Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެސްއެއިޑްގެ އެހީތެރިކަން ދިނުން

އެމެރިކާއިން ކޮވިޑްއާ ގުޅިގެން އަވަސް އެހީގެ ގޮތުގައި އިތުރު 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދެނީ

ޔޫއެސް އެއިޑްގެ ފަރާތުން ކޮވިޑް-19 މެނޭޖްކުރުމަށް 7 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ވަނީ ފޯރުކޮށްދީފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 08:09
އެމެރިކާއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކުރުން - ފައިލް ފޮޓޯ

އެމެރިކާއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކުރުން - ފައިލް ފޮޓޯ

އެމެރިކާއިން ކޮވިޑް-19އާ ގުޅިގެން ދޭ އަވަސް އެހީގެ ގޮތުގައި އިތުރު 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދޭން ނިންމައިފިއެވެ.

މި އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް އަބްދުﷲ މާހިރާއެކު ބޭއްވުނު ބައްދަލުވުމުގައި، އެމެރިކާގެ ފަރާތުން، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށެވެ.

Advertisement - newsAdvertisement

މި އެހީގެ ދަށުން ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުން ގަތުމަށް ރާވާފައިވާ ޒަރޫރީ ތަކެތި ގަތުމަށާއި، ލެބޯރަޓަރީތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކޮވިޑް-19 ފެތުރޭ މިންވަރާ، ބަލި ޖެހޭ މީހުންގެ އަދަދާއި، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުކުރުމަށް އެހީތެރިވެދޭނެއެވެ.

މި ބައްދަލުވުމުގައި ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ މިޝަން ޑައިރެކްޓަރ، ޑެބްރާ މޯސެލް ވިދާޅުވީ އެމެރިކާއިން ދަނީ ދިވެހި ރައްޔިތުންނާ ގުޅިގެން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުން ކަމަށެވެ. މީގެ އިތުރުން 2 މިލިއަން ޑޮލަރުގެ އެހީ ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކަށް ފޯރައި، ކޮވިޑް-19ގެ ގެއްލުން ކުޑަކުރުމަށް އެހީވެ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީވާނެ ކަމަށް ޑެބްރާ ވިދާޅުވިއެވެ.

އެމެރިކަން ރެސްކިއު ޕްލޭން ފަންޑުގެ 2 މިލިއަން ޑޮލަރުގެ މި އެހީއިން، މިނިސްޓްރީ އޮފް ހެލްތުން ކަންކަން ނިންމާއިރު ކޮވިޑް-19 ވެކްސިންގެ ތަފާސްހިސާބުތައް ދިރާސާކުރުމުގައި އެހީތެރިވެދިނުމާއި ކުދި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އާބާތުރަ ފިލުވައި، ބަލި މީހުންނަށް ފަރުވާދިނުމާއި ދިވެހިންގެ ތެރޭގައި ވެކްސިން ޖެހުމަށް ފަސްޖެހޭ ކަންކަން ދެނެގަނެ ހައްލުހޯދަން މަސައްކަތްކުރުމާއި ކޮވިޑް-19 މެނޭޖްކުރުމަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް އެހީތެރިވާނެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އޮކްސިޖަން އިކޯސިސްޓަމް ރަނގަޅުކުރުމާށާއި، ލެބޯރަޓަރީތަކުގެ ފެންވަރު ރަގަޅުކުރުމަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށާއި، ޓެލެމެޑިސިން ބޭނުންކޮށްގެން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ކޮވިޑް-19 މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިދިޔަ އަހަރުގެ މާރޗް މަހު ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު، ޔޫއެސް އެއިޑްގެ ފަރާތުން ކޮވިޑް-19 މެނޭޖްކުރުމަށް 7 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން 60 ވެންޓިލޭޓަރު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި އެހީއާއެކު ފުރާނަ ސަލާމަތްކުރުމަށް ދެވޭ ފަރުވާއާއި، ކްލިނިކަލް ކެއާރއާއި، ކޮވިޑް ރެސްޕޯންސަށް އެންމެ ބޭނުންޖެހިފައިވާ ތަކެތި ހޯދުމާއި، ބަލިމަޑުކަމުން ގައުމު އަރައިގަތުމަށް އެހީތެރިވެދޭނެއެވެ. މި މަސައްކަތްތަކަކީ އެމެރިކާގެ ފަރާތުން ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތަކަށް ބިނާކޮށް، އެބޯލާ، އެޗްއައިވީ/އެއިޑްސް، ޓިއުބަކިއުލޯސިސް، މެލޭރިއާ އަދި މިހާރު ކޮވިޑް-19 ފަދަ ދުނިޔޭގެ ފެންވަރުގައި ދިމާވާ ސިއްހީ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ޔުނައިޓެޑް ސްޓޭސް އިން އަދާކުރާ އިސް ދައުރުގެ މައްޗަށް ބިނާކޮށް ކުރަމުންދާ މަސައްކަތެކެވެ.

ކޮވިޑް-19 މިބަލިމަޑުކަމުން އަރައިގަތުމަށާއި، އޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ގެއްލުން ކުޑަ ކުރުމަށާއި، މުސަތަގްބަލުގައި ފެތުރިދާނެ އިތުރު ބަލިމަޑުކަމަކަށް މިހާރަށްވުރެ ރަނގަޅަށް ތައްޔާރުވެފައިވާ ދުނިޔެއެއް ބިނާކުރުމަށް އެމެރިކާއިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމަށް ސާބިތުވެ ހުންނާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު