެއް ޚާއްސަކޮށްފައިވަނީ އެމަނިކުފާނުގެ ކާރުކޮޅުތަކާއި، ހެލިކޮޕްޓަރުތައް އުފުލުމަށެވެ. މީގެތެރެއިން ކޮންމެ ބޯޓަކުން 54 ޕައުންޑުގެ ކާބަން ޖައްވަށް ބޭރުކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބައިޑެންގެ ކާރުކޮޅާއި، ކާރުކޮޅުގެ ވަށައިގެން މަޑު ދުވެއްޔެއްގައި ދުއްވާ ކާރުކޮޅުތަކުން ކޮންމެ މޭލަކަށް 8.75 ޕައުންޑުގެ ވިހަގޭސް ޖައްވަށް ބޭރުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ އާދައިގެ ކާރަކުން ޖައްވަށް ބޭރުކުރާ ވިހަގޭހަށްވުރެ 10 ގުނަ އިތުރު އަދަދެކެވެ. މި މޮޓޮރކޭޑުގައި 85 ކާރު ހިމެނެއެވެ. މި ކާރުކޮޅުތަކުގެ އިތުރުން އިޓަލީގެ ފުލުހުން ދުއްވާ އަލްފާ ރޯމިއޯ ކާރުތަކުންވެސް ކޮންމެ މޭލަކަށް 73.5 ޕައުންޑުގެ ވިހަގޭސް އުފައްދާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ކްރިސްޓިއަން ފައްޅީގެ ލީޑަރު ޕޯޕް ފްރޭންސިސްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެޓިކަން ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، 4.34 މޭލަށް ދުއްވާފައިވެއެވެ. މި ދަތުރުފުޅުގައި ބައިޑެންގެ ކާރުކޮޅުންނާއި، އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރާ ކާރުތަކުން 373 ޕައުންޑުގެ ކާބަން ޖައްވަށް ބޭރުވެފައިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިކަމާއި ގުޅިގެން ބައިޑެންއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވީނަމަވެސް، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނޫން ގޮތަކަށް އަމަުކުރެވެން ނެތްކަމަށް ވައިޓް ހައުސްއިން ގެންދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
15 މެއި 2017

ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

15 މެއި 2017
ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް