Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެނީ!

ރޮނާލްޑޯއަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2010 ވަނަ އަހަރު

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޮކްޓޯބަރު 2021 | ހުކުރު 02:04
ކްރިސްޓިއާނޯ ރޮނާލްޑޯގެ އާއިލާ

ކްރިސްޓިއާނޯ ރޮނާލްޑޯގެ އާއިލާ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

ރޮނާލްޑޯ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އިނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެކަމުގައެވެ. ރޮނާލްޑޯ ބުނީ އޭނާ އާއި ޖޯޖީނާ އަންނަނީ އެއްމާބަނޑު ދެކުދިންނާ ބައްދަލުވާނެ އިރަކަށް އުންމީދު ކުރަމުންކަމަށެވެ.

މިއީ ރޮނާލްޑޯ އާއި ޖޯޖީނާއަށް ލިބޭނެ ދެވަނަ އަދި ތިންވަނަ ދަރިންނެވެ. ރޮނާލްޑޯ އަށާއި، ޖޯޖީނާއަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2017 ވަނަ އަހަރުގައެވެ. އެކަމަކު ރޮނާލްޑޯއަށް މީގެ ކުރިން 2010 ވަނަ އަހަރު ޖަރިއަކު ވަނީ ލިބިފައެވެ. އެކަމަކު އޭނާގެ މަންމަ ވަނީ ސިއްރުކޮށްފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ސަރަގޭޓް މަންމައެއް ބޭނުންކޮށްގެން ވެސް ރޮނާލްޑޯއަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވެއެވެ.

އުމުރުން 36 އަހަރުގެ ފޯވާޑް މީގެ ކުރިން މީޑިއާއަށް ދިން އިންޓަރވިއުއެއްގައި އޭނާ ޖުމްލަ ހަތް ދަރިން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އަދި ހަތް ނަމްބަރާ އޭނާއާ ގުޅިފައިވާ ކަމަށާއި، ހަތް ބެލެންޑޯ އެވޯޑް ވެސް ހޯދަން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި ފުޓުބޯޅަ ކުޅުންތެރިޔާ ވެސް މެއެވެ. ރޮނާލްޑޯ އޭނާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށި ކަމަށް ބައެއް މީހުން ދެކެއެވެ. ސަބަބަކީ ރޮނާލްޑޯ އޭނާގެ ދަރިންނަށް ފޯނު ގެންގުޅުމުގައި އާއި، ކެއުން ބައްޓަން ކުރަންވީ ގޮތުގައި ހަރުކަށި ގަވާއިދުތަކެއް ހަދާފައިވުމެވެ.

ރޮނާލްޑޯ އޭނާގެ ދޮށީ ދަރިއާމެދު ދެކޭ އެންމެ ބޮޑު ހުވަފެނަކީ އޭނާފަދަ ފުޓުބޯޅަ ކުޅުންތެރިއަކަށްވުން ކަމަށް މީގެ ކުރިން ބުނެފައިވާއިރު، ރޮނާލްޑޯގެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޭއާރް އަންނަނީ އެކަޑަމީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

22 ނޮވެމްބަރު 2017
ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟
25 އޮކްޓޯބަރު 2017

އެއްމާބަނޑު ދެކުދިންކަން ޑޮކްޓަރު ކަށަވަރުކޮށްދިނީ 16 އަހަރު ފަހުން!

25 އޮކްޓޯބަރު 2017
އެއްމާބަނޑު ދެކުދިންކަން ޑޮކްޓަރު ކަށަވަރުކޮށްދިނީ 16 އަހަރު ފަހުން!
02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
28 ސެޕްޓެމްބަރު 2017

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު