Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާ2000 ފަރަމަންތާ ޗެލެންޖް

ބާ2000 ފަރަމަންތާ ޗެލެންޖް: އޯޕަން ވޯޓާ ފެތުން ފެށިގެން ކުރިއަށް

30 އޮކްޓޯބަރު 2021 | ހޮނިހިރު 05:20

އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތައް ކުރިއަށްދަނީ މާލޭ ރަސްފަންނު ބޭރުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޮކްޓޯބަރު 2021 | ހޮނިހިރު 05:20
ބާ2000 ފަރަމަންތާ ޗެލެންޖުގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތަކުގެ ތެރެއިން

ބާ2000 ފަރަމަންތާ ޗެލެންޖުގެ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތްތަކުގެ ތެރެއިން

ރާއްޖޭގައި ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފަށައިފިއެވެ.

ބާ2000 ގެ އެދުމަކަށް ފަރުމަތި އިވެންޓްސްއިން ރާވާ ހިންގާ "ބާ2000 ފަރަމަންތާ ޗެލެންޖް" ގައި އޯޕަން ވޯޓާ ފެތުމާއި، ސާފިން އަދި ބޮޑީބޯޑިންގެ އިވެންޓުތައް ހިމެނެއެވެ. މި އަހަރުގެ ކުރީކޮޅު "ބާ2000 ފަރަމަންތާ ޗެލެންޖް" ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި ނަމަވެސް، މާލެ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވުމާއެކު އެ ފަހަރު މި އިވެންޓް ފަސްކުރަން ޖެހުނެވެ.

ނަމަވެސް ހުކުރު ދުވަހުގެ ހެނދުނު ވަނީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފަށާފައެވެ. އޯޕަން ވޯޓާ ގެތުމުގައި ގިނަ ކެޓެގަރީތަކެއް ހިމެނޭއިރު، އޭގެ ތެރޭގައި އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ހާއްސަ 500 މީޓަރު ފެތުން، އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދު (އެއް ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދު (ތިން ކިލޯމީޓަރު)، އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދު (ފަސް ކިލޯމީޓަރު)، 18 އަހަރުން މަތި (ފަސް ކިލޯމީޓަރު) އަދި 35 އަހަރުން މަތި (ތިން ކިލޯމީޓަރު) ހިމެނެއެވެ.

ދެން އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި ހިމެނެނީ ޓީމު އިވެންޓް (10 ކިލޯމީޓަރު) އެވެ. މި ބައި ކުރިއަށްދާނީ އަންހެން އަދި ފިރިހެން އެއްކޮށް ކަމަށް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

ހުކުރު ދުވަހުގެ ހެނދުނު މާލޭ ރަސްފަންނު ބޭރުގައި އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ފެށިއިރު، މި މުބާރާތް ކުރިއަށްދާނީ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ސާފިން އާއި ބޮޑީބޯޑިންގެ އިވެންޓުތައް ބާއްވަން މިހާރު ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާފިންނާއި ބޮޑީބޯޑިންގައި ހިމެނޭ ކެޓެގަރީތަކަކީ ޖޫނިއާ ބައިގެ އިތުރުން އޯޕަން ބައެވެ.

ފަރުމަތި އިވެންޓްސްއިން މައުލޫމާތުދޭ ގޮތުން "ބާ2000 ފަރަމަންތާ ޗެލެންޖް" ގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކުޅިވަރުތަކާ ގުޅޭ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އެއްބާރުލުމާ އެކީގައެވެ. އަދި މި ޗެލެންޖަކީ ރާއްޖޭގައި މޫދު ކުޅިވަރު ޕްރޮމޯޓުކޮށް، އެފަދަ އިވެންޓުތައް ތަފާތު ގޮތަކަށް ގެނެސްދިނުމަށް ގައުމީ އެސޯސިއޭޝަންތަކާއެކު ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް ފަރުމަތި އިވެންޓްސްއިން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖޫން 2017

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

16 ޖޫން 2017
ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
11 ޖޫން 2017

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
01 މެއި 2017

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް