Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލާސްޓިކް މަދުކުރުން

ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް، ދިއްދޫ ކުރިމަގު ޖަމްއިއްޔާއިން އިސްނަގައިގެން މުހިއްމު ހަރަކާތެއް

29 އޮކްޓޯބަރު 2021 | ހުކުރު 13:42

ދިއްދޫގެ މުއައްސަސާތަކަށް، ފެންބުއިމަށްޓަކައި ބިއްލޫރި ފުޅި ހަދިޔާކުރެވިފައިވޭ

މަލީހާ ރަޝީދު
މަލީހާ ރަޝީދު | 29 އޮކްޓޯބަރު 2021 | ހުކުރު 13:42
ދިއްދޫ ކުރިމަގު ޖަމްއިއްޔާގެ ފަރާތުން މުއައްސަސާތަކަށް ބިއްލޫރިފުޅި ހަދިޔާ ކުރުން

ދިއްދޫ ކުރިމަގު ޖަމްއިއްޔާގެ ފަރާތުން މުއައްސަސާތަކަށް ބިއްލޫރިފުޅި ހަދިޔާ ކުރުން

ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު މަދު ކުރުމުގެ ގޮތުން, ދިއްދޫ ކުރިމަގު ޖަމްއިއްޔާއިން އިސްނަގައިގެން އެރަށުގެ ހުރިހާ މުއައްސަސާ ތަކަށް ފެންބުއިމަށްޓަކައި ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.

މި ހަރަކާތުގެ ދަށުން އެ ޖަމްއިއްޔާއިން ވަނީ އެރަށުގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން, ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުން ފެން ބުއިމަށްޓަކައި ބިއްލޫރި ފުޅި ހަދިޔާ ކޮށްފައެވެ. އެ ޖަމްއިއްޔާގެ ރައީސް އަބްދުﷲ މާހިރު ރާއްޖެ ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ; 1500 އެއްހާ މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަދިޔާކުރެވިފައިވާނޭ ކަމަށާއި, ނޮވެމްބަރ މަހުގެ މެދުތެރޭގައި ދިއްދޫގެ ގޭގެއަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ހަރަކާތް ފެށިގެން ދާނެކަމަށެވެ. އަދި ފުޅި ހަދިޔާ ކުރުމަށްޓަކައި ރިސޯޓްތަކުގެ އެހީތެރިކަން ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ވަން އެންޑް އޮންލީ ރިތި ރަށާއި ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހިމެނޭ ކަމަށް މާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މާހިރު ވިދާޅުވީ 2022 ވަނަ އަހަރު ސްކޫލް ހުޅުވުމުގެ ކުރިން، ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން ފެން ބުއިމަށްޓަކައި ސްކޫލްގެ ލޯގޯ ޖެހި މެޓަލް ފެންބޯ ފުޅި ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ކުރެވޭނެ ކަމަށެވެ. އަދި އަމާޒަކީ ސްކޫލަށް އެއްވެސް ވަރަކަށް ޕްލާސްޓިކް ނުވެއްދުންކަމަށެވެ.

ކުރިމަގު ޖަމްއިއްޔާގެ މަސައްކަތާ ގުޅޭގޮތުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ; ޖަމިއްޔާއަކުން އިސްނަގައިގެން ޕްލާސްޓިކް މަދުކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށް ގެންދިއުމަކީ ވަރަށް ރަނގަޅުކަމެއްކަމަށެވެ.

މާހިރު ވިދާޅުވި ގޮތުގައި, ކުރިއަށްވެސް ތަފާތު ޕްރޮގްރާމްތަކެއް އެ ޖަމްއިއްޔާގެ ފަރާތުން ދިއްދޫގައި ހިންގަމުންދާނެއެވެ. އޭގެ ތެރޭގައި ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމާއި, ދިއްދޫ ފެހި ކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

19 ސެޕްޓެމްބަރ 2021ގައި އުފެދުނު މިޖަމްއިއްޔާއަކީ ދިއްދޫގެ ކުރިމަގަށްޓަކައި އުފެއްދި ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގައި މިވަގުތުވެސް 165 މެމްބަރުން ހިމެނޭއިރު، ދިއްދޫގެ ކޮންމެ ރައްޔިތަކަށްވެސް މި ޖަމްއިއްޔާއާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. ކުރިމަގު ޖަމްއިއްޔާގެ ފަރާތުން ވަނީ އެ ޖަމްއިއްޔާގެ ހުރިހާ މެމްބަރުންނަށް ޕްރިވިލެޖް ކާޑްވެސް ދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

04 މެއި 2017
ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
26 އެޕްރީލު 2017

ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

26 އެޕްރީލު 2017
ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ
08 އެޕްރީލު 2017

ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން

08 އެޕްރީލު 2017
ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
14 މާރިޗު 2017

ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ

14 މާރިޗު 2017
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް