Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ރިޕޯޓު

އެސްޓީއޯގެ ނިމިދިޔަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ!

28 އޮކްޓޯބަރު 2021 | ބުރާސްފަތި 18:26

ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 18:26
އެސްޓީއޯ

އެސްޓީއޯ

އެސްޓީއޯގެ ނިމިދިޔަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެސްޓީއޯގެ 2021 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރގެ ރިޕޯޓު ވަނީ އާއްމުކޮށްފައެވެ. އެރިޕޯޓުން ދައްކާ ގޮތުން ނިމިދިޔަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބާއި ބެހޭ ގޮތުން އެސްޓީއޯއިން ބުނީ، އެކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައި ނުވުމާއެކު, ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު (ޕްރޮވިޝަން ނުހިމަނައި) ތިންވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާ އަޅާބަަލާއިރު 5 އިންސައްތަ ދަށްކުރެވިފައެވެ. ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސް ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓްގެ ގޮތުގައި ވަނީ 6 މިލިއަން ރުފިޔާ ލިބިިފައެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރގައި ވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެސްޓީއޯއިން ބުނީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަރގައި އެކައުންޓް ކުރެވިފައިވާ ކަމަށެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓަރގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ނިމިދިޔަ ކުއާޓަރގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބުމާގުޅިގެން އެސްޓީއޯއިން ވަނީ މިނަތީޖާ ހާސިލްކުރުމަށް ކޮވިޑްގެ ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ

01 ނޮވެމްބަރު 2017
ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ
07 ސެޕްޓެމްބަރު 2017

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް