Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް ކޮލިފައިން

ފަހު މެޗުގައި ކުވެއިތު އަތުންވެސް ރާއްޖެއަށް ނާކާމިޔާބު

28 އޮކްޓޯބަރު 2021 | ބުރާސްފަތި 14:37

ކުޅުނު ހަތަރު މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 14:37
ކޮލިފައިންގައި ރާއްޖެ އާއި ކުވެއިތު ބައްދަލުކުރި މެޗުގެ ތެރެއިން

ކޮލިފައިންގައި ރާއްޖެ އާއި ކުވެއިތު ބައްދަލުކުރި މެޗުގެ ތެރެއިން

ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފަހު މެޗުން ވަރުގަދަ ކުވެއިތު އަތުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހުނީ ކުވެއިތުގެ އިތުރުން ސައުދީ އަރަބިއްޔާ އާއި، ބަހްރޭން އަދި ގަތަރާއެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނުއިރު، ކޮލިފައިންގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން ކުވެއިތު އަތުން ރާއްޖެ ބަލިވީ ފަސް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ކުވެއިތުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 42 ލަނޑު ހެދި އަޙްމަދު ހަސަނާއި އަށް ބޯޅައިން 12 ލަނޑު ހަމަކުރި އުމަރު އާދަމެވެ.

ޖަވާބުގައި ކުވެއިތު ކުޅެން އަރައި ވަނީ 12 ވަނަ އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 107 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މި ބައިގައި ކުވެއިތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ބޯޅައިން 58 ލަނޑު ހެދި އެޑްސަން ސިލްވާ އާއި 16 ބޯޅައިން 14 ލަނޑު ހަމަކުރި ކާޝިފް ޝަރީފެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެފައެވެ. އަދި ދެވަނަ މެޗުން ގަތަރު އަތުން 98 ލަނޑުން ބަލިވިއިރު، ތިންވަނަ މެޗުން ރާއްޖެ ބަލިވީ ބަހްރޭން އަތުން ހަތް ވިކެޓުންނެވެ.

މި ނަތީޖާތަކާއެކު ރާއްޖެ އޮތީ ގްރޫޕް އޭގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. އެއްވަނައިގައި އޮތް ބަހްރޭނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުވެއިތާއި، ތިންވަނައިގައި އޮތް ގަތަރު އަދި ހަތަރުވަނައިގައި އޮތް ސައުދީއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރިއިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް