Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ޔުވެންޓަސް ފަހު ވަގުތު ބަލިވިއިރު، އިންޓައަށް މުހިންމު މޮޅެއް

އިންޓަ މިލާން މޮޅުވީ އެމްޕޯލީ އަތުން 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 02:26
ޔުވެންޓަސް އާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އާއި ސަސުއޯލޯ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ސަސުއޯލޯ އަތުން ފަހު ވަގުތު ޔުވެންޓަސް ބަލިވިއިރު، އެމްޕޯލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މުހިންމު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ސަސުއޯލޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސަސުއޯލޯއިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ގްރެގޯ ޑީފްރެލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަވީޑޭ ފްރަޓޭސީއެވެ.

މި މެޗުގައި ޔުވެންޓަސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ޕައުލޯ ޑިބާލާ ނެގި ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސްޓަން މެކެނީއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ސަސުއޯލޯއިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމް ލޮޕޭޒެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 10 މެޗުން ލިބުނު ޕޮއިންޓާއެކުއެވެ. އަދި ޔުވެންޓަސް ބަލިކުރި ސަސުއޯލޯ އޮތީ ތާވަލުގެ ނުވަވަނައިގައި 10 މެޗުން 14 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ އެމްޕޯލީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑަނީލޯ ޑަމްބްރޯސިއޯއެވެ.

މި މެޗުގައި އެމްޕޯލީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުގެ ސަމުއެލް ރިޗީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އެމްޕޯލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ 66 ވަނަ މިނެޓުގައި އިންޓައިން ވަނީ ލީޑު ފުޅާކޮށްފައެވެ. ލަޓާރޯ މާޓީނޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި އިންޓަ އޮތީ 10 މެޗުން 21 ޕޮއިންޓާއެކުއެވެ. އެއްވަނައިގައޮ އޮތީ 10 މެޗުން 28 ޕޮއިންޓް ހަމަކޮށްފައިވާ އޭސީ މިލާނެވެ. އަދި ދެވަނައިގައި އޮތް ނާޕޮލީއަށް ނުވަ މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ބޮލޯނިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ނާޕޮލީއަށް މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް، ތާވަލުގެ އެއްވަނައަށް އަލުން އެރޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު