Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް26 ސަމިޓް

ކޮޕް26: ނެޓް ޒީރޯއަށް ވާސިލްވާނެ ތާރީޚެއް ކޮންފަރެންސް ފެށުމުގެ ކުރިން ހާމަކުރުމާ އިންޑިޔާއިން ދެކޮޅު

ޗައިނާ އާއި އެމެރިކާ ނެގުމަށްފަހު ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ޖައްވަށް ދޫކުރާ ގައުމަކީ އިންޑިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2021 | ހުކުރު 02:00
އިންޑިޔާގައި ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އިންޑިޔާގައި ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ކޮޕް-26 ސަމިޓް ފެށުމުގެ ކުރިން އިންޑިޔާއިން ނެޓް ޒީރޯއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ޓާގެޓް ހާމަކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކާ ދެކޮޅުހަދައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރާނެ ޕްލޭނެއް އެކުލަވާލުން މާ މުހިންމުކަމަށް ބުނެފިއެވެ.

އިންޑިޔާއަކީ ނުރައްކާތެރި ވިހަ ގޭސްތައް އެންމެ ގިނައިން ޖައްވަށް ދޫކުރާ ތިން ވަނަ ގައުމެވެ. ޗައިނާ އާއި އެމެރިކާ ނެގުމަށްފަހު ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ޖައްވަށް ދޫކުރާ ގައުމަށް އިންޑިޔާއަށްވުމާއެކު ކާބަން ނިޔުޓްރަލް ގައުމަކަށް ވުމަށް އެކުލަވާލާފައިވާ ޕްލޭން ހާމަކުރުމަށް ގޮވާލާ ގޮވާލުންތައް ވެސް ވަނީ އިތުރުވެ އަޑުތައް ބާރުވެފައެވެ. އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ސްކޮޓްލެންޑްގ ގްލާސްގޯވ ގައި ބާއްވާ ކޮޕް-26 ސަމިޓް ފެށުމުގެ ކުރިން އެޕްލޭން ހާމަކުރުމަށް ގޮވާލަމުންދަނީ އެހެންވެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިޔާގެ އެންވަޔަރަންމަންޓް ސެކެޓްރީ ރަމޭޝްވަރް ޕްރަސާދް ގުޕްތާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އޮތް ހައްލަކީ ނެޓް ޒީރޯވާނެ ދުވަހެއް ކަނޑައަޅައި އެކަން އިއުލާނުކުރުން ނޫންކަމަށެވެ. ނެޓް ޒީރޯއަށް ވާސިލުވުމުގެކުރިން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރަކީ މުހިންމުކަމެއްކަމަށް ގުޕްތާ ވިދާޅުވިއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ން ވަނީ 2050ގެ ކުރިން ނެޓް ޒީރޯއަށް ވާސިލްވާނެކަމަށް އިއުލާނުކޮށްފައެވެ. އޭގެފަހުން އެގައުމުތަކުން ޖައްވަށްދޫކުރާ ގްރީންހައުސް ގޭހުގެ މިންވަރު ހުންނާނީ ދުނިޔޭގެ ޖަންގަލިތަކާއި، ދަނޑުތައް އަދި ފަސްގަނޑުން ކާބަން އޮބްޒަރވްކުރާ އަދި ޓެކްނޮލޮޖީގެ އެހީގައި ކާބަން ހިފެހެއްޓޭނެ މިންވަރަށް ބަލައިގެންނެވެ. ޗައިނާ އަދި ސައުދީ އަރަބިއްޔާއިން ވަނީ 2060 ވަނަ އަހަރު އަންނަންވާއިރަށް ނެޓް ޒީރޯއަށް ވާސިލުވާނެކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް މި ތާރީޚުތަކަކީ އެއްވެސް އަސާސެއްނެތް ތާރީޚުތަކެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ގުޕްތާ ވިދާޅުވީ އިންޑިޔާ ސަރުކާރުން ހެދި ހިސާބުތަކުން ދައްކާގޮތުން މިހާރުން ފެށިގެން މި ގަރުނުގެ މެދެއްހާ ހިސާބަށް އަންނައިރު އެމެރިކާއިން 92 ގިގަޓަންގެ ކާބަން ޖައްވަށް ދޫކުރާނެއެވެ. އީޔޫގެ ގައުމުތަކުން 62 ގިގަޓަންގެ ކާބަން ޖައްވަށްދޫކުރާނެއެވެ. މީގެއިތުރުން ޗައިނާއިން ނެޓް ޒީރޯ ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޓާގެޓަށް ހާސިލުވުމަށް މިއޮތް މުއްދަތުގައި 450 ގިގަޓަންގެ ކާބަން ޖައްވަށް ދޫކުރާނެކަމަށް ގުޕްތާ ވިދާޅުވިއެވެ.

ގްލާސްގޯވ ގައި ކުރިޔަށްދާ ކޮޕް-26 ސަމިޓްގައި ދުނިޔޭގެ 197 ގައުމަކުން ބައިވެރިވާނެއެވެ. އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހަށް ކުރިޔަށްދާ މިސަމިޓްގައި ދުނިޔެ ހޫނުވުމާ ދެކޮޅަށް 2015 ވަނަ އަހަރު ގައުމުތަކުން އެއްބަސްވެފައިވާ ޕެރިސް އެގްރިމަންޓްގައި ހުރި ކަންތައްތަކަށް ވާސިލުވުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި އެކަންކަމަށް ވާސިލުވުމަށް ދެން ކުރާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.

އިންޑިޔާގެ ފަރާތުން ސަމިޓްގައި ބައިވެރިވަޑައިގަންނަވާނީ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ސަމިޓްގައި ބައިވެރިވަޑައިގަންނަވާކަމެއް އަދި ޔަގީނެއް ނޫނެވެ.

2015 ވަނަ އަހަރު އެއްބަސްވެ ގައުމުތަކުން ސޮއިކޮށްފައިވާ ޕެރިސް އެގްރިމެންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންޑިޔާގެ އެންވަޔަރަންމަންޓް މިނިސްޓަރ ބުޕެންދްރަ ޔަދާވް ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުވުމުގައި އިންޑިޔާއިން އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ. އަދި އެކަންކަން އަލުން ދިރާސާކޮށް ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތްކަމަށާއި އެކަމަށް އިންޑިޔާއިން ތައްޔާރުކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިޔާއިން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށްދޫކުރާ ވިހަގޭސްތައް 33 އާއި 35 އިންސައްތައާ ދެމެދު މަދުކުރުމަށް އެއްބަސްވެފައެވެ. ތިމާވެއްޓާ ގުޅޭ މާހިރުން ވިދާޅުވާ ގޮތުގައި އިންޑިޔާގައި ހުރި މާލީ ތަނަވަސްކަމާއި އައު ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބަލާއިރު އިންޑިޔާއިން ވިހަގޭސް ޖައްވަށް ދޫކުރާ މިންވަރު 40 އިންސައްތަ ދަށްކުރެވޭނެއެވެ.

ޔާދަވް ވިދާޅުވީ އިންޑިޔާއިން ކޮޕް-26 ސަމިޓްގެ ކާމިޔާބުމިން މިނެކިރާނީ މޫސުމީ ބަދަލުތަކާ ގުޅިގެން ދެވޭ ފަންޑު އިތުރުކުރުމަށް ތަރައްޤީވެފައިވާ ގައުމުތަކުން އެއްބަސްވާ މިންވަރުގެ މައްޗަށްކަމަށެވެ.

އިންޑިޔާއަކީ ވަރަށް ބޮޑަށް ބޯޓު ދެލި ބޭނުންކުރާ ގައުމެކެވެ. ބޯޓު ދެލި ބޭނުންކުރުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު އެތައް ގުނައަކުން އިތުރުވެއެވެ.

އިތުރަށް ކިޔާލަން

06 އޯގަސްޓު 2018

ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ފުރަތަަމަ ކެބިނެޓް ބައްދަލުވުން ބާއްވަވައިފި

06 އޯގަސްޓު 2018
ވިހެއުމުގެ ޗުއްޓީއަށްފަހު ނިއުޒީލޭންޑްގެ ބޮޑުވަޒީރު ފުރަތަަމަ ކެބިނެޓް ބައްދަލުވުން ބާއްވަވައިފި
20 ޖުލައި 2018

އިންޑިއާ ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ކޮންގްރެސް ޕާޓީއަށް ބަހުސްކުރަން އެންމެ 38 މިނެޓް!

20 ޖުލައި 2018
އިންޑިއާ ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ކޮންގްރެސް ޕާޓީއަށް ބަހުސްކުރަން އެންމެ 38 މިނެޓް!
24 މެއި 2018

މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި

24 މެއި 2018
މެލޭޝިއާގެ ކެބިނެޓް މިނިސްޓަރުންގެ މުސާރަ ކުޑަކުރަން ނިންމައިފި
24 މެއި 2018

އިސްރާއިލްގެ ކެބިނެޓް ބައްދަލަވުންތައް ބިންގަރާހުގައި

24 މެއި 2018
އިސްރާއިލްގެ ކެބިނެޓް ބައްދަލަވުންތައް ބިންގަރާހުގައި
23 މެއި 2018

އޮބާމާ އާއި މިޝޭލް ނެޓްފްލިކްސްއާއި ގުޅިގެން ޓީވީ ޝޯއެއް ގެނެސްދޭން ތައްޔާރުވަމުންދާކަން ކަށަވަރުވެއްޖެ

23 މެއި 2018
އޮބާމާ އާއި މިޝޭލް ނެޓްފްލިކްސްއާއި ގުޅިގެން ޓީވީ ޝޯއެއް ގެނެސްދޭން ތައްޔާރުވަމުންދާކަން ކަށަވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު