Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިއްދޫ ކޮމިޔުނިޓީ ޕާރކް ހުޅުވުން

ބީ.އެމް.އެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި ގާއިމްކުރި ކޮމިޔުނިޓީ ޕާރކް ހުޅުވައިފި

ޕާރކް ގާއިމް ކުރުމަށްޓަކައި 150،000 ރުފިޔާ ޚަރަދުވި

މަލީހާ ރަޝީދު
މަލީހާ ރަޝީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 10:55
ދިއްދޫ ކޮމިޔުނިޓީ ޕާރކް ހުޅުވުން

ދިއްދޫ ކޮމިޔުނިޓީ ޕާރކް ހުޅުވުން

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ "އަހަރެންގެ ބޭންކް" ކޮމިޔުނިޓީ ފަންޑުގެ އެހީގައި ދިއްދޫގައި އަލަށް ގާއިމް ކުރެވުނު ކޮމިޔުނިޓީ ޕާރކް ހުޅުވައިފިއެވެ.

"ރަށްސިގަނޑު" ގެ ނަމުގައި ދިއްދޫ އަތިރިމަތީގައި ގާއިމްކުރެވުނު މި ޕާރކް ހުޅުވައިދެއްވީ ދިއްދޫ ފެނަކަ ބުރާންޗްގެ ސްޓޭޝަން އިންޗާރޖް މުހައްމަދު ނައީމެވެ.

Advertisement - newsAdvertisement

ދިއްދޫގައި ކޮމިޔުނިޓީ ޕާރކެއް ގާއިމް ކުރުމަށްޓަކައި ބޭންކުގެ ކޮމިޔުނިޓީ ފަންޑަށް ޕުރޮޕޯސަލް ހުށަހަޅައި ޕުރޮޕޯސަލް ކާމިޔާބު ކޮށްފައިވަނީ ދިއްދޫގެ އިޖްތިމާއީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމުއިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯރޓްސް ކުލަބުންނެވެ. ބީ.އެމް.އެލް.ގެ ކޮމިޔުނިޓީ ފަންޑުގެ ދަށުން 50000 ރުފިޔާ ލިބިފައިވާއިރު މި ފައިސާގެ އިތުރުން ޕާރކް ތަރައްގީކުރުމަށްޓަކައި 100،000 ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް މިޑްލް ސްޕޯރޓްސް ކުލަބްގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވިއެވެ. ނަޝްވާން ވިދާޅުވި ގޮތުގައި މި ޕާރކް ތަރައްގީކުރުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އޭގެ ތެރޭގައި ކުލަބްގެ މެމްބަރުންނާއި ދިއްދޫ ކައުންސިލް ،ފެނަކާ އަދި ދިއްދޫ ޕޮލިސް ސްޓޭޝަން ހިމެނެއެވެ.

ނަޝްވާން ވިދާޅުވީ ޕާރކްގެ ހެދުމުގެ މައިގަނޑު މަގްސަދަކީ އާއިލާ ނުވަތަ ރަޙުމަތްތެރިންނާއި އެކު ހިތްފަސޭހަ ވަގުތުތަކެއް ހޭދަ ކޮށްލާނެ ތަނެއް ރަށުގައި ހެދުންކަމަށެވެ. އަދި މި ޕާރކް ތަރައްގީ ކުރިއިރު ވިސްނުމުގައި ހުރީ ކުދިބޮޑު އެންމެނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުން ކަމަށާއި މި ޕާރކްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަން ޔަގީންކުރާ ކަމަށާޢި ދެމެހެއްޓެނިވިގޮތުގައި ޕާރކް ބެލެހެއްޓުމަށްޓަކައި އަދި އަންހެނުން ބާރުވެރިކުރުމަށްޓަކައި ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ޚާއްސަކޮށް ވިޔަފާރި ކުރެވޭނެ އިމާރާތެއްވެސް ހެދިފައިވާނެ ކަމަށް ނަޝްވާން ވިދާޅުވިއެވެ.

މި ޕާރކްގައި ވަނީ ބާރބަކިޔު ހެދުމަށްޓަކައި ގްރިލްތަކެއް ހެދިފައިއެވެ. އަދި ކެއުން ބުއިމަށް ޚާއްސަ ކުރެވިގެން މޭޒާއި ގޮނޑިތަކެއް ވެސް ވަނީ ހެދިފައެވެ. އޭގެ އިތުރުން ޖޯލިތަކާއި ހެއްލޭ އުދޯނލިތަކެއް ބެހެއްޓިފައިވާއިރު ފޮތް ކިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އައުޓްޑޯ ލައިބްރަރީއެއްވެސް ގާއިކުރެވިފައިއެވެ. ޕާރކް ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި 5 ޑަސްބިނެއް ބެހެއްޓިފައިވާއިރު، ޕާރކް ރޭގަނޑު ބޭނުންކުރެވޭނެ ގޮތަށް ޓައިމާރ ލައިޓްވެސް ވަނީ ހަރުކުރެވިފައެވެ.

"އަހަރެންގެ ބޭންކް" ކޮމިޔުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގެ ހިންގުމަށް ބޭނުންވާ ޕުރޮޖެކްޓްތަކަށް އެހީވުމަށް ބޭންކުން ތައާރަފް ކުރި ފަންޑެކެވެ. ކޮންމެ ކުއާރޓާއެއްގައި ހުށަހެޅޭ ޕުރޮޕޯސަލްތަކުގެ ތެރެއިން 5 ފުރޮޕޯސަލެއް ހޮވައި ޕުރޮޕޯސަލްގައި ހިމެނޭ ކޮންމެ ހަރަކާތެއް ހިންގުމަށް 50000 ރުފިޔާ  ދިނުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި ފަންޑަށް ހުށަހެޅޭނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި ތައުލީމް ގެ އިތުރުން ތިމާވެށި ހިމާޔާތް ކުރުން ފަދަ ކަންކަމަށް އަމާޒު ކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

03 ޑިސެމްބަރު 2017
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

30 ނޮވެމްބަރު 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!

02 ނޮވެމްބަރު 2017
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

21 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު