Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން ސައުދީ ގުޅުން

ލުބުނާން-ސައުދީ ގުޅުން: ލުބުނާނުން މުދާ އެތެރެކުރުން ހުއްޓާލައި ސަފީރުވެސް އެގައުމުން ފޭބުމަށް ސައޫދީން އަންގައިފި

30 އޮކްޓޯބަރު 2021 | ހޮނިހިރު 03:18

ގުޅުން ގޯސްވެފައިމިވަނީ ސައުދީން ޔަމަނުގައި ކުރިޔަށްގެންދާ ހަނގުރާމައާ ގުޅިގެން ލުބުނާނުގެ މިނިސްޓަރަކު ވިދާޅުވި އެއްޗަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 03:18
ލުބުނާންގެ ބޮޑުވަޒީރު ގާނޫނު ހަދާ މަޖިލީހުގައި

ލުބުނާންގެ ބޮޑުވަޒީރު ގާނޫނު ހަދާ މަޖިލީހުގައި | ރޮއިޓާސް

ސައުދީ އަރަބިޔާގައި ހުންނަވާ ލުބުނާނުގެ ސަފީރު 48 ގަޑިއިރު ތެރޭގައި ސައުދީ ދޫކޮށްދިޔުމަށް އަންގައި ލުބުނާނުން އެއްވެސް މުދަލެއް އެތެރެކުރުން ސައުދީ ސަރުކާރުން މަނާކޮށްފިއެވެ.

ސައުދީ އާއި ލުބުނާނުގެ ގުޅުން ގޯސްވެފައިމިވަނީ ސައުދީން ޔަމަނުގައި ކުރިޔަށްގެންދާ ހަނގުރާމައާ ގުޅިގެން ލުބުނާނުގެ މިނިސްޓަރަކު ވިދާޅުވި އެއްޗަކުންނެވެ. ގަތަރުގެ އަލްޖަޒީރާ ނެޓްވޯރކުން އޮންއެއަރކުރި ޝޯވއަކަށް ދެއްވި އިންޓަރވިއުއެއްގައި ލުބުނާނުގެ އިންފޮރމޭޝަން މިނިސްޓަރ ޖޯރޖް ކޮޑަހީ ވަނީ ޔަމަނުގައި ހަނގުރާމަކުރަމުންދާ ހޫސީންގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ރިކޯޑްކޮށްފައިވާ މިޝޯވގައި ކޮޑަހީ ވިދާޅުވެފައިވަނީ ހޫސީން ހަނގުރާމަކުރަނީ އެމީހުންގެ އަމިއްލަ ދިފާއުގައިކަމަށެވެ. ހޫސީންނަށް ވާގަވެރިވަމުން އަންނަނީ އިރާނުންނެވެ.

މިއާއެކު ސައުދީ އާއި ލުބުނާނުގެ ގުޅުން ގޯސްވަމުން ދިޔުމާއެކު އިގްތިސާދީ ގޮތުން މިހާރުވެސް ފުން އަނދަވަޅެއްގައިވާ ލުބުނާނަށް މިވަނީ ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތިވެފައެވެ. މިއާއެކު ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މީގާތީއަށް ވަނީ ބޮޑެތި ޕްރެޝަރތަކެއް ކުރިމަތިވެފައެވެ. ހުކުރުދުވަހު މީގާތީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ލުބުނާނުގެ ސަރުކާރުން ބޭނުންވަނީ ސައުދީ އާއެކު ރަނގަޅު ގުޅުމެއް ބާއްވަންކަމަށެވެ. އަދި ވެދިޔަ ކަންތައް އެއްފަރާތް ކުރުމަށްފަހު ގުޅުން ރަނގަޅުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

ސައުދީ ސަރުކާރުގެ ނިއުސް އެޖެންސީ ކަމުގައިވާ އެސްޕީއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީން ވަނީ ލުބުނާނުގައި ހުންނަވާ އެގައުމުގެ ސަފީރު އެނބުރި ގައުމަށް ވަަޑައިގަތުމަށްވެސް އަންގާފައެވެ. ސައުދީގެ ނިންމުންތައް ހަރުކަށިވެފައިވަނީ ކޮޑަހީ މަގާމުން އިސްތިއުފާދިނުމަށް މަޖުބޫރުކުރުމުގެ ގޮތުން ކަމަށް މިކަމާއި ގުޅުންހުރި މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އިސްތިއުފާދިނުމާއި ގުޅޭގޮތުން ކޮޑަހީ ވިދާޅުވީ އެ އިންޓަރވިއުއަކީ އޭނާ މަގާމާއި ހަވާލުވުމުގެ ކުރިން ރިކޯޑް ކޮށްފައިވާ އިންޓަރވިއުއެއްކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން އިސްތިއުފާ ނުދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ސައުދީ ގުޅުން ހީނަރުވެގެންދިޔުމަކީ ބޮޑުވަޒީރު މީގާތީއަށް ލުބުނާން ނަގާ ކޮޅަށްޖެހުމުގެ މަސައްކަތަށް އެޅޭނެ ހުރަހެކެވެ. މީގާތީ ގެންދަވަނީ ގަލްފުގެ އަރަބި ގައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ހިޒްބުﷲގެ ބާރުގެ ދަށުން ހިޒްބުﷲގެ ތާއީދާއެކު ލުބުނާނުގައި މީގެކުރިން އުފެދިފައިވާ ސަރުކާރުތަކުގެ ސަބަބުން ލުބުނަނާއި އެހެން ގައުމުތަކުގެ ގުޅުން ވަނީ ގޯސްވެފައެވެ. ހިޒްބުﷲ އިން ވަނީ ކޮޑަހީގެ އިންޓަރވިއުއަށް ތައުރީފްކޮށްފައެވެ.

ސައުދީން ވަނީ އޭޕްރީލް މަހުން ފެށިގެން ލުބުނާނުން މޭވާ އާއި ތަރުކާރީ އެތެރެކުރުން ވެސް ހުއްޓާލާފައެެވެ. އެއީ ލުބުނާން މަގުން ސައުދީއަށް ޑްރަގު އެތެރެކުރާ މިންވަރު އިތުރުވަމުންދާކަމަށް ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2017

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް